![](https://dhisalafiyyah.net/wp-content/uploads/2011/09/sihuru.jpg)
ސިޙުރާއި ކާހިނުކަމާއި އަތްބެލުމުގެ ނުބައިކަން
ސިޙުރަކީ ކުފުރެކެވެ. ބޮޑުވެގެންވާ ހަތް ފާފައިގެ ތެރެއިންވާ ފާފައެކެވެ. ސިޙުރު ހަދާމީހާ އިސްލާމް ދީނުގެ މިއްލަތުނެ ބޭރުވެގެންދެއެވެ. ސިޙުރުވެރިޔަކަށް ސިޙުރުން ކުޑަމިންވަރެއްވެސް ﷲ ތަޢާލާއަށް ޝިރުކު ކުރުމަކާއިނުލާ ނެހެދޭނެއެވެ. ސިޙުރުގައި އަޅާ ފުރަތަމަ ފިޔަވަޅަކީ ކުފުރުގައި އަޅާ ފުރަތަމަ ފިޔަވަޅެވެ.