[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (މުތަރުޖިމުގެ ބަސް، މުޤައްދިމާ، ފުރަތަމަ ދަރުސް)

 

މުތަރުޖިމުގެ ބަސް

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިދަރުސް ތަކަކީ ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީކަމަށްވާ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް  (رحمه الله) ލިޔުއްވާފައިވާ (الدروس المهمة لعامة الأمة)، މިފޮތް ތަރުޖަމާކޮށް ތައްޔާރު ކުރެވޭ ދަރުސްތަކެކެވެ. މިފޮތުގައި އެކުލެވިގެންވަނީ ކޮންމެ މުސްލިމަކުވެސް ދެނެގަނެ އެއަށް ޢަމަލުކުރުން ވާޖިބުވާ ވަރަށް މުހިއްމު ކަންތައްތަކެކެވެ.

މިފޮތް ތަރުޖަމާކުރުމުގައި އަސްލަކަށް ބަލާފައިވާނީ ވަކާލަތުއް ޝުއޫނުލް މަޠްބޫޢާތި ވައްނަޝްރިގެ އިޝްރާފުގެ ދަށުން 1420ހ ވަނަ އަހަރުގައި ކުރެވިފައިވާ މިފޮތުގެ 4 ވަނަ ޗާޕެވެ.

ފަހެ، މިދަރުސްތަކަކީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިސްލާމްދީނުގެ އަސާސީ ކަންކަމާއި ޙުކުމްތައް ދެނެގަތުމަށް ހުޅުވާލެވޭ މަގެއް ކަމުގައި ﷲ ތަޢާލާ ލައްވާށި! އާމީން.


މުޤައްދިމާ

 

އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ ޢާލަމްތަކުގެ ވެރި ރައްބަށެވެ. ރަނގަޅު ނިމުންވަނީ ތަޤުވާވެރީންނަށެވެ. އަހަރެމެންގެ ނަބިއްޔާ، އަދި ﷲ ގެ އަޅާ އަދި ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އެންމެހާ ޞަޙާބީ ބޭކަލުންވެސް އެކަމުގައި ޝާމިލްކުރައްވާށިއެވެ.

ދެން އެއަށްފަހު ދަންނައެވެ. މަދު ބަސްކޮޅަކުން އަޅުގަނޑު މިފޮތުގައި ބަޔާންކޮށް ދީފައިވާނީ އިސްލާމްދީނުގައި ކޮންމެހެންވެސް އާންމުން ދެނެގަތުން ވާޖިބުވާ ކަންތައްތަކެކެވެ. ފަހެ މިބަސްކޮޅަށް އަޅުގަނޑު ދީފައިވާ ނަމަކީ (އުންމަތުގެ ޢާންމުންނަށް މުހިއްމު ދަރުސްތައް) މިއެވެ.

ﷲ ތަޢާލާ މުސްލިމުންނަށް މިކަމުގެ މަންފާ ދެއްވައި އަދި މި އަޅާގެ ކިބައިން ޤަބޫލުފުޅުކުރެއްވުން އެދި ދުޢާކުރަމެވެ. އެކަލާނގެއީ އެންމެ ދީލަތިވަންތި ކަރާމަތުގެ ވެރި ރަސްކަލާނގެއެވެ.

ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ ބިން ބާޒް

 


 

 

ފުރަތަމަ ދަރުސް (ސޫރަތުލް ފާތިޙާ އަދި ކުރު ސޫރަތްތައް)

 

ސޫރަތުލް ފާތިޙާ އާއި ބައެއް ކުރު ސޫރަތްތައް (ސޫރަތުލް ޒަލްޒަލާ އިން ފެށިގެން ސޫރަތުއް ނާސްގެ ނިޔަލަށް) ކިޔަން ދަސްކުރުމާއި، ތިލާވަތުގެ ކުށްތައް ފިލުވުމާއި، ހިތުދަސްކުރުމާއި އަދި މާނަ އާއި ޝަރަޙަ ދެނެގަންނަންވާނެއެވެ.

 

(މިސޫރަތްތަކުގެ މާނައާއި ޝަރަޙަ ވިދާޅުވުމަށް)

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް