ކުޑަ ދަރިފުޅުގެ ވިސްނުމާއި ބޮންސާއި ގަސް
ލޮބުވެތި މައިންނާއި ބަފައިންނޭވެ! ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ހަވާލުކުރައްވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. އަދި އެކުދިންގެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ވެސް ބޮޑު ބުރަ ޒިންމާއެކެވެ. މައުޟޫގައި ބުނެފައިވާ ބޮންސާއި ގަހުގެ ވާހަކަ ގެނެސްފައިވަނީ ވަރަށް މުހިއްމު ބޭނުމަކުއެވެ. ބޮންސާއި ގަހަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ބުރަ މަސައްކަތުން ހައްދާ ވަރަށް އަގުބޮޑު ގަސްގަހުގެ ބާވަތްތަކަކަށް ކިޔާ ނަމެކެވެ. ވަރަށް މަސައްކަތް ބުރަ، އެހާމެ ފަރުވާތެރިކަމާއި ކެތްތެރިކަމާއެކު…