އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 10
އެކަލޭގެފާނަށް ކުރިމަތިވި އިމްތިޙާނު -1 އިމާމް އަޙްމަދު ގެ ހަޔާތްޕުޅުގައި ހަތަރު ޚަލީފާއިން ދިމާވެފައި ވެއެވެ. އޭގެތެރެއިން ބައެއްމީހުން އެކަލޭގެފާނަށް ހަރުކައި އިިންޒާދީއުޅުނެވެ. އަދި އަނެއްބައިމީހުން އެކަލޭގެފާނު ބަންދުކޮށް ޖަލައްލައި ތަޅައި އަނިޔާކޮށް ހެދިއެވެ. އަދި އަނެއްބައިމީހުން އެކަލޭގެފާނަށް ކަންކަން ދަތިކޮށް، އެކަލޭގެފާނު އެކަހެރިކޮށްލިއެވެ. އަދި އަނެއްބަޔަކު އެކަލޭގެފާނު ވެރިކަމާ ޖާހާއި މުދަލަށް ހެއްލުންތެރިކުރަން އުޅުނެވެ. އިމާމު އަޙްމަދު އަށް އޭރުގެ ވެރިންގެ ފަރާތުން އެތަކެއް ދުއްތުރާތަކެއް ކުރިމަތިވެފައި ވެއެވެ. އެގޮތުން، އެކަލޭގެފާނަށް ދިމާވެފައިވާ ކަންކަންތައްތަކުގެ ކުރު…