ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން: ޝަފަހީ ހެކި (الشَّهَادَةُ)
ޝަފަހީ ހެއްކަކީ އިސްލާމީ ފިޤުހުގައި ‘އައްޝަހާދާ’އެވެ. ‘އައްޝަހާދާ’ ހެކިބަސް އަދާކުރުމަށާއި ހެކި އުފުލުމަށްވެސް ބޭނުން ކުރެވެއެވެ. މިއާ ޚިލާފަށް ‘ޝަފަހީ ހެކި’، ދިވެހި ބަހުގައި ހެކި އުފުލުމަށް ބޭނުން ނުކުރެއެވެ. [1]
الشَّهَادَات އަކީ ޝަހާދާގެ ގިނަ ގޮތެވެ. ނެގިފައިވަނީ شَهِدَ މި ލަފްޒުންނެވެ. ޢަރަބި ބަހުގައި ޝަހާދާއަކީ ދޮގެއް ނެތް ސީދާ ޚަބަރެއް ދިނުމެވެ. [2] ޙާޟިރުވެ ހުރުމުގެ މާނައިގައި ވެސް ‘ޝަހިދަ’ ބޭނުން ކުރެވެއެވެ. [3] މި މާނައިގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
﴿فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ﴾ (سورة البقرة 185)
މާނައީ: “ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!”
[1] تُحْفَةُ الْمُحْتَاج فِي شَرْحِ الْمِنْهَاج لِلْهَيْتَمِي وَحَوَاشِيَ الشَّرْوَانِي وَالعبادي (10/267)، المَكْتَبَةُ التِّجَارِيَّةُ الكُبْرىٰ – مصر، 1357.
كَشَّافُ القِنَاعُ عَنْ مَتْنِ الإِقْنَاع لِلْبُهُوتِي (6/404)، دَارُ الكُتب العِلْمِيَّة – بَيْرُوت، 1403.
[2] الصِّحَاحُ تَاجُ اللُّغَةِ وَصِحَاحُ العَرَبِيَّة لِلْجَوهَرِي (2/494)، دَارُ العِلْم لِلْمَلَايِين – بَيْرُوت، 1407.
[3] الكَشَّافُ عَنْ حَقَائِق غَوَامِلِ التَنزِيل لِلزمخشري (1/228)، دَارُ الكِتَاب العَرَبِي – بَيْرُوت، 1407.