ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަންވާނެ ޝަރުޠުތައް:
އިމާމު ޝާފިޢީ (ނޔވ 204) ވިދާޅު ވިއެވެ. “ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿وَأَشْهِدُوا ذَوَيْ عَدْلٍ مِنكُم﴾[1] [މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެ މީހުން ހެކިކުރާށެވެ!”]، ﴿مِمَّن تَرْضَوْنَ مِنَ الشُّهَدَاء﴾[2] [މާނައީ: ” ހެކިން ކުރެ ތިޔަބައިމީހުން ރުހޭ މީހުންނެވެ.”] މިފަދައިން މި އާޔަތްތަކުގައި އައިސްފައިވާ ބަސްފުޅުގެ މުރާދަކީ [ހެކި ދޭ މީހުންނަކީ] ބާލިޣުވެފައިވާ، މިނިވަން، މުސްލިމުން ކުރެ އެ ބަޔަކާ މެދު ރުހިގެންވާ މީހުންކަމުގައި ވުމެވެ.”[3]
އެހެންކަމުން ހެކިބަސް ދޭ މީހާއަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މިނިވަން ޢަދުލުވެރި މުސްލިމެއްކަމުގައި ވާން ޖެހޭނެއެވެ. [4] އަދި ހެކިބަސް ދޭ މީހާއަކީ މުރޫއަތްތެރި ޣައިރު މުއްތަހަމެއްކަމުގައި ވުމަކީ ވެސް ޝަރުޠުވެގެންވާ ކަންކަމެވެ. [5]
[1] ޠަލާޤު ސޫރަތުގެ 6ވަނަ އާޔަތް
[2] ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތް
[3] مُخْتَصَر المُزَنِي (ޞ 413)، دَار المَعْرِفَة – بَيْرُوت، 1990.
[4] الحَاوِي الكَبِير لِلْمَاوَرْدِي (17/58)، دَار الْكُتُب الْعِلْمِيَّة – بَيْرُوت، 1419.
[5] مِنْهَاجُ الطَّالِبِين لِلنَّوَوِي (ޞ 345)، دَارُ الفِكْر، 1425. بِدَايَةُ الْمُجْتَهِد لِابْن رُشْدٍ الحَفِيد (4/245)، دَارُ الحَدِيث – القاهرة، 1425. مُنْتَهَىٰ الإِرَادَات لِابْن النَّجَّار (5/359 – 360)، مُؤَسَّسَةُ الرِّسَالَة – بَيْرُوت، 1419.