[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (7)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އީމާންތެރިކަމުގެ މައްޗަށް ބިނާކުރެވިފައިވާ މާހައުލެއް ގޭތެރޭގައި ޤާއިމުކުރުން

 

3 ވަނަ ނަސޭހަތް: ގެއަކީ ﷲގެ ޛިކުރު ކުރެވޭ ތަނެއްކަމުގައި ހެދުން

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَثَلُ الْبَيْتِ الَّذِى يُذْكَرُ اللهُ فِيهِ وَالْبَيْتِ الَّذِى لاَ يُذْكَرُ اللهُ فِيهِ مَثَلُ الْحَىِّ وَالْمَيِّتِ)) [متفق عليه]

މާނައީ: “އެގެއެއްގައި ﷲގެ ޛިކުރު ކުރެވޭ ގެއަކާއި އެގެއެއްގައި ﷲގެ ޛިކުރު ނުކުރެވޭ ގެއެއްގެ މިޘާލަކީ ދިރިހުރި އެއްޗަކާ މަރުވެފައިވާ އެއްޗެއްގެ މިޘާލެވެ.”

ގެއަކީ ހުރިހާ ބާވަތެއްގެ ޛިކުރު ކުރެވޭ ތަނެއްކަމުގައި ހަދަންޖެހެއެވެ. އެއީ ހިތުން އަދި ދުލުން ޛިކުރުކުރުން ކަމުގައިވިޔަސްމެއެވެ. ނުވަތަ ނަމާދު އަދާކުރުމާއި ޤުރްއާން ކިޔެވުން ކަމުގައިވިޔަސްމެއެވެ. ނުވަތަ ޝަރުޢީ ޢިލްމު މުޠާލިޢާކުރުމާއި އިސްލާމީ ފޮތްތައް ކިޔުން ކަމުގައިވިޔަސްމެއެވެ.

ޙަދީޘްގައި ބަޔާންވެފައިވާ ފަދައިން، ގެތަކުގައި ﷲ ތަޢާލާ ޛިކުރު ނުކުރުމުން މުސްލިމުންގެ ކިތައް ގެ މަރުވެފައިވޭ ހެއްޔެވެ. އަދި ކިއެއް ހެއްޔެވެ. ޝައިޠާނީ މިޔުޒިކާއި ލަވަތައް އެތަންތަނުގައި ޛިކުރުކުރެވި، ޣީބަބުނެ، ބުހުތާނު ދޮގުހަދާ އަދި ދެބައޮޑުވާއިރު އެތަންތަނުގެ ޙާލަކީ ކޮބާ ހެއްޔެވެ؟!…

މަޙްރަމުނޫން ގާތްތިމާގެ މީހުން ނުވަތަ ގެއަށް ވަދެ ނިކުމެއުޅޭ އަވަށްޓެރިންގެ ކުރިމަތީގައި ޒީނަތްތެރިކަން ފާޅުކުރުންފަދަ ފާފަތަކާއި، ޙަރާމް އެއްވުންތަކާ އަދި އެނޫންވެސް މުންކަރާތްތަކުން ފުރިފައިވާއިރު އެތަންތަނުގެ ޙާލަކީ ކޮބާ ހެއްޔެވެ؟!

މިފަދަ ޙާލެއްގައިވާ ގެއަކަށް މަލާއިކަތުން ވެދެވަޑައިގަންނަވާނީ ކިހިނަކުން ހެއްޔެވެ؟ ފަހެ، ޛިކުރު ކުރުމުން ތިޔަބައިމީހުންގެ ގެތައް ދިރުވާށެވެ. ﷲ ތިޔަބައިމީހުންނަށް ރަޙްމަތް ލައްވާށިއެވެ!

_____________________________

=ނުނިމޭ=

 

އެހެންބައިތައް ބެއްލެވުމަށް