ﷲ ވަޙީކުރެއްވިއެވެ. وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ قَالَ أَوَلَمْ تُؤْمِن قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ (سورة البقرة: 260) މާނައީ:”އަދި، އިބްރާހީމްގެފާނު ދެންނެވި ހިނދު ހަނދުމަކުރާށެވެ1 އަޅުގެ ވެރިރަސްކަލާކޯއެވެ! މަރުވެފައިވާ ތަކެތި އިބަރަސްކަލާނގެ، ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކައިފާނދޭވެ1 އެކަލާނގެ ވަޙީކުރެއްވިއެވެ. ފަހެ، ކަލޭގެފާނު އީމާންވެ ވަޑައިނުގަންނަވަމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ނޫނެކެވެ! (މިއަޅާވަނީ އީމާންވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތަށް ހަމަޖެހުމާއި ފިނިކަން ލިބުމަށްޓަކައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ފަހެ، ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ1 ދެން އެ އެއްޗެހި ކަލޭގެފާނުގެ ބާރުގެދަށަށް ގެންނަވައި، (ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއްކުރެއްވައި ހައްދަވާށެވެ!) ދެން (އެތަކެތި ބައިކުރައްވައި) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ! ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެހިނދު، އެއެއްޗެހި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނާނެތެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެކަން ދަންނާށެވެ!”
(ކާފަ ކޮޓަރީގައި އިންނަވަނިކޮށް ކާފަ ދަރިފުޅު ކޮޓަރިއަށް ވަދެއްޖެ)
އަސްމާ: އައްސަލާމް ޢަލައިކުމް ކާފާ!
ކާފަ: ވަޢަލައިކުމް ސަލާމް ލޯބިވާ ދަރިފުޅާ. ދޫންޏަށް ކާންދީފިންތަ
އަސްމާ: ލައްބަ އަދި ބިސްވެސް ނަގައިފިން، އަދި ކާއެއްޗެހި އަޅާ އެތި ސާފުކޮށް ރީތިފެންވެސް އަޅައިފިން.
ކާފަ: ދަރިފުޅު ވަރަށް ރަނގަޅު. އާދޭ އަވަހަށް ކާފަ ކައިރިއަށް. ދަރިފުޅަށް، ވަރަށް ރީތި ވާހަކައެއް ކިޔައިދޭނަން.
އަސްމާ: ﷲ ކާފައަށް ރަޙުމަތް ލައްވާށި.
ކާފަ: އިބުރާހީމް ޢަލައިހިއް ސަލާމް ﷲ އަށް މިފަދައިން ދުޢާކުރެއްވިއެވެ. رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ قَالَ أَوَلَمْ تُؤْمِن قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي މާނައީ:’ އަޅުގެ ވެރިރަސްކަލާކޯއެވެ! މަރުވެފައިވާ ތަކެތި އިބަރަސްކަލާނގެ، ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކައިފާނދޭވެ! އެކަލާނގެ ވަޙީކުރެއްވިއެވެ. ފަހެ، ކަލޭގެފާނު އީމާންވެ ވަޑައިނުގަންނަވަމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ނޫނެކެވެ! (މިއަޅާވަނީ އީމާންވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތަށް ހަމަޖެހުމާއި ފިނިކަން ލިބުމަށްޓަކައެވެ.”
އަސްމާ: އިބްރާހީމް ޢަލައިހިއްސަލާމް އަށް އެނގިވަޑައިގަންނަވާ ﷲ ގެ ކުޅަދުންވަންތަކަމަކީ ވަކި މިންވަރެއް އޮތްކަމެއް ނޫންކަން!!
ކާފަ: އާން، ހަމަޔަގީނުންވެސް. ﷲ އިރާދަކުރެއްވީ އެކަން ހަމަ ހަޤީޤަތުގަވެސް ހިނގާނެކަން ޢަމަލުން ދައްކައިދޭން. ﷲ އެކަލޭގެފާނަށް ވަޙީކުރައްވަނީ މިފަދައިން قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا މާނައީ: “އެކަލާނގެ ވަޙީކުރެއްވިއެވެ. ފަހެ، ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ! ދެން އެ އެއްޗެހި ކަލޭގެފާނުގެ ބާރުގެދަށަށް ގެންނަވައި، (ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއްކުރެއްވައި ހައްދަވާށެވެ!) ދެން (އެތަކެތި ބައިކުރައްވައި) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ! ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެހިނދު، އެއެއްޗެހި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނާނެތެވެ.”
އަސްމާ: ކާފާ ދެން އިބްރާހީމް ޢަލައިހިއްސަލާމް ކަންތައް ކުރެއްވީ ކިހިނެއްތަ؟
ކާފަ: އެކަލޭގެފާނު އެކިވައްތަރުގެ ހަތަރު ދޫނި ހިއްޕެވި، އަދި އެދޫނިތައް ކަތިލެއްވުމަށްފަހު، ހުރިހާ ބައިތަކެއް އެއްކުރައްވައި، ކޮންމެ ބައެއްވެސް ފަރުބަދައެއްގައި ބޭއްވި.
އަސްމާ: ކާފާ، ދޫނިތަކުގެ ބޯތަކަށް ކިހިނެއް ހެއްދެވީ؟
ކާފަ: އެކަލޭގެފާނުގެ އަތުގައި ދޫނިތަކުގެ ބޯތައް ބެހެއްޓެވި. ދެން، އެކަލޭގެފާނު އެދޫނިތަކަށް އައުމަށް ގޮވާލެއްވި، އެހިނދު އެހުރިހާ އެތިކޮޅުތަކެއް އައި.
އަސްމާ: ސުބްޙާނައް ﷲ! އެންމެހައި އެއްޗިއްސަކާއި ކަމަކަށް އެކަލާނގެ ކުޅަދުންވަންތަވެގެންވޭ!
ކާފަ: އާން ދަރިފުޅާ، އެއްޗެއް މަރުވެ ކުނޑިތަކަކަށް ވުމަށްފަހުވެސް އެއެއްޗެއް އަލުން ދިރުއްވުމަކީ އެކަލާނގެއަށް އެއްވެސް ވަރަކަށް އުނދަގޫ ކަމެއްނޫން. މަދު ހިނދުކޮޅެއްގެ ތެރޭގައި އެކަމެއް ވެ ހިނގައިދޭ.