[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް ﷲ سبحانه وتعالى ގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިވެގެންވެއެވެ. އަދި ޘަވާބު އިތުރުވެގެންވެއެވެ.

ސަލަފުންގެ ބޭކަލުންނަށް ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު ހެޔޮ ޢަމަލު ގިނަކުރުމުގެ މުހިންމުކަން އެނގިވަޑައިގެންނެވުމުން، އެ ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރެއްވުމަށް އެބޭކަލުން ގަދައަޅާ މަސައްކަތް ކުރެއްވިއެވެ. ފަހެ ތާބިޢީ ބޭކަލެއްކަމުގައިވާ ސަޢީދު ބުން ޖުބައިރު رحمه الله އާ ބެހޭގޮތުން އައިސްފައިވެއެވެ.

“(ޙައްޖު މަހުގެ ފުރަތަމަ) ދިހަ ދުވަސް ވަނުމުން ސަޢީދު ބުން ޖުބައިރު، އެކަލޭގެފާނުގެ ކުޅަދާނަކަން ހުރި އެންމެ މަތީ ދަރަޖައަށް، ހެޔޮ ޢަމަލުކުރެއްވުމުގައި އަވަދިނެތި އުޅުއްވައެވެ.” [رواه الدارمي في سننه (1815) والبيهقي في شعب الإيمان (3476) وحسنه الألباني في إرواء الغليل (3 / 398)]

މި ފޮތުގައި ގެނެސްދީފައިވާނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހާ ބެހޭގޮތުން އެނގުން މުހިންމު މައުލޫމާތުތަކެކެވެ.

ދުޢާއަކީ ﷲ ތަޢާލާ މި މަސައްކަތުގައި ބަރާކާތްލައްވާ މި ފޮތަކީ ފައިދާކުރަނިވި ފޮތެއްކަމުގައި ލެއްވުމެވެ.


 

ފޮތުގެ ނަން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް
އެކުލަވާލީ އައްޝައިޚު ޢިމްރާން މުޙައްމަދު ޢަލީ
ޞަފްޙާގެ ޢަދަދު  83 ޞަފްޙާ
ފައިލް ސައިޒް 10 MB

 


 

ފޮތް ޑައުންލޯޑުކުރައްވާ