[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (ނުވަވަނަ ދަރުސް)

ނުވަވަނަ ދަރުސް (އައްތަޙިއްޔާތު ބަޔާންކުރުން)

 

އައްތަޙިއްޔާތު ބަޔާން ކޮށްދިނުން، އެއީ އަންނަނިވި ދުޢާކިޔުމެވެ.

((اَلتَّحِيَّاتُ لِلّٰهِ، وَالصَّلَوَاتُ، وَالطَّـيِّباَتُ، السَّلاَمُ عَلَيْكَ أَيُّهاَ النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلاَمُ عَلَيْناَ وَعَلَىٰ عِباَدِ اللهِ الصَّالِحِيْنَ، أَشْهَدُ أَن لاَّ إِلٰهَ إِلاَّ اللهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ.))

މާނައީ: “އެންމެހާ މަތިވެރިކަމާއި ޞަލަވާތާއި އަދި ހެޔޮރަނގަޅުކަން ލިބިވޮޑިގެންވަނީ ﷲ އަށެވެ. އޭނަބިއްޔާއެވެ! ކަލޭގެފާނަށް ސަލާމާއި، ﷲގެ ރަޙުމަތާއި،  ބަރަކާތްހުއްޓެވެ. އަދި އަޅަމެންނަށާއި ﷲގެ އެންމެހާ ޞާލިޙު އަޅުންނަށް ސަލާމްހުއްޓެވެ. ﷲމެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެއްވެސް އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅުހެކިވަމެވެ.”

އެއަށްފަހު ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔަވާ ބަރަކާތްލެއްވުންއެދި ދުޢާ ކުރުމަށްޓަކާ މިފަދައިން ކިޔުން:

((اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَماَ صَلَّيْتَ عَلَىٰ إِبْرَاهِيْمَ وَعَلَىٰ آلِ إِبْرَاهِيْمَ، إِنَّكَ حَمِيْدٌ مَجِيْدٌ. اللَّهُمَّ باَرِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَماَ باَرَكْتَ عَلَىٰ إِبْرَاهِيْمَ وَعَلَىٰ آلِ إِبْرَاهِيْمَ، إِنَّكَ حَمِيْدٌ مَجِيْدٌ.))

މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަﷲ ޞަލަވާތްލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދު ތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަﷲ ބަރަކާތްލެއްވިފަދައިން މުޙައްމަދުގެފާނާއި، މުޙާއްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.”

ދެން ޖަހަންނަމައިގެ ޢަޛާބާއި، ޤަބުރުގެ ޢަޛާބާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނައާއި އަދި ދައްޖާލުގެ ފިތުނައިން ރައްކާތެރިކުރެއްވުންއެދި ފަހު އައްތަޙިއްޔާތުގައި ދުޢާކުރަންވާނެއެވެ. ދެން އެއަށްފަހު އޭނާ އެދޭ ދުޢާއެއް އިޚްތިޔާރުކުރާނީއެވެ. އިޚްތިޔާރުކުރަންވާނީ، ޚާއްސަގޮތެއްގައި ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން ދުޢާ އެކެވެ. އޭގެތެރޭގައި އަންނަނިވި ދުޢާ ހިމެނެއެވެ.

((اللَّهُمَّ أَعِنِّيْ عَلَىٰ ذِكْرِكَ وَشُكْرِكَ وَحُسْنِ عِباَدَتِكَ. اَللَّهُمَّ إِنِّيْ ظَلَمْتُ نَفْسِيْ ظُلْماً كَثِيْرًا، وَلاَ يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ، فَاغْفِرْ لِيْ مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِيْ، إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ.))

މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲއަށް ޒިކުރުކުރުމާއި، އިބަﷲއަށް ޝުކުރުކުރުމާއި އަދި އިބަﷲއަށް ރިވެތިކޮށް އަޅުކަންކުރުމުގެ މައްޗަށް މިއަޅާއަށް ވާގިވެރިވޮޑިގަންނަވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާވަނީ މިއަޅާގެ އަމިއްލަ ނަފުސަށް ގިނަވެގެންވާ އަނިޔާވެރިވުމަކުން އަނިޔާވެރިވެފައެވެ. އަދި އިބަﷲ ފިޔަވައި ފާފަތައް ފުއްސަވާނެ އެހެންއެއްވެސް ފަރާތެއް ނުވެއެވެ. ފަހެ އިބަﷲގެ ޙަޟްރަތުންވާ ފާފަފުއްސެވުމަކުން މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް އޯގާވެރިވެވޮޑިގަންނަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.”

ފުރަތަމަ އައްތަޙިއްޔާތުގައި ޝަހާދަތުގެ ދެކަލިމަކިޔައި ނިމުމުން، މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި މަޣްރިބް ނަމާދާއި އަދި ޢިޝާ ނަމާދުގެ ތިންވަނަ ރަކުޢަތަށް ތެދުވާނީއެވެ. ޙަދީޘްތަކުގައި އައިސްފައިވާ އާންމު ޢިބާރާތްތަކަށް ބަލާ (ފުރަތަމަ އައްތަޙިއްޔާތުގައި) ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތްކީނަމަ އެގޮތްމޮޅު އިތުރު ވެގެންވެއެވެ. ތިންވަނަ ރަކުޢަތަށް ތެދުވާނީ އެއަށްފަހުއެވެ.

__________________________________

މި ފޮތުގެ އެހެނިހެން ދަރުސްތައް