[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: އުޙުދު ހަނގުރާމަ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

މިއީ އުޙުދު ހަނގުރާމަ ހިނގައި ދިޔަ ގޮތް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ކުޑަ ފޮތެކެވެ. މަދީނާގައި ޒިޔާރަތްކުރުން ޝަރުޢުކުރައްވާފައިވާ ތަންތަނުގެ ތެރޭގައި އުޙުދުގެ މައިދާނުގައި ފަސްދާނުލެވިފައިވާ ބޭކަލުންގެ މަޤްބަރާ ހިމެނެއެވެ. ފަހެ އެފަދަ ތާރީޚީ އަދި މުހިންމު ތަނަކަށް ޒިޔާރަތްކުރާ އިރުގައި، އެތަނުގައި ހިނގާފައިވާ އެންމެ ބޮޑު ތާރީޚީ ޙާދިޘާކަމުގައިވާ އުޙުދު ހަނގުރާމަ ހިނގައި ދިޔަގޮތް އެނގުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ.

އެގޮތުން މިފޮތް އެކުލަވާލުމުގައި އެންމެ ބޮޑު ސަމާލުކަމެއްދީފައިވާނީ އުޙުދު ހަނގުރާމައާ ބެހޭގޮތުން ސިޔަރަތުގެ ފޮތްތަކުގައި ގެނެސްފައިވާ ގިނަ ޢަދަދެއްގެ ޞައްޙަ ރިވާޔަތްތައް އެއްކޮށް، އެ ޙާދިޘާ ބަޔާންކޮށްދިނުމަށެވެ.

މިފޮތުގެ މައިގަނޑު ދެ މަޞްދަރަކީ: د. أكرم ضياء العمري ލިޔުއްވާފައިވާ السيرة النبوية الصحيحة އާއި أ.د. مهدي رزق الله أحمد ލިޔުއްވާފައިވާ السيرة النبوية الصحيحة في ضوء المصادر الأصلية އެވެ.

ދުޢާއަކީ މި ފޮތަކީ ފައިދާކުރަނިވި ފޮތެއްކަމުގައި ލެއްވުމެވެ! އާމީން!

 


 

ފޮތުގެ ނަން އުޙުދު ހަނގުރާމަ
އެކުލަވާލީ އައްޝައިޚު ޢިމްރާން މުޙައްމަދު ޢަލީ
ޞަފްޙާގެ ޢަދަދު  36 ޞަފްޙާ
ފައިލް ސައިޒް 924 KB

 


 

ފޮތް ޑައުންލޯޑުކުރައްވާ