[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުކުރާ މީހާއާއި އެމީހެއްގެ ސުތުރުއާ ދެމެދުން ހުރަސްކުރުމުގެ ޙުކުމް – 3

މިކަމާ ގުޅުންހުރި މައްސަލައެއް:

 

މަސްޖިދުލް ޙަރާމުގައި، ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސްކުރުމުގެ ޙުކުމް:

 

މަސްޖިދުލް ޙަރާމުގައި ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރުމުގެ ޙުކުމާ މެދުގައި ޢިލްމުވެރިން ވަނީ ދެބަސްފުޅެއްގެ މައްޗަށް އިޚްތިލާފުވެފައެވެ.

ފުރަތަމަ ބަސްފުޅު: މަސްޖިދުލް ޙަރާމުގައި ނަމާދުކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސްކުރުމަކީ ހުއްދަކަމެކެވެ. މިއީ މިކަމުގައި ޙަނަފީންނާއި [1] ޙަންބަލީންގެ މަޛްހަބެވެ. [2] އަދި އިބުނު ބާޒުވެސް ވަނީ މިބަސްފުޅު އިޚްތިޔާރުކުރައްވާފައެވެ. [3] އެއީ މައްކާގައި އަޅުކަން އަދާކުރަން ގޮސް އުޅޭ މީހުން ގިނެވެ، ތޮއްޖެހުމުން، ނަމާދުކުރާމީހާ އޭނާގެ ކުރިމަތިން ހުރަސްކުރަން އުޅޭ މީހާ ހުއްޓުވައިފިނަމަ، މީސްތަކުންނަށް ޖާގަ ދަތިވެގެންދާނެތީއެވެ. [4]

އިބުނު ޢާބިދީން رحمه الله ވިދާޅުވިވެފައި ވެއެވެ.

“ޙާޝިޔަތުލް މަދަނީގައި ޒިކުރުކުރައްވާފައި ވެއެވެ. ކަޢުބާ ތެރޭގައާއި މަޤާމުގެ ފަހަތުގައާ އަދި ޠަވާފުކުރާތަނުގެ ތެރޭގައި ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރާ  މީހާ ހުއްޓުވުމެއް ނުވެއެވެ. އިމާމު އަޙްމަދާއި އަބޫ ދާބޫދު އަލްމަޠްލަބު ބިން އަބީ ވަދާޢާ ގެ އަރިހުން ރިވާކުރައްވާފައިވާ ހަދީޘްފުޅުން މިކަމަށް ދަލީލު ދެއެވެ.

“ބަނޫ ސަހްމޭ ކިޔުނު ދޮރުކޮޅުގެ ކައިރީގައި ހުރެ ނަބިއްޔާ صلى الله عليه وسلم  ނަމާދުކުރައްވަނިކޮށް އެކަލޭގެފާނަށް (އަލްމަޠްލަބު ބިން އަބީ ވަދާޢާއަށް) ފެނިވަޑައިގަތެވެ. އޭރު މީސްތަކުން އެކަލޭގެފާނުގެ (ނަބިއްޔާ صلى الله عليه وسلم ގެ) ކުރިފުޅުމަތިން ހުރަސްކުރަމުން ދިޔައެވެ. އަދި އެކަލޭގެފާނާއި މީސްތަކުންގެ ދެމެދުގައި  އެވަގުތު ސުތުރާއެއް ނުވެއެވެ.” [5]

މި ޙަދީޘްފުޅުން ދަލީލުކޮށްދެނީ އެކަން (ހުރަސްކުރުން) ޚާއްސަވެފައިވަނީ ޠަވާފުކުރާމީހުންނަށް އެކަނި ކަމަށެވެ. އެއީ ހަމަކަށަވަރުން ޠަވާފަކީ ނަމާދެއްކަމުގައި ވާތީއެވެ. [6] ފަހެ، އެހެންކަމުން ނަމާދުކުރާ މީހުންގެ ސަފުތައް އެމީހެއްގެ ކުރިމަތީގައިވާފަދަ މީހަކަށް، އޭނާ (ނަމާދުކުރާމީހާ) ވެގެންދާނެއެވެ.”

[حاشية ابن عابدين (1 / 635 – 636)].

އިބްނު ބާޒު رحمه الله ވިދާޅުވެފައިވެއެވެ.

“މަސްޖިދުލް ޙަރާމާމެދު ދަންނާށެވެ. ފަހެ އެތަނުގައި ނަމާދު ކުރާ މީހުންގެ ކުރިމަތިން  ހުރަސްކުރުން ހަރާމްވެގެން ނުވެއެވެ. އަދި ނަންގަނެވިފައިވާ ތިން ފަރާތުގެ ތެރެއިން ނުވަތަ އެނޫން ވެސް އެހެން ފަރާތެއް ހުރަސް ކުރިޔަސް، އެތަނުގައި ނަމާދު ކެނޑިގެން ނުދާނެއެވެ. އެއީ އެތަނަކީ މީސްތަކުން ތޮއްޖެހޭ ތަނަކަށްވެ، ނަމާދުކުރާ މީހާގެ ކުރިމަތިން ހުރަސްކުރުމާ ދުރުވުން އުނދަގޫތަނަކަށް ވާތީއެވެ.

އަދި ހަމަކަށަވަރުން މިކަމާ ބެހޭގޮތުން އެ ޙަދީޘުގައި ޟަޢީފުކަމެއްވާ ޞަރީޙަ ޙަދީޘެއްވަނީ ވާރިދުވެފައެވެ. އަދި މި ޙަދީޘަށް ބާރުދޭ އާޘާރުތައް ވަނީ އިބުނު ޒުބައިރު އަދި އެނޫންވެސް ބޭފުޅުންގެ އަރިހުން ވާރިދުވެފައެވެ. އަދި އެތަނަކީ މީސްތަކުން ތޮއްޖެހޭ ތަނަކަށްވެ، ހުރަސްކުރާ މީހާއަށް އެކަމާ ދުރުވުން އުނދަގޫތަނަކަށްވުންވެސް އެ ޙަދީޘަށް ބާރުދެއެވެ.”

[مجموع فتاوى ابن باز (11 / 92)] .

 

=ނުނިމޭ=

 


 

[1] حاشية ابن عابدين (1 / 635) (2 / 501) .

[2] الفروع لابن مفلح (2 / 257)، وشرح منتهى الإرادات للبهوتي (1 / 210).

[3] مجموع فتاوى ابن باز (11 / 92) .

[4] ބައްލަވާ: المغني لابن قدامة (2 / 180).

[5] رواه أبو داود (2016) وضعفه الألباني في ضعيف سنن أبي داود (344).

[6] ބައްލަވާ: رواه الترمذي (960) وصححه الألباني في إرواء الغليل (121).

 

މަޞްދަރު

 

ސުތުރާއާ ގުޅުން ހުރި އިތުރު ލިޔުންތައް