[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 13

ދެން މި ކަންކަމަށް ތަފްޞީލުކޮށް ބަލާލާނަމެވެ.

 

ހ. މުސްލިމުން ފަތަޙަކޮށްފައިވާ ރަށްތަކުގައި ޘާބިތުވުން

 

ޢުޘްމާނުގެފާނުގެ ޚިލާފަތުގައި، ފަތަޙަކޮށްފައިވާ ރަށްތަކުގެ ތެރެއިން އެތަންތަނުގައި މުސްލިމުންގެ ބާރު ކުޑަވުމަށް ފަހު، އަލުން ފަތަޙަކުރެއްވި މުހިންމު ރަށްތަކަކީ:

  1. އަރުމީނީޔާއާއި އަޛަރުބައިޖާން:

މި ދެ ރަށުގެ އަހުލުވެރިން ހުޛައިފާ ބުން އަލްޔަމާނާއެކު ޢަހުދުކުރި ކަންކަމާ ޚިލާފުވުމުން، އަލުން އެބައިމީހުންގެ މައްޗަށް ނަޞްރު ހޯދާ، އެބައިމީހުންގެ އަތުން ޖިޒްޔަ ނެގުމަށްޓަކައި، އެ ރަށަށް ދިއުމަށް އަލްވަލީދު ބުން ޢުޤުބާއަށް ޢުޘްމާނުގެފާނު އެންގެވިއެވެ. އެއީ ހިޖުރައިން 24 ވަނަ އަހަރެވެ.

އެއަށްފަހު އެކަލޭގެފާނު އެނބުރި ކޫފާއަށް އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައި މައުޞިލުގައި ހުންނަވަނިކޮށް ޢުޘްމާނުގެފާނުގެ ސިޓީއެއް ލިބުނެވެ. އޭގައިވަނީ ޝާމްކަރައަށް މަދަދު ފޮނުއްވުމަށް އަމުރުކުރައްވާފައެވެ. ފަހެ ސަލްމާނު ބުން ރަބީޢާ އަލްބާހިލީގެ ޤިޔާދަތުގެ ދަށުގައި 8000 ހަނގުރާމަވެރިން އެކަލޭގެފާނު ފޮނުއްވިއެވެ. އެއީ ރޫމީންނާ ދެކޮޅަށް ހަނގުރާމަކުރުމުގައި މުޢާވިޔަތުގެފާނަށް އެހީވުމަށެވެ.

 

  1. ޚުރާސާން:

އެ ރަށް އަލުން ފަތަޙަކުރެއްވީ ޢަބްދުﷲ ބުން ޢާމިރެވެ. އެއަށް ފަހު ޢުޘްމާނުގެފާނު، ބަޞްރާގެ ވެރިއަކަށް ޢަބްދުﷲ ބުން ޢާމިރު ހަމަޖެއްސެވިއެވެ. އެއީ ހިޖުރައިން 31 ވަނަ އަހަރެވެ. [1]

 


 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1]  ބައްލަވާ: تاريخ الطبري (4 / 300 – 303).