[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުން – 3

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމުގެ މާތްކަން

 

ނަބިއްޔާ صلى الله عليه وسلم މައްޗަށް ޞަލަވާތް ކިޔުމުގެ މާތްކަމާ ގުޅޭގޮތުން ވަރަށް ގިނަ ޙަދީޘް ވާރިދުވެފައި ވެއެވެ. އަދި ޢިލްމުވެރިންވަނީ އެފަދަ ޙަދީޘްތައް ޖަމާކުރައްވާ ޝަރަޙަކުރައްވާ ފޮތްތައް ލިޔުއްވާފަވެއެވެ.

އިބްނު ޙަޖަރު -رحمه الله- “فتح الباري” ގައި ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމަށް އަމުރުކުރެއްވުމުން އަދި އެކަން ކުރާނެ ގޮތާ ބެހޭގޮތް އޮޅުން ފިލުވުމަށް ޞަޙާބީން އަހަންމިޔަތުކަން ދެއްވައިފައިވުމުން، ފަހެ އެކަމުގެ މާތްކަމަށް ދަލީލު ކުރެއެވެ. އަދި ޞަރީޙަކޮށް އެކަމުގެ މާތްކަން ބަޔާންކުރައްވާފައިވާ ވަރުގަދަ ޙަދީޘްތަކެއް އައިސްފައި ވެއެވެ. އެހެނަސް އެއިން އެއްވެސް ޙަދީޘެއް އަލްބުޚާރީ ރިވާކުރައްވާފައެއް ނުވެއެވެ.” [فتح الباري لابن حجر (11 / 167)].

 

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމުގެ މާތްކަމާ ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް:

  1. އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

«مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى الله عَلَيْهِ عَشْرًا». [رواه مسلم (70 – (408))]

މާނައީ: “ތިމަންކަލޭގެފާނުގެ މައްޗަށް އެއް ފަހަރު ޞަލަވާތް ކިޔަވައިފިމީހާގެ މައްޗަށް ﷲ ދިހަ ފަހަރު ޞަލަވާތް ލައްވާނެއެވެ.”

 

  1. އައުސް ބުން އައުސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

«إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خَلَقَ اللَّهُ آدَمَ، وَفِيهِ قُبِضَ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ، فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ». [رواه أحمد (16162) وأبو داود (1047) وابن حبان (910) والحاكم (1029) وصححه الألباني في مشكاة المصابيح (1361)]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަހު، ﷲ އާދަމުގެފާނު ޚަލްޤުކުރެއްވިއެވެ. އަދި އެކަލޭގެފާނު އަވަހާރަވީ އެ ދުވަހުގައެވެ. އަދި ތާޅަފިލި ފުމެލައްވާނީ އެ ދުވަހުގައެވެ. އަދި މީސްތަކުން (އެ އަޑާއެކު) މަރުވެގެން ވެއްޓޭނީ އެ ދުވަހުގައެވެ. (އެބަހީ: ޤިޔާމަތްވާނީ އެ ދުވަހުގައެވެ.) ފަހެ އެދުވަހުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭނެއެވެ.”

 

  1. ޢަލީ ބުން އަބީ ޠާލިބު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

«الْبَخِيلُ مَنْ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ» [رواه الترمذي (3456) والنسائي في السنن الكبرى (8046) وابن حبان (909) والحاكم (2015) وصححه الألباني في إرواء الغليل (5)]

މާނައީ: “ދަހިމީހަކީ އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނުގެ ޛިކުރުކުރެވުމުން، ފަހެ ތިމަންކަލޭގެފާނަށް ޞަލަވާތް ނުކިޔާ މީހާއެވެ.”

 

  1. އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

«رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ» [رواه الترمذي (3545) وابن حبان (908) والحاكم (2016) وصححه الألباني في مشكاة المصابيح (927)]

މާނައީ: “މީހެއްގެ ގާތު ތިމަންކަލޭގެފާނުގެ ނަންފުޅު ޛިކުރުކުރެވުމުން، ފަހެ ތިމަންކަލޭގެފާނުގެ މައްޗަށް އެމީހަކު ޞަލަވާތް ނުކިޔައިފިނަމަ، އެމީހެއްގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ.”

[رَغِمَ أَنْفُ رَجُلٍ (މާނައީ: “އެމީހެއްގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ.”) މި ޢިބާރާތަކީ އެފަދަމީހުން ނިކަމެތި ކޮށްދެއްވުމަށް އެދި، ކުރައްވާފައިވާ ބަދު ދުޢާއެކެވެ.]

 

މަޞްދަރު: فضل الصلاة على النبي صلى الله عليه وسلم للشيخ عبدالمحسن العباد – حفظه الله –

 


 

ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުން