[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 123

އިބްނު ޚުޒައިމާގެ ޞަޙީޙަށް ޢިލްމުވެރިން ދެއްވާފައިވާ އަހަންމިއްޔަތު:

 

 

ޢިލްމުވެރިންވަނީ އިބްނު ޚުޒައިމާގެ ޞަޙީޙު ރިވާކުރެއްވުމާއި އަޑު އެހުމާ އަދި އެ ނަޤުލުކުރުމުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ފަހުގެ ބޭކަލުން ކުރެ އެފޮތަށް އަހަންމިއްޔަތު ދެއްވި ބޭކަލުންގެ ތެރޭގައި:

1- الحافظ سراج الدين عمر بن علي ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ މަޝްހޫރު ނަންފުޅަކީ ابن الملقن އެވެ. (އަވަހާރަވީ ހިޖުރައިން 804 ގައި އެވެ.) އެގޮތުން އެކަލޭގެފާނުވަނީ المزي ގެ “تهذيب الكمال” ޚުލާޞާކުރެއްވި އިރުގައި އޭގެ ފަހުބައިގައި ހަ ފޮތެއްގެ ރާވީން ގެނެސްދީފައެވެ. އެއީ:

إمام ގެ أحمد المسند އާއި ابن خزيمة ގެ صحيح އާއި ابن حبان ގެ صحيح އާއި الحاكم ގެ مستدرك އާއި الدارقطني ގެ السنن އަދި البيهقي ގެ السنن الكبرى އެވެ.

އަދި އެފޮތަށް އެކަލޭގެފާނު ދެއްވާފައިވާ ނަމަކީ: “إكمال تهذيب الكمال” އެވެ.

2- الحافظ ابن حجر العسقلانى ވެސް ހިމެނިވަޑައިގަންނަވައެވެ. (އަވަހާރަވީ ހިޖުރައިން 804 ގައި އެވެ.) އެކަލޭގެފާނު “إتحاف المهرة بالفوائد المبتكرة من أطراف العشرة” [1] ލިޔުއްވި އިރު އެފޮތުގައި ވަނީ އިބްނު ޚުޒައިމާގެ ޞަޙީޙު ހިމަނުއްވާފައެވެ. އެ ފޮތުގައިވާ ފޮތްތަކަކީ:

  1. الإمام مالك ގެ موطأ
  2. الشافعي ގެ مسند
  3. إمام أحمد ގެ المسند
  4. الدارمي ގެ سنن
  5. ابن خزيمة ގެ صحيح
  6. ابن الجارود ގެ المنتقى
  7. ابن حبان ގެ صحيح
  8. أبو عوانة ގެ المستخرج
  9. الحاكم ގެ مستدرك
  10. الطحاوي ގެ شرح معاني الآثار
  11. الدارقطني ގެ السنن

 

މިކަމާ ބެހޭގޮތުން އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވިއެވެ.

“(އެ ފޮތުގެ ސުރުޚީގައި 10 ފޮތްކަމަށް ބަޔާންކޮށްފައި ވިޔަސް އެއަށް ވުރެ ޢަދަދު ގިނަވެ) އެއް ފޮތް އިތުރުކޮށްފައި އެވަނީ އިބްނު ޚުޒައިމާގެ ޞަޙީޙުގެ އެއްބައި ގެއްލި އެއްކޮށް ލިބިފައި ނުވާތީއެވެ. އެ ފޮތުގެ ހަތަރު ބައިކުޅަ އެއްބައި މެނުވީ ވަނީ ގެއްލިފައެވެ.” [2]

____________________

 

= ނުނިމޭ =

 

އެހެނިހެން ބައިތައް

 

[1] މި ފޮތް ވަނީ މަދީނާގައި ހުންނަ الجامعة الإسلامية ގެ مركز خدمة السنة والسيرة النبوية ގެ ފަރާތުން ޗާޕުކޮށްފައެވެ.

[2] ބައްލަވާ: مقدمة صحيح ابن خزيمة لمحققه الدكتور محمد مصطفى الأعظمي (1 / 22 – 23).