އެބައިމީހުންގެ ނުރައްކާ ޙުރުމަތްތެރިވެގެންވާ މަދީނާއަށް…!
މައްކާގެ މުޝްރިކުން ރަސޫލުﷲ صلى الله عليه و سلم އާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ކުރަމުންދިޔަ އަނިޔާތަކާއި ދުއްތުރާތައް ބޮޑުވި ހިނދު ﷲ ތަޢާލާ ވަނީ މަދީނާއަށް ހިޖުރަ ކުރުމުގެ އިޛުނަފުޅު އެބޭކަލުންނަށް ދެއްވައިފައެވެ. މަދީނާއަކީ އިސްލާމީ ފުރަތަމަ ދައުލަތް ބިނާ ކުރެވުނު ރަށްކޮޅެވެ. މުސްލިމުންގެ ހަނގުރާމައިގެ އެތައް ލަޝްކަރެއް އެރަށްކޮޅުން ތައްޔާރު ކޮށްފައިވެއެވެ. އެކަލޭގެފާނުގެ ޙަޔާތުގެ ފަހުކޮޅު ހޭދަ ކުރެއްވީވެސް މަދީނަތުން މުނައްވަރާގައެވެ. އެކަލޭގެފާނު އަވަހާރަވެ ފަސްދާނުލެވިފައިވަނީ ވެސް ހުދު އެރައްކޮޅުގައެވެ. އެކަލޭގަފާނަށްޓަކައި މަދީނާގެ ބިން…