[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެންނަށް ކިޔަވައިދޭށެވެ…!

އުމުރުން އެންމެ 8 އަހަރުގެ ކުޑަކުއްޖެކެވެ.އިލްމު އުނގެނުމަށްޓަކައި މިކުއްޖާ އަމިއްލަ ވަޒަން ދޫކޮށް މަދީނާއަށް ދިއުމަށްޓަކައި ދަތުރުފެށިއެވެ. މި ކުއްޖާއަށް މަދީނާއަށް އާދެވުމުން އަވަސްވެގަތީ އިމާމް މާލިކުގެފާނުގެ އަރިހަށް ދިއުމަށެވެ. އިމާމް މާލިކު އެކަލޭނގެފާނުގެ ދަރިވަރުންނާއެކު އިންނެވިތަން މި ކުއްޖާއަށް ފެނުނެވެ. އެހިނދު އެ ކުއްޖާ އަވަސް އަވަހަށް އިމާމުގެ ދަރިވަރުންގެ ގާތު އިށީނެވެ. އިމާމް މާލިކުގެފާނުގެ އަރިހުގައިތިބި ކުދިން އެކަލޭގެފާނަށް ތަފާތު ސުވާލުތަށް ކުރިމަތިކުރައްވަމުން ގެންދެވިއެވެ. އަދި އެކަލޭނގެފާނުވެސް އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވިއެވެ.

ކުޑަކުއްޖާއަށް ސުވާލުކުރުމުގެ ފުރުސަތު ލިބުނު ހިނދު ބުނެލިއެވެ.” އަހަރެންނަށް ކިޔަވައިދޭށެވެ”. ޖަވާބުގައި އިމާމު މާލިކުގެފާނު ވިދާޅުވިއެވެ. “ތިބާ އަހަރެންނަށް ކިޔަވައިދޭށެވެ”. އެ ހިނދު އެ ކުއްޖާ ބުނެލިއެވެއެވެ. “ނޫނެކެވެ. ތިބާ އަހަރެންނަށް ކިޔަވައިދޭށެވެ”. ނަމަވެސް އިމާމު މާލިކު ގެފާނުގެ ޖަވާބަކަށްވީ ފުރަތަމަފަހަރުގެވެސް ޖަވާބެވެ. އެ ކުއްޖާ ތަކުރާރުކޮށް އެދެމުން ދިޔައީ އޭނާއަށް ކިޔަވައިދިނުމަށެވެ. ތަކުރާރުކޮށް މިކުއްޖާގެ ފަރާތުން އެއްޖަވާބެއް ލިބެންފެށުމުން އިމާމް މާލިކުގެފާނު ރުޅިދުރުވިއެވެ. އަދި އިމާމުގެ ދަރިވަރުންނަށް މި ކުއްޖާއަށް އަދަބުދިނުމަށް އެންގިއެވެ. އަދަބެއްގެގޮތުގައި ހުށައެޅީ ފަނަރަ ފަހަރު އެ ކުއްޖާގެ ގައިގައި ޖެހުމަށެވެ.

އިސާހިތަކު އިމާމު އެންގެވިގޮތަށް އެ ކުއްޖާއަށް އަދަބުދެވިއްޖެއެވެ. އެ ހިނދު އެ ކުއްޖާ އިމާމު މާލިކުގެފާނާ މުޚާތަބުކޮށް ބުންޏެވެ. ” އޭ އިމާމު މާލިކުގެފާނެވެ. އަހަރެންނާމެދު ތިޔަ ކަންތައްކުރީ ރަނގަޅަކަށް ނޫނެވެ”. އަހަރެން މިތަނަށް މި އައީ ކަލޭގެފާނުގެ އަރިހުން ޢިލްމު އުގެނުމުގެ މާތް މަޤްސަދުގައެވެ. ނަމަވެސް އަހަރެންގެ އެއްވެސް ކުށަކާއި ނުލާ ތިބާ އަހަރެންނަށް އަދަބު ދީފީމުއެވެ. ތިޔައީ ކޮންފަދަ އަނިޔާއެއްހެއްޔެވެ؟ އަހަރެން ތިބާއަކަށް މަޢާފެއްނުކުރާނަމެވެ.” އެހިނދު އިމާމް މާލިކުގެފާނު އެކުއްޖާގެ ގާތުގައިއެހިއެވެ. “މިކަމުގެ ބަދަލެއްގެގޮތުން އަހަރެން ކޮށްދޭންވީ ކޮންކަމެއްހެއްޔެވެ؟” ކުއްޖާ ޖަވާބުގައި ބުނެލިއެވެ. “ފަނަރަ ޙަދީޘް އަހަރެންނަށް ކިޔައިދޭށެވެ”. އެ ހިނދު އިމާމް މާލިކުގެފާނު އެކުއްޖަ އަށް ޙަދީޘް ކިޔައިދޭން ފެއްޓެވިއެވެ. އެކުއްޖާ އެދުނުގޮތަށް، ފަނަރަ ޙަދީޘް ހަމަވަންދެން ކިޔައިދެއްވިއެވެ. އެ ހިނދު އެ ކުއްޖާ އިމާމުގެ އަރިހުން އެދުނީ އިތުރަށް އޭނާގެ ގައިގައި ތެޅުމަށެވެ. އަދި އެ އަދަދަށް އޭނާއަށް ޙަދީޘް އުގަންނައިދިނުމަށެވެ. މި ކުއްޖާގެ ވާހަކަ އަޑުއިވުމުން އިމާމް މާލިކުގެފާނު ހިނިފުޅުވެޑުވިއެވެ.

 

މަސްދަރު: މަޢުރިފަތު އަލްޤުރުއާން އަލްކިބާރު (އަލްއިމާމް އައްޛަހަބީ)