عَنْ أَبِيْ قَتَادَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (( إِذَا دَخَلَ أَحَدُكُمُ المَسْجِدَ فَلاَ يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ)) (مُتّفَقٌ عَلَيْهِ)
ޙަދީޘްގެ މާނަ :
އަބީ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެތެރެއިން މީހަކު މިސްކިތަށް ވަދެއްޖެކަމުގައިވާނަމަ ދެރަކުޢަތް ނަމާދެއްކުރުމަށްފަހުގައި ނޫނީ ނުއިށީންނާށެވެ.”
މިޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއާއި މުސްލިމްއެވެ.
މިޙަދީޘުންލިބޭ ބައެއްފައިދާ:
* މިސްކިތަށް ވަންނަ ކޮންމެމީހަކަށް މަސްޖިދުސުންނަތް ކުރުން މުސްތަޙައްބު ވެގެންވާކަން.
* މަސްޖިދުސުންނަތުގެ ދެރަކުޢަތް ނުކޮށް މިސްކިތުގައި އިށީނުން މަކްރޫހަވެގެންވާކަން.
* މަސްޖިދުސުންނަތް ދޫކޮށްނުލުމަށްޓަކާ މިސްކިތަށް ވަނުމުގެކުރިން ވުޟޫކުރުން މުސްތަޙައްބުވެގެންވާކަން.