[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه و سلم ގެ ސުންނަތުގައި ދުޢާ -2-

ޤުރުއާނުންނާއި ސުންނަތުން ވާރިދުވާ ބައެއް ދުޢާތައް:

الْحَمْدُ لِلهِ وَحْدَهُ، وَالصَّلاةُ وَالسَّلاَمُ عَلَى مَنْ لاَ نَبِيَّ بَعْدَهُ.

1-  ] بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ * الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ * الرَّحْمَنِ الرَّحِيمِ * مَالِكِ يَوْمِ الدِّينِ * إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ * اهْدِنَا الصِّرَاط الْمُسْتَقِيمَ * صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّين[([1]).

رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. އެކަލާންގެއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާންގެއެވެ.قيامة ދުވަހުގެ ވެރި ރަސްކަލާންގެއެވެ.އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާންގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާންގެ حضرة ންނެވެ.އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާންދޭވެ. އެއީ އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.

2-  ]رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ[([2]).

އަޅަމެންގެ ވެރިރަސްކަލާނގެއެވެ. އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާންދޭވެ. ހަމަކަށަވަރުން، އިބަރަސްކަލާންގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ.

{ނޯޓް: ކޮންމެ އަޅުކަމެއްގެ ފަހުގައި އެކަމެއް ގަބޫލުކުރެއްވުން އެދި ދުޢާކުރުން އެއީ ރިވެތި ޢަމަލެކެވެ. އަދި ދުޢާއެއް ގަބޫލު ކުރެއްވުމަށް އެދޭނަމަ  اللَّهُمَّ تَقَبَّلْ دُعَائِيْ . އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއެވެ. މި އަޅާގެ ދުޢާ ގަބޫލު ކުރައްވާނދޭވެއެވެ.}

3-  ]وَتُبْ عَلَيْنَآ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ[([3]).

އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާންދޭވެ. ހަމަކަށަވަރުން އިބަރަސްކަލާންގެއީ ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާންގެއެވެ.

4-     ]رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ[([4]).

އަޅަމެންގެ ވެރިރަސްކަލާންގެއެވެ. ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާންދޭވެ.

5-  ]سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ[([5]).

ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާންގެއެވެ. އަޅަމެންގެ ފާފަފުއްސަވައިފާންދޭވެއެވެ. އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާންގެ حضرة އަށެވެ.

6-     ]رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ[([6]).

އަޅަމެންގެ ވެރިރަސްކަލާންގެއެވެ. އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ. އަޅަމެންގެ ވެރިރަސްކަލާންގެއެވެ . އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާންދޭވެ. އަޅަމެންގެ ވެރިރަސްކަލާންގެއެވެ. އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާންދޭވެ. އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ. އަދި، އަޅަމެންނަށް ފާފަފުއްސަވާންދޭވެ. އަދި، އަޅަމެންނަށް رحمة ލައްވާންދޭވެ. އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާންގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާންދޭވެ.

7-  ]رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ[([7]).

އަޅަމެންގެ ވެރިރަސްކަލާންގެއެވެ. އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާންދޭވެ. އަދި އަޅަމެންނަށް އިބަރަސްކަލާންގެ حضرة ން رحمة އެއް ދެއްވާންދޭވެ. ހަމަކަށަވަރުން، އިބަރަސްކަލާންގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާންގެއެވެ.

8-  ]رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ[([8]).

އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާންގެއެވެ. ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ. އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާންދޭވެ.

9-  ]رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ[([9]).

އަޅުގެ ވެރިރަސްކަލާންގެއެވެ. އިބަރަސްކަލާންގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާންދޭވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާންގެއެވެ.

10- ]رَبَّنَا آمَنَّا بِمَا أَنزَلَتْ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ[([10]).

އަޅަމެންގެ ވެރިރަސްކަލާންގެއެވެ. އިބަރަސްކަލާނގެ ބާވައިލެއްވިފޮތަށް އަޅަމެން إيمان ވެއްޖައީމުއެވެ. އަދި، ރަސޫލާއަށް (އެބަހީ: عيسى ގެފާނަށް) އަޅަމެން ތަބާ ވެއްޖައީމުއެވެ. ފަހެ، (އިބަރަސްކަލާންގެ އެއްކައުވަންތަކަމަށާއި، ރަސޫލާއަށާއި، އިބަރަސްކަލާނގެ ރަސޫލާއަކީ ޙައްޤު ރަސޫލާކަމަށް) ހެކިވާ މީހުންނާ އެކުގައި އަޅަމެން ލިޔުއްވާންދޭވެ.

11- ]ربَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وانصُرْنَا عَلَى الْقَوْمِ الْكَافِرِينَ[([11]).

އަޅަމެންގެ ވެރިރަސްކަލާންގެވެ. އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާންދޭވެ. އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާންދޭވެ. އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާންދޭވެ.

12- ]رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ * رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ * رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ * رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادَ[([12]).

އަޅަމެންގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާންގެ ހުސްޠާހިރު ވަންތަކަމާއެވެ. ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާންދޭވެ.

އަޅަމެންގެ ވެރިރަސްކަލާންގެވެ. ހަމަކަށަވަރުން، އިބަރަސްކަލާންގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާންގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.

އަޅަމެންގެ ވެރިރަސްކަލާންގެވެ. إيمان ވުމަށް ގޮވާލައްވާ ރަސޫލަކު ތިޔަބައިމީހުންގެ ވެރިރަސްކަލާންގެޔަށް إيمان ވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން إيمان ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާންގެވެ.  ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާންދޭވެ. އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް عفو ކުރައްވާންދޭވެ. އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާންދޭވެ.

އަޅަމެންގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ ރަސޫލުންގެ ދޫފުޅުމަތީން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާންދޭވެ. އަދި، قيامة ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާންދޭވެ. ހަމަކަށަވަރުން، އިބަރަސްކަލާންގެ وعد އާ خلاف ވެ ވޮޑިއެއް ނުގަންނަވަމުއެވެ.

13- ]رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ[([13]).

އަޅަމެންގެ ވެރިރަސްކަލާންގެވެ. އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާންދޭވެ.

14-     ]رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ[([14]).

އަޅަމެންގެ ވެރިރަސްކަލާންގެވެ. އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

15- ]رَبَّنَا لاَ تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ[([15]).

އަޅަމެންގެ ވެރިރަސްކަލާންގެވެ. އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާންދޭވެ.

16- اللَّهُمَّ [ أَنْتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الْغَافِرِينَ* وَاكْتُبْ لَنَا فِي هَذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ[([16]).

އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާންގެއެވެ. އިބަ ރަސްކަލާންގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާންގެއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވާންދޭވެ. އަދި އަޅަމެންނަށް رحمة ލައްވައިފާންދޭވެ. އިބަރަސްކަލާނގެއީ، ފާފަފުއްސަވާ، އެންމެހެޔޮ ރަސްކަލާންގެއެވެ. އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި آخرة ގައިވެސް ހެޔޮގޮތް ލިޔުއްވައިފާންދޭވެ.

ލިޔުމުގެ 1 ވަނަ ބަޔަށް ވަޑައިގަންނަވާ
ލިޔުމުގެ 3 ވަނަބަޔަށް ވަޑައިގަންނަވާ 

ލިޔުމުގެ 4 ވަނަ ބަޔަށް ވަޑައިގަތުމަށް


([1]) سورة الفاتحة، الآيات 1- 7.

([2])  سورة البقرة، الآية: 127.

([3]) سورة البقرة، الآية: 128.

([4]) سورة البقرة، الآية: 201.

([5]) سورة البقرة، الآية: 285.

([6]) سورة البقرة، الآية: 286.

([7]) سورة آل عمران، الآية: 8.

([8]) سورة آل عمران، الآية: 16.

([9]) سورة آل عمران، الآية: 38.

([10]) سورة آل عمران، الآية: 53.

([11]) سورة آل عمران، الآية: 147.

([12]) سورة آل عمران، الآيات: 191-194.

([13]) سورة المائدة، الآية: 83.

([14]) سورة الأعراف، الآية: 23.

([15]) سورة الأعراف، الآية: 47.

([16])  سورة الأعراف، الآيتان: 155- 156.