ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް) -2
ޒަމްޒަމް ފެންވަޅު ކޮނުން ޙައްޖުވެރިންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުން ހާޝިމް ބިން ޢަބްދުމަނާފާއި ހަވާލުކުރެވުނެވެ. ދެން އެކަލޭގެފާނަށް ފަހުގައި އެކަމާއި ހަވާލުވެ ވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޚެއްކަމުގައިވާ މުއްޠަލިބު ބިން ޢަބްދުމަނާފެވެ. މުއްޠަލިބަށްފަހުގައި ދެން އެކަމާއި ހަވާލުވެވަޑައިގެންނެވީ ހާޝިމް ބިން ޢަބްދުމަނާފްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބެވެ. ދެންފަހެ، ޢަބްދުލްމުއްޠަލިބު އެމަޤާމާއި ހަވާލުވުމަށްފަހުގައި، އެކަލޭގެފާނުގެ ކާބަފައިން ޤައުމުގެ ކަންކަމާއިގެން އުޅުއްވި ފަދައިން، އެކަލޭގެފާނުވެސް ޤައުމުގެ މަޞްލަހަތުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި، މީގެކުރިން…