[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުކުރާ މީހާއާއި އެމީހެއްގެ ސުތުރުއާ ދެމެދުން ހުރަސްކުރުމުގެ ޙުކުމް – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަމާދުކުރާ މީހާއާ އޭނާގެ ސުތުރާގެ ދެމެދުން ހުރަސްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

 

 

ދަލީލުތައް:

 

ފުރަތަމަ: ސުންނަތުގެ ދަލީލުތައް:

1- އަބޫ ޖުހައިމު رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لَوْ يَعْلَمُ المَارُّ بَيْنَ يَدَيِ المُصَلِّي مَاذَا عَلَيْهِ، لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ» [رواه البخاري (510)، ومسلم (507)]

މާނައީ: “ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރާ މީހާއަށް، އޭނާގެ މައްޗަށްވާ ކަންތައް (އެބަހީ: ފާފައިގެ ބޮޑުކަން) އެނގޭނަމަ، އެމީހާގެ ކުރިމަތިން ހުރަސްކުރުމަށް ވުރެ، ސާޅީސް (ދުވަސް ނުވަތަ މަސް ނުވަތަ އަހަރު) ވަންދެން ހުއްޓިހުރުން، އޭނާއަށް ހެޔޮކަން ބޮޑުވީހެވެ.”

(މި ޙަދީޘްގެ ސަނަދުގައިވާ ރާވީއެއްކަމުގައިވާ) އަބުއްނަޟްރު رحمه الله ވިދާޅުވިއެވެ.

“އެކަލޭގެފާނު ވިދާޅުވީ ސާޅީސް ދުވަސްކަމެއް ނުވަތަ މަސްކަމެއް ނުވަތަ އަހަރުކަމެއް ތިމަންނާއަކަށް ނޭނގެއެވެ.”

 

ޙަދީޘްފުޅުން ދަލީލު ނަގާ ގޮތް:

އެކަލޭގެފާނުގެ ބަސްފުޅު: “އޭނާގެ މައްޗަށް ވާ ކަންތައް” ގެ މާނައަކީ: އޭނާގެ މައްޗަށްވާ ފާފައިގެ ބޮޑުކަން އެނގޭނަމަ، އެ ފާފައަށް އަރައިގަތުމުގެ ބަދަލުގައި، ހުއްޓިހުރުން އޭނާ އިޚްތިޔާރުކުރީހެވެ. ފަހެ މިކަމުގައިވާ ގަދަފަދަވެގެންވާ ނަހީއާއި ވަޢީދުގެ ބަސްފުޅަށް މިބަސްފުޅުން ދަލީލުކޮށްދެއެވެ. (ބައްލަވާ: شرح النَّووي على مسلم (4 / 225).

 

 

2- އަބޫ ސަޢީދުލް ޚުދްރީ رضي الله عنه ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا صَلَّى أَحَدُكُمْ إِلَى شَيْءٍ يَسْتُرُهُ مِنَ النَّاسِ فَأَرَادَ أَحَدٌ أَنْ يَجْتَازَ بَيْنَ يَدَيْهِ، فَلْيَدْفَعْهُ فَإِنْ أَبَى فَلْيُقَاتِلْهُ فَإِنَّمَا هُوَ شَيْطَانٌ» [رواه البخاري (509)، ومسلم (505)].

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ ކުރިމަތީގައި ސުތުރާއެއް ބަހައްޓައިގެން ނަމާދުކުރަން ހުއްޓައި، އޭނާގެ ކުރިމަތިން މީހަކު ހުރަސްކުރަން އުޅެފިނަމަ، ފަހެ އެމީހާ ހުއްޓުވާ ހުށިކަމެވެ. އަދި އެމީހާ އެކަމަށް އިންކާރުކޮށްފިނަމަ (އެބަހީ: ދެވަނަ ފަހަރަށްވެސް އެމީހާ ހުރަސްކުރަން މަސައްކަތް ކޮށްފިނަމަ)، ފަހެ އެމީހާ ދުރުކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނެކެވެ. (އެބަހީ: އޭނާ ލައްވާ އެކަން އެ ކުރުވަނީ ޝައިޠާނެކެވެ. ނުވަތަ އެވަގުތުގައި އޭނާއާ އެކުގައި ޝައިޠާނެއް ވެއެވެ. ނުވަތަ އޭނާ އެ ކުރަނީ ޝައިޠާނުން ކުރާ ކަހަލަ ކަމެކެވެ.)”

 

=ނުނިމޭ=

 

މަޞްދަރު

 

ސުތުރާއާ ގުޅުން ހުރި އިތުރު ލިޔުންތައް