3- އިބުނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.
«أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا خَرَجَ يَوْمَ الْعِيدِ، أَمَرَ بِالْحَرْبَةِ فَتُوضَعُ بَيْنَ يَدَيْهِ، فَيُصَلِّي إِلَيْهَا. وَالنَّاسُ وَرَاءَهُ. وَكَانَ يَفْعَلُ ذَلِكَ فِي السَّفَرِ. فَمِنْ ثَمَّ اتَّخَذَهَا الْأُمَرَاءُ» [رواه البخاري (494)، ومسلم 245 – (501)].
މާނައީ: “ހަމަކަށަވަރުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޢީދު ދުވަހު (ޢީދު ނަމާދަށް) ނިކުމެވަޑައިގަންނަވާ ހިނދު، ޙަރްބާއެއް (އެބަހީ: އޭގެ ކޮޅު ފުޅާކޮށް ހުންނަ ލޮންސިއެއް) ގެނެސް، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެ ބެހެއްޓެވުމަށް އަމުރުކުރައްވައެވެ. އަދި އެއާ ކުރިމަތިލައްވައިގެން ހުންނަވާ އެކަލޭގެފާނު ނަމާދުކުރައްވައެވެ. އަދި މީސްތަކުން (ނަމާދުކުރަން) ހުންނަވަނީ އެކަލޭގެފާނުގެ ފަހަތްޕުޅުގައެވެ. އަދި އެފަދައިން ދަތުރުމަތީގައިވެސް އެކަލޭގެފާނު ޢަމަލުކުރައްވަމުން ގެންދެވިއެވެ. ފަހެ އެކަލޭގެފާނަށް ފަހު، (އުންމަތުގެ) ވެރިންވެސް އެފަދައިން ޢަމަލުކުރެއްވިއެވެ.”
4- އިބުނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.
«أنَّ النبيَّ صلَّى اللهُ عليه وسلَّم كان يركُزُ – وقال أبو بكر: يغرِزُ – العَنَزةَ ويُصلِّي إليها»، زاد ابنُ أبي شيبةَ: قال عُبَيدُ اللهِ: «وهي الحَرْبةُ» [رواه مسلم 246 – (501)].
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޢަނަޒާއެއް (އެބަހީ: ލޮންސި ގޮތަށް ކޮޅު ތޫނުކޮށް ހުންނަ ބައި ލޮންސިއެއް ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް) ބިމަށް ޖައްސަވައި އެއާ ކުރިމަތިލައްވައިގެން ނަމާދުކުރެއްވިއެވެ.” – އަބޫ ބަކުރު ވިދާޅުވިއެވެ. އެ ބިމުގައި ހަރުކުރެއްވީއެވެ. – އިބުނު އަބީ ޝައިބާ އިތުރުކުރެއްވިއެވެ. އުބައިދު ﷲ ވިދާޅުވިއެވެ. “(ޢަނަޒާއަކީ) އެއީ ލޮންސިއެވެ.”
5- އިބުނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ:
«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَعْرِضُ رَاحِلَتَهُ وَهُوَ يُصَلِّي إِلَيْهَا» [رواه البخاري (507)، ومسلم 247 – (502) واللفظ له].
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ ސަވާރީ ބަހައްޓަވައި، އެއާ ކުރިމަތިލައްވާ ނަމާދުކުރެއްވިއެވެ.”
6- އަބޫ ޛައްރުލް ޣިފާރީ رضي الله عنه، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«إِذَا قَامَ أَحَدُكُمْ يُصَلِّي، فَإِنَّهُ يَسْتُرُهُ إِذَا كَانَ بَيْنَ يَدَيْهِ مِثْلُ آخِرَةِ الرَّحْلِ» [رواه مسلم (510)].
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރުމަށް ތެދުވާ ހިނދު، ފަހެ އެމީހާގެ ކުރިމަތީގައި ސުތުރާއެއް ބަހައްޓާ ހުށިކަމެވެ. އެއީ ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިފަދަ އެއްޗަކުން ވިޔަސް މެއެވެ.”