ޝަހާދާގެ ރުކުންތައް
ޝަހާދާގެ ރުކުންތައް ފަހެކެވެ. [1] އެއީ:
- ޝާހިދު: މިއީ ހެކިބަސް އަދާ ކުރާ މީހާއެވެ.
- މަޝްހޫދު ލަހޫ: މިއީ އެ މީހަކަށްޓަކައި ހެކި ބަސް އަދާ ކުރެވޭ މީހާއެވެ.
- މަޝްހޫދު ޢަލައިހި: މިއީ އެ މީހެއްގެ މައްޗަށް ހެކިބަސް އަދާ ކުރެވޭ މީހާއެެވެ.
- މަޝްހޫދު ބިހީ: މިއީ ހެކިބަސް އަދާ ކުރެވޭ ކަންތަކެވެ.
- ޞީޣާ: މިއީ ހެކިބަސް އަދާ ކުރާ ޢިބާރާތެވެ.
ރުކުނަކީ އެ ކަމެއްގައި ހަމަ ކޮންމެހެން ފުރިހަމަ ވާން ޖެހޭ ކަންތައްތަކެވެ. މީގެ ތެރެއިން ހަމަ އެއް ރުކުން އުނި ވިޔަސް، އެ ރުކުނެއް އެ އުނިވެގެން ދިޔަ ނިސްބަތަކުން ކަންތައް ވެސް ބާޠިލުވެގެން ދާނެއެވެ.
މި ރުކުންތައް ފުރިހަމަވުމަށްޓަކައި ކޮންމެ ރުކުނެއްގައި ވެސް ވަކި ޝަރުޠުތަކެއް ފުރިހަމަ ވާން ޖެހެއެވެ. އެ ގޮތުން ހެކިބަސް އަދާ ކުރާ ފަރާތް ނުވަތަ ޝާހިދުގެ ހެކިބަސް ޤަބޫލު ވެވުމަށްޓަކައި އޭނާގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ ޞިފަތަކެއް ޢިލްމުވެރީން ބަޔާންކުރައްވާފައި ވެއެވެ.
[1] فَتْحُ الْوَهَّاب لِلزَّكَرِيَّا الأَنصَارِي (2/272)، دَارُ الفِكْر لِلطَّبَاعَةِ وَالنَّشْرِ، 1414.