[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިކަމެތި ނުވޭ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ރަޙްމާނުވަންތަ ﷲ ކަނޑައަޅުއްވާފައިވާ ސުންނަތަށްވެފައިވަނީ އެއިލާހަށް ތަބާވާމީހުނަށްވުރެ، އެއިލާހަށް އުރެދޭމީހުން ޢަދަދުގެ ގޮތުން އިތުރުވުމެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿…وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ﴾  (سورة المائدة  ٤٩)

މާނައީ: “އަދި ހަމަކަށަވަރުން، މީސްތަކުންގެ ތެރެއިން ގިނައިން ފާސިޤުންވާކަން ކަށަވަރެވެ.”

﴿وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّـهِ …﴾ (سورة الأنعام ١١٦)

މާނައީ: “އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ.”

﴿… وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ﴾  (سورة سبإ ١٣) 

މާނައީ: “އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުންނީ މަދުބަޔެކެވެ.”

ފާފައިގެ އަހުލުވެރިން ގިނަވެ އެމީހުންނީ ގިނަމީހުންކަމަށް ތިބާއަށް ފެނިއްޖެނަމަ ފަހެ ތިބާ މިދީނުގައި ހިފެހެއްޓުމަށްވާ ހުރަހެއްކަމުގައި އެކަން ނަހަދާށެވެ. އަދި ތިބާ ޙައްޤަށް ބަލާށެވެ. އަދި މީސްތަކުންގެ ޢަދަދަށް ބަލާނަހަދާށެވެ. އިބްރާހީމް عليه السلام ގިނަކަންޏާ ވީހާލުވެސް އެކަލޭގެފާނަކީ އުންމަތެއްކަމުގައި ﷲ ވަނީ ޞިފަކުރައްވާފައެވެ.

﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ﴾  (سورة النحل  ١٢٠)

މާނައީ: “ހަމަކަށަވަރުން އިބްރާހީމްގެފާނީ ﷲއަށް ކިޔަމަންތެރިވެވަޑައިގެން، ޝިރުކުގެ މަގުން އެއްކިބާވެ، ﷲއެއްކައުވަންތަކުރުމުގައި ހުންނެވި އުންމަތެއް ކަމުގައިވިއެވެ. އަދި ޝަރީކުކުރާމީހުންގެ ތެރެއިން އެކަލޭގެފާނު ނުވެއެވެ.”

އަދި އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. “ތިބާ އެކަނިވިނަމަވެސް ތިބާއަކީ އުންމަތެކެވެ.”

(މީސްތަކުން) ޙައްގުމަގުން ގިނައިން އެއްކިބާވުމުން އެކަމުން އެގޮވާލެވެނީ ތިބާ ވަރުގަދައަށް ދީނުގައި ހިފެހެއްޓުމަށެވެ. ތިބާ ދީނުގައި ހިފެހެއްޓުމުގައި ބަލަކަށިވުމަކަށް ނޫނެވެ…

ފުޟައިލް އިބްނު ޢިޔާޟް رحمه الله ވިދާޅުވެފައިވެއެވެ. “ހަލާކުވާމީހުންގެ ގިނަކަމާހެދި ބާޠިލުގެ ކެހީގައި ނުޖެހޭށެވެ. އަދި ޙައްޤުގެ މަގުގައި ހިނގާމީހުން މަދުކަމުން އެކަނިވެރިނުވާށެވެ.”

ފަހެ ދަންނާށެވެ. ތިބާ ޙައްޤުގެ މަގުގައި ހިނގުމުން މީސްތަކުންވެސް ތިބާއާ އެއްފަދައިން ޙައްޤުގައިވުމަށް އެދޭނެއެވެ. އެކަމަކު ހިދާޔަތަކީ އުންމީދުތަކެއްގެ ސަބަބުން ޙާޞިލުވާ އެއްޗެއްނޫނެވެ. ފަހެ ތިބާއަށް ޘާބިތުކަން ދެއްވިކަމަށްޓަކައި ﷲއަށް ޙަމްދުކުރާށެވެ.

__________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް