عَنْ ابْنِ عَبَّاسٍ رَضِيَ الله عَنْهُمَا قَالَ : قَالَ رَسُوْلُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (( أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ : عَلَى الجَبْهَةِ – وأَشَارَ بِيَدِهِ إِلَى أَنْفِهِ – وَاليَدَيْنِ وَالرُّكْبَتَيْنِ وَأَطْرَافِ القَدَمَيْنِ )) (متفق عليه)
ޙަދީޘްގެ މާނަ :
އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް ހަތް ގުނަނެއްގެ މައްޗަށް ސަޖިދަކުރުމަށް އަމުރުކުރެވުނެވެ. އެއީ ނިތްކުރިޔާއި (މިހެން ޙަދީޘްކުރެއްވުމަށްފަހު އެކަލޭގެފާނުގެ ނޭފަތުގެ ކުރިޔަށް އިޝާރާތް ކުރެއްވިއެވެ.)، ދެއަތް ތިލަޔާއި، ދެކަކުލާއި، ދެފައިތިލައިގެ އިނގިލިތަކުގެ ކޮޅުތަކުގެ މައްޗަށެވެ.”
(މިޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީ އާއި މުސްލިމެވެ.)
މިޙަދީޘުން އެނގޭގޮތުގައި މީހަކު ސަޖިދަ ކުރާއިރު ސަޖިދަކުރަންޖެހޭނީ ޙަދީޘްގައި ބަޔާންވެގެންވާ ހަތް ގުނަވަނުގެ މައްޗަށެވެ. އެގޮތުން ނިތްކުރިޔާއި ނޭފަތް ހިމެނެނީ އެއްގުނަވަނެއްގެ ގޮތުގައެވެ. އަދި ސަޖިދަކުރާއިރު ބިމުގައި ޖައްސަންޖެހެނީ ދެ އަތްތިލައެވެ. ދެއަތް އުޅަބޮއްޓާހަމައަށް ޖެއްސުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެކެވެ. ސަބަބަކީ އެގޮތަށް އޮތުމަކީ ޖަނަވާރު ފަދަ ތަކެތި ބަނޑު ޖަހައިގެން އޮންނަ ގޮތެވެ. އަދި ސަޖިދާގައި އޮންނައިރު ދެފައިތިލައިގެ އިނގިލިތަކުގެ ކޮޅުތައް ހުންނާނީ ޤިބުލަޔާވީކޮޅަށެވެ.