[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢާޝޫރާ ދުވަސް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

  • ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ. [ބައްލަވާ: نيل الأوطار للشوكاني(8 / 409) ]

 

  • އެދުވަހަކީ މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްކުރެއްވި ދުވަހެވެ. [ބައްލަވާ: صحيح البخاري(2004) ]

 

  • ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ» [أخرجه مسلم في صحيحه برقم: ١٩٦ – (١١٦٢)]

މާނައީ: “އަދި ޢާޝޫރާދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

 

  • މި އަހަރުގެ (2023 ވަނަ އަހަރުގެ) ޢާޝޫރާ ދުވަހަކީ: ޖުލައި މަހުގެ 28 ވަނަ ދުވަހެވެ.

 

  • ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމުގެ އެންމެ މޮޅު އިތުރު ގޮތަކީ: މުޙައްރަމު މަހުގެ 9ވަނަ ދުވަހާއި ދިހަ ވަނަ ދުވަހު ރޯދަ ހިފުމެވެ. (އިތުރު ތަފްޞީލު) މި އަހަރުގައި (2023 ވަނަ އަހަރުގައި) މުޙައްރަމު މަހުގެ 9ވަނަ ދުވަހާއި 10ވަނަ ދުވަސް ދިމާވަނީ 27 ޖުލައި އަދި 28 ޖުލައި އަށެވެ.

 

  • ހަނދު ނުބަލާ ޤައުމެއްގައި ހުރި ނަމަ ރައްކާތެރި ގޮތަކީ މުޙައްރަމު މަހުގެ 9، 10 އަދި 11 މިތިން ދުވަހު ރޯދަ ހިފުމެވެ. 2023 ވަނަ އަހަރުގައި މި ދުވަސްތައް ދިމާވަނީ ޖުލައި މަހުގެ 27، 28 އަދި 29 އަށެވެ.

 

  • ޢާޝޫރާ ދުވަހާ ބެހޭގޮތުން ވަރަށް ގިނަ ޟަޢީފު(ބަލިކަށި) ޙަދީޘްތަކާއި މީސްތަކުން ހަދާފައިވާ (މައުޟޫޢު) ޙަދީޘްތައް ވެއެވެ. އެހެންކަމުން އެދުވަހުގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ފެތުރުމުގައި އެކަމަށް ސަމާލުކަން ދިނުން ހުއްޓެވެ. އެފަދައިން ޘާބިތު ނުވާ އެއް ވާހަކައަކީ:

“إن في يوم عاشوراء توبة آدم، واستواء سفينة نوح على الجودي، ورد يوسف على يعقوب، ونجاة إبراهيم من النار”

މާނައީ: “ހަމަކަށަވަރުން ޢާޝޫރާ ދުވަހުގައި އާދަމުގެފާނަށް ތައުބާލެއްވުނެވެ. އަދި ނޫޙުގެފާނުގެ ނައުކޮޅު ޖޫދިއްޔު ފަރުބަދައިގެ މައްޗަށް ބީހުނީ އެދުވަހުގައެވެ. އަދި ޔޫސުގެފާނު ޔަޢުޤޫބުގެފާނުގެ އަރިހަށް ރައްދުކުރެއްވުނީވެސް އެދުވަހުގައެވެ. އަދި އިބްރާހީމުގެފާނު އަލިފާނުން ނަޖާކުރެއްވުނީވެސް އެދުވަހުގައެވެ.”

މިއީ ބަޔަކު ޙަދީޘެއްގެ ގޮތަށް ހަދާފައިވާ ވާހަކަތަކެކެވެ. [ބައްލަވާ: كتاب الآثار المرفوعة في الأخبار الموضوعة للعلامة اللكنوي (ص: 96) وكتاب تنزيه الشريعة المرفوعة عن الأخبار الشنيعة والموضوعة للعلامة الكناني (2/ 148) وكتاب اللآلئ المصنوعة في الأحاديث الموضوعة للإمام السيوطي (2/ 109)وكتاب مجموع الفتاوى لابن تيمية (25/ 300)]

 

  • އެދުވަހަށް ޚާއްޞަކޮށްގެން ބައެއް ޤައުމުތަކުގައި ޚާޢްޞަ ކެއުންތައް ހަދާ އުޅެއެވެ. އެހެނަސް އެއީ އެދެވިގެންވާކަމެއް ނޫނެވެ.

 

  • ޢާޝޫރާ ދުވަހަށް ޚާއްޞަކޮށްގެން ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާ ކަމަކީ އެދުވަހުގައި ރޯދަ ހިއްޕެވުމެވެ. އެކަލޭގެފާނުގެ ކިބައިގައި އަޅުގަނޑުމެންނަށް އެކަމުގައި ރިވެތިވެގެންވާ ނަމޫނާ ވެއެވެ.