[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުން – 2

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރާނެ ގޮތް

 

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާނީ ކިހިނެތްތޯ ޞަޙާބީން އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ވަނީ އެކަން ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެކި ޞަޙާބީންގެ އަރިހުން އެކި ޞީޣާތައް ވާރިދުވެގެން އައިސްފައިވެއެވެ.

 

މި ލިޔުމުގައި މި ގެނެސްދެނީ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި ގެންނަވާފައިވާ ބައެއް ޞީޣާތަކެވެ.

  1. ޢަބްދުއްރަޙްމާން ބުން އަބީ ލައިލާ رحمه الله ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“لَقِيَنِي كَعْبُ بْنُ عُجْرَةَ، فَقَالَ: أَلاَ أُهْدِي لَكَ هَدِيَّةً سَمِعْتُهَا مِنَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ فَقُلْتُ: بَلَى، فَأَهْدِهَا لِي، فَقَالَ: سَأَلْنَا رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقُلْنَا: يَا رَسُولَ اللَّهِ، كَيْفَ الصَّلاَةُ عَلَيْكُمْ أَهْلَ البَيْتِ، فَإِنَّ اللَّهَ قَدْ عَلَّمَنَا كَيْفَ نُسَلِّمُ عَلَيْكُمْ؟ قَالَ: «قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ». [رواه البخاري (3370)]

މާނައީ: “ތިމަންކަލޭގެފާނަށް ކަޢުބު ބުން ޢުޖްރާއާ ބައްދަލުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަޑުއިވުނު އެއްޗެއް ކަލޭގެފާނަށް ހަދިޔާކުރަން ހެއްޔެވެ؟” ފަހެ ތިމަންކަލޭގެފާނު ދެންނެވީމެވެ. “އާދޭހެވެ. ތިމަންކަލޭގެފާނަށް އެ ހަދިޔާ ދެއްވާށެވެ.” ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންމެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަހުލު ބައިތުންނަށް ޞަލަވާތް ކިޔާނީ ކިހިނެތް ހެއްޔެވެ؟ ފަހެ ހަމަކަށަވަރުން ތިޔަބޭކަލުންނަށް ސަލާމް ދަންނަވާނޭ ގޮތް ﷲ ވަނީ ތިމަންމެންނަށް އުނގަންނައިދެއްވާފައެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކިޔާށެވެ.

«اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ».

މާނައީ: “އޭ ﷲ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ޙަމްދު ތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ. އޭ ﷲ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ.” “

 

  1. ކަޢުބު ބުން ޢުޖްރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

قِيلَ: يَا رَسُولَ اللَّهِ، أَمَّا السَّلاَمُ عَلَيْكَ فَقَدْ عَرَفْنَاهُ، فَكَيْفَ الصَّلاَةُ عَلَيْكَ؟ قَالَ: «قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ». [رواه البخاري (4797) ، (6357) ومسلم (66 – (406))]

މާނައީ: “(ނަބިއްޔާ صلى الله عليه وسلم އަށް) ދެންނެވުނެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނަށް ސަލާމް ދަންނަވާނޭ ގޮތް ތިމަންމެންނަށް އެނގެއެވެ. ފަހެ، ކަލޭގެފާނަށް ޞަލަވާތް ކިޔާނީ ކިހިނެތް ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކިޔާށެވެ.

«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ».

މާނައީ: “އޭ ﷲ! އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ޙަމްދު ތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ. އޭ ﷲ! އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ.” “

 

  1. އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

قُلْنَا: يَا رَسُولَ اللَّهِ هَذَا التَّسْلِيمُ فَكَيْفَ نُصَلِّي عَلَيْكَ؟ قَالَ: «قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ».  [رواه البخاري (4798) ، (6358)]

މާނައީ: “ތިމަންމެން ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! މިއީ ސަލާމެވެ. ފަހެ، ކަލޭގެފާނަށް ޞަލަވާތް ކިޔާނީ ކިހިނެތް ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކިޔާށެވެ.

«اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ».

މާނައީ: “އޭ ﷲ! އިބްރާހީމްގެފާނުގެ މައްޗަށް އިބަ އިލާހު ޞަލަވާތްލެއްވި ފަދައިން އިބަ އިލާހުގެ އަޅާ އަދި ރަސޫލާ، މުޙައްމަދުގެފާނުގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! އަދި އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، މުޙާއްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތް ލައްވާނދޭވެ!” “

 

  1.  އަބޫ ޙުމައިދު އައްސާޢިދީ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

قَالُوا: يَا رَسُولَ اللَّهِ، كَيْفَ نُصَلِّي عَلَيْكَ؟ قَالَ: «قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ».  [رواه البخاري (6360) ومسلم (69 – (407))]

މާނައީ: “އެބޭކަލުން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނަށް ޞަލަވާތް ކިޔާނީ ކިހިނެތް ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކިޔާށެވެ.

«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ».

މާނައީ: “އޭ ﷲ! އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! އަދި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، އެކަލޭގެފާނުގެ އަނބިއަނބިކަބަލުންނާ އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ މައްޗަށްވެސް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ އެންމެހާ ޙަމްދު ތަޢުރީފަކާއި އެންމެހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ.” “

 

  1. އަބޫ މަސްޢޫދު އަލްއަންޞާރީ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

أَتَانَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَنَحْنُ فِي مَجْلِسِ سَعْدِ بْنِ عُبَادَةَ، فَقَالَ لَهُ بَشِيرُ بْنُ سَعْدٍ: أَمَرَنَا اللهُ تَعَالَى أَنْ نُصَلِّيَ عَلَيْكَ يَا رَسُولَ اللهِ، فَكَيْفَ نُصَلِّي عَلَيْكَ؟ قَالَ: فَسَكَتَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، حَتَّى تَمَنَّيْنَا أَنَّهُ لَمْ يَسْأَلْهُ ثُمَّ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «قُولُوا اللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ، إِنَّكَ حَمِيدٌ مَجِيدٌ، وَالسَّلَامُ كَمَا قَدْ عَلِمْتُمْ». [رواه مسلم (65 – (405))]

މާނައީ: “ތިމަންމެން ސަޢުދު ބުން ޢުބާދާގެ މަޖުލިހުގައި ތިއްބަވަނިކޮށް ރަސޫލުﷲ صلى الله عليه وسلم ތިމަންމެންގެ އަރިހަށް ވަޑައިގެންނެވިއެވެ. ފަހެ، ބަޝީރު ބުން ސަޢުދު އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނަށް ޞަލަވާތް ކިޔަން ﷲ ތަޢާލާ ތިމަންމެންނަށް އަމުރުކުރެއްވިއެވެ. ފަހެ، ތިމަންމެން ކަލޭގެފާނަށް ޞަލަވާތް ކިޔާނީ ކިހިނެތް ހެއްޔެވެ؟” (އަބޫ މަސްޢޫދު އަލްއަންޞާރީ) ވިދާޅުވިއެވެ. “ފަހެ، އެކަލޭގެފާނު (އެބަހީ: ބަޝީރު ބުން ސަޢުދު) އެ ސުވާލު ނުކުރެއްވި ނަމައޭ ތިމަންމެން ހިތަށް އަރަންދެން ރަސޫލުﷲ صلى الله عليه وسلم ހަނުހުންނެވިއެވެ.”

ދެން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކިޔާށެވެ.

«اللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ، إِنَّكَ حَمِيدٌ مَجِيدٌ».

މާނައީ: “އޭ ﷲ! އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! އަދި ޢާލަމުތަކުގެ ތެރެއިން އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި، މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަ އިލާހީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ އިލާހެވެ.” “

އަދި ތިޔަބޭކަލުންނަށް އެނގިވަޑައިގެންފައިވާ ފަދައިން ސަލާމް ވިދާޅުވާށެވެ.”

 

މިއީ ޞަޙާބީބޭކަލުން ނަބިއްޔާ صلى الله عليه وسلم އުނގަންނަވައިދެއްވާފައިވާ ޞަލަވާތުގެ ޞީޣާތަކުގެ ތެރެއިން އިމާމު އަލްބުޚާރީއާއި އިމާމު މުސްލިމު ރިވާކުރައްވާފައިވާ ބައެއް ޞީޣާތަކެވެ.

 

 

އާންމުކޮށް ބޭނުންކުރާ ސަލާމާއި ޞަލަވާތުގެ ކުރު ދެ ޞީޣާ

 

ސަލަފުއްޞާލިޙުން ކުރުކޮށް ޞަލަވާތް ކިޔުމުގައި އާންމުކޮށް ދެ ޞީޣާއެއް ބޭނުންކުރައްވައެވެ. އެއީ: صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި عَلَيْهِ الصَّلَاةُ وَالسَّلَامُ އެވެ. އެ ދެ ޞަލަވާތުން ޙަދީޘް ފޮތްތަކާ އަދި ޢިލްމުވެރިން އެކުލަވާލައްވާފައިވާ ފޮތްތައް ފުރިފައިވެއެވެ. އަދި ޞަލަވާތަށް ރައްކާތެރިވުމަށް އެބޭކަލުން ވަޞިއްޔަތްކުރައްވާފައިވެސް ވެއެވެ. ނަމަވެސް ބައެއް މީހުން މިފަދައިން ލިޔުމުގެ ބަދަލުގައި އަދި އެއަށްވުރެވެސް ކުރުކޮށްލުމުގެ ގޮތުން ރަމްޒުތަކެއް ބޭނުންކުރެއެވެ. ޢިލްމުވެރިންވަނީ މިފަދަކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައެވެ. ނަބިއްޔާ صلى الله عليه وسلم ގެ ނަންފުޅު ޛިކުރު ކުރާއިރުގައި އެންމެ ކުޑަ މިނުން މި ދެންނެވި ދެ ޞީޣާއިން ކުރެ ޞީޣާއަކުން އެކަލޭގެފާނަށް ޞަލަވާތް ކިޔަން އާދަކުރައްވާށެވެ.

 

މަޞްދަރު: فضل الصلاة على النبي صلى الله عليه وسلم للشيخ عبدالمحسن العباد – حفظه الله –

 


 

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުން