[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 12

 

عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ : أَنَّ رَسُوْلَ الله صَلَّى الله عَلَيْهِ وَسَلَّمَ قَالَ: (( لَوْ يَعْلَمُ النَّاسُ مَا فِيْ النِّدَاءِ والصَّفِ الأَوَّلِ، ثُمَّ لَمْ يَجِدُوْا إلاَّ أنْ يَسْتَهِمُوْا عَلَيْهِ لاَسْتَهَمُوْا، وَلَوْ يَعْلَمُوْنَ مَا فِيْ التَّهْجِيْرِ لاَسْتَبَقُوْا إِلَيْهِ، وَلَوْ يَعْلَمُوْنَ مَا فِيْ العَتَمَةِ وَالصُّبْحِ لأَتَوْهُمَا وَلَوْ حَبْوًا . (متفق عليه)

ޙަދީޘްގެ މާނަ :

އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ޘަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ދެން އެކަންކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރުގޮތެއްނެތްނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުން ގުރުއަތުވެސްލީހެވެ. އަދި ނަމާދަށް ކުރިން ދިޔުމުގެ ހެޔޮކަން އެނގޭނަމަ އެކަމަށްޓަކާ އެއްބަޔަކު އަނެއްބަޔަކަށް ވާދަކުރީހެވެ. އަދި ޢިޝާނަމާދާއި ފަތިސްނަމާދުގެ ހެޔޮކަން އެނގޭނަމަ ފިރުކިފަނަމަވެސް އެދެނަމާދަށް މީސްތަކުން ދިޔައީހެވެ.”

މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް މުސްލިމާއި އިމާމް އަލްބުޚާރީއެވެ.

މިޙަދީޘުން ލިބޭ ބައެއްފައިދާ :
  • ބަންގިޔާއި ނަމާދުގެ ފުރަތަމަ ސަފާއި އަދި ޢިޝާނަމާދާއި ފަތިސްނަމާދުގެހުރި މުހިއްމުކަން މިޙަދީޘުން ވަރަށް ރަނގަޅަށް ހާމަވެއެވެ.
  • ފުރަތަމަ ސަފުގައި ނަމާދުކުރުމާއި ނަމާދު އެނަމާދެއްގެ ވަގުތުގައި ޖަމާއަތުގައި ކުރުމުގެ މުހިއްމުކަން ދޭހަވެއެވެ.