[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަޢުދާ ޚިލާފުވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ވަޢުދަށް ވަފާތެރިވުމަކީ މުރޫއަތްތެރިކަމުގެ އަހުލުވެރިންގެ ޞިފައެކެވެ. އަދި އެއާ ޚިލާފުވުމަކީ މީހާގެ ފިރިހެންވަންތަކަމުގެ ފުރިހަމަކަމަށްވެސް އައިބުކިޔޭކަމެކެވެ. އަދި އެއީ އޭނާގެ ރައްބަށް އުރެދޭ އުރެދުމެކެވެ. އަދި އެހެންމީހުން ކުޑާމީސްކުރާކަމުގެ ޢަލާމާތެކެވެ. އެއްވެސް ގޮތެއްފޮތެއް ނެތް ބަޔަކުމެނުވީ އެޞިފައިން ޞިފަލިބިނުގަންނާނެއެވެ.

އެގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. މާނައީ: ((آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ))[متفق عليه] މާނައީ:”މުނާފިޤުންގެ ތިން ޢަލާމާތެއްވެއެވެ: ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެއްޔާ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ހަވާލުކުރެވިއްޖެނަމަ ޚިޔާނާތްތެރިވާނެއެވެ.” އަދި އިމާމު މުސްލިމް ރިވާކުރެއްވި ރިވާޔަތުގައި އިތުރަށް އައިސްފައިވެއެވެ. ((…وَإِنْ صَامَ وَصَلَّى وَزَعَمَ أَنَّهُ مُسْلِمٌ)) މާނައީ:“…ރޯދަހިފާ، ނަމާދުކޮށް އަދި އޭނާއަކީ މުސްލިމެއްކަމުގައި ދަޢުވާކުރިނަމަވެސްއެވެ.”

ވައުދަށް ޚިލާފުވެއްޖެމީހާ ހަމަކަށަވަރުން ﷲއަށް އުރެދިއްޖެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۚ وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا﴾ (سورة الإسراء ٣٤)  މާނައީ: “އަދި ޔަތީމުކުއްޖާ ބޮޑުވެ ތަޞައްރަފު ފުދިއްޖައުމަށް ދާނދެން، ރަނގަޅުގޮތުން މެނުވީ ތިޔަބައިމީހުން އޭނާގެ މުދަލާ ގާތްނުވާށެވެ. އަދި ތިޔަބައިމީހުން ޢަހުދުފުއްދާށެވެ. ހަމަކަށަވަރުން ޢަހުދަކީ (އެއާމެދު) ސުވާލުކުރައްވާނޭ ކަމެއްކަމުގައި ވިއެވެ.” އެގޮތުން ޢަހުދަށް ވަފާތެރިވުމާއި ވަޢުދުފުއްދުން ތިބާގެ މައްޗަށް ވާޖިބުވެގެންވެއެވެ.

ވަޢުދުވާއިރު ވަޢުދަށް ޚިލާފުވުމުގެ ނިޔަތުގައި ‘އިރާދަކުރެއްވިއްޔާ’ އޭ ބުނެ ވަޢުދުވެއްޖެނަމަ އެކަންވެސް ހިމެނިގެންދާނީ ވަޢުދަށް ޚިލާފުވުމުގެ ތެރެއިންނެވެ.

އިބްނު ރަޖަބު رحمه الله ވިދާޅުވިއެވެ: “ވަޢުދުވާއިރު އޭނާގެ ނިޔަތުގައި ވަޢުދުފުއްދުން ނުވާނަމަ މިއީ އެންމެ ނުބައިވެގެންވާ ޚިލާފުވުމެވެ. ‘ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ އެފަދައިން ކުރާނަމޭ’ ބުނާއިރު އޭނާގެ ނިޔަތުގައި އެކަން ނުކުރާން ވާނަމަ އެވާނީ ދޮގަކަށާއި ޚިލާފުވުމަކަށެވެ. އެފަދައިން އަލްއައުޒާޢީ ވިދާޅުވިއެވެ.” [جامع العلوم والحكم 2/ 482]

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް