[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (33)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އަށާރަވަނަ ނަސޭހަތް: ނިދުމާއި ކެއުމުގެ ވަޤުތުތައް ވަކި ނިޡާމެއްގެ ދަށުން ހަމަޖައްސާ އެކަމަށް ބާރުއެޅުން

 

ބައެއް ގެތަކުގެ ޙާލު ހޮޓާތަކެއް ފަދައެވެ. އެހެނީ އެތާ އުޅޭމީހުން އެކަކު އަނެކަކު ނުދަނެއެވެ. އަދި ވަރަށް މަދުން ނޫނީ ބައްދަލު ނުވެއެވެ.

ބައެއްކުދިން ކަނީ އަދި ނިދަނީ އެކުދިން ބޭނުން އިރަކުއެވެ. އޭގެ ސަބަބުން އެކުދިން ރޭގަނޑު ހޭލާ ތިބެއެވެ. އަދި ވަޤުތު ބޭކާރުކުރެއެވެ. އަދި މަތި މައްޗަށް ކައެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ޢާއިލާ ތެރޭގައި އޮންނަ ގުޅުން ހީނަރުވެގެންދެއެވެ. އަދި ވަޤުތާއި ހަކަތަ ބޭކާރުވެގެންދެއެވެ. އަދި ގަޑިން ގަޑިއަށް ކަންތައްތައްކުރުމުގެ ރިވެތި އަޚްލާޤު އެބައިމީހުންގެ ކިބައިން ނެތިގެންދެއެވެ.

ޢުޛުރު އޮތް މީހުންނަށް ޢުޛުރު ދެވިދާނެއެވެ. ފަހެ، ކިޔަވާކުދިންގެ ތެރެއިން އަންހެން ކުދިންނާއި ފިރިހެން ކުދިން މަދްރަސާއަށް ނުވަތަ ޖާމިޢާއަށް ދާންޖެހޭ ގަޑިތައް ތަފާތުވެއެވެ. މުވައްޡަފުންނާއި މަސައްކަތުމީހުންނާ އަދި ފިހާރަތައް ހިންގާ މީހުންވެސް މިފަދައިން ވެއެވެ. ނަމަވެސް މިއީ ހުރިހާ އެންމެންގެ ޙާލެއް ނޫނެވެ.

ކެއުމުގައި މުޅި ޢާއިލާ އެއްތަންވުމަށްވުރެ ހިތްހަމަޖެހުން ލިބޭ ކަމެއް ނުވެއެވެ. މިފަދަ ފުރުޞަތުތަކުގައި އެކަކު އަނެކެއްގެ ޙާލުއަޙުވާލު އޮޅުންފިލުވާ މުހިންމު މައުޟޫޢުތަކުގައި ވާހަކަ ދެއްކޭނެއެވެ.

ހުރިހާ އެންމެން ގެއަށް އެނބުރި އަންނާނެ ގަޑިއެއް ކަނޑައެޅުމުގައި ގޭގެ އިސްމީހާ ފަރުވާތެރިވާން ޖެހޭނެއެވެ. އަދި ނުކުތުމުގައި ހުއްދަ ހޯދުމުގައިވެސްމެއެވެ. ޚާއްޞަކޮށް ކުޑަކުދިންގެ ތެރެއިން ވިސްނުމާއި ބުއްދީގެ ގޮތުން ކުޑަކުދިންނެވެ. އެއީ އެކުދިންނާމެދު ބިރުވެތިވާންޖެހޭވަރުގެ ކުދިންނެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް