ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-3
އެތުގެ އަހުލުވެރިން ގެފުޅު ތަޅާލަން އައި ހާދިސާ ޔަމަނުގެ ރަސްގެފާނު އައްނަޖާޝީގެ ނައިބެއްގެ ގޮތުގައި އެދުވަސްވަރު ހުރީ އަބްރަހާ ބިން އައްޞައްބާޙް އޭ ކިޔުނު މީހެކެވެ. އަދި ކަޢުބާއަކީީ ޢަރަބިންގެ ގާތުގައި މާތް އަދި މުޤައްދަސް ތަނެއްކަށްވެފައި، ޢަރަބިން ކަޢުބާއަށް ޙައްޖުވެ އުޅޭކަން އަބްރަހާ އަށް އެނގުނެވެ. މިއީ އަބްރަހާ އަށް ބަލައިގަނެވޭވަރު ކަމަކަށްނުވިއެވެ. އަދި މިކަމާ އަބްރަހާ ވަރަށް ނުރުހުންތެރިވެ ރުޅިއައެވެ. މި ސަބަބަށްޓަކައި، ޔަމަނުގެ ޞަންޢާއު އޭކިޔުނު ރަށުގައިި ބޮޑު ކަނީސާއެއް ނުވަތަ ފައްޅިއެއް ބިނާކޮށް،…