[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބަވީ އިރުޝާދުތަކުގެ ތެރެއިން 15

 

عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ : قَالَ رَسُوْلُ الله صَلَّى الله عَلَيْهِ وَسَلَّمَ : ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ)) ( رواه البخاري و أبو داود)

ޙަދީޘްގެ މާނަ :

އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދޮގުވާހަކަ ދެއްކުމާއި ނުބައިކަންކަން ކުރުމުން ދުރުހެލިނުވާމީހުން ދަންނައެވެ. ފަހެ  އެބައިމީހުން ކެއިން ބުއިން ދޫކޮށްލުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ފައިދާއެއް ކުރާނެ ކަމެއްނޫނެވެ.”

މިޙަދީޘް ގެންނަވާފައިވަނީ އިމާމް ބުޚާރީ އާއި އަބޫދާވޫދެވެ.

ޙަދީޘްގައިވާ “الزُّور” ގެ ތެރެއަށް ދޮގުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުން ފަދަ އެންމެހާ ބަހުން ކުރެވޭ ފާފަތައް ވަންނާނެއެވެ. އަދި “وَالْعَمَلَ بِهِ” މީގެ ތެރެއަށް މަކަރުހެދުމާއި، އޮޅުވާލުންފަދަ ފާފައަކަށްވާ ބޮޑެތި ޢަމަލުތައް ވަންނާނެއެވެ.

މިޙަދީޘުންލިބޭ ބައެއްފައިދާ :

* ރޯދަވެރިޔާ އޭނާގެ ރޯދަޔަކީ ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ރޯދަޔަކަށް ހެދުމައްޓަކާ ނުބައިކަންކަން ކުރުމުން ދުރުވާންޖެހޭކަން މިޙަދީޘުން ސާބިތުކޮށްދެއެވެ.

* ރޯދަވެރިޔާ ނުބައިކަންކަން ކުރުންމަތީ ދެމިހުރެއްޖެނަމަ އޭނާޔަށް ބަނޑުހައިހޫނުކަމާއި ކަރުހިއްކުންފިޔަވާ އެހެން އެއްވެސްކަމެއް ނެތްކަން އެނގެއެވެ.

* ރޯދައަށްހުރެ ފާފަތައް ކުރުމަކީ ރޯދައިގެ ދަރުމައާއި ޘަވާބު އުނިވާނެކަމެއްކަން އެނގެއެވެ.