[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ދޫކޮށްލުން – 8 (ފަހު ބައި)

ފަސްވަނަ ޙުކުމް

ޙައިޟުވެރިވެފައިވާ އަންހެނުންނަށް ކުރުން ޙަރާމްވެފައިވާ ކަންތައްތައް

ނަމާދުކުރުމާއި، ރޯދަހިފުމާއި، ޠަވާފުކުރުމާއި، މިސްކިތަށް ވަނުމާއި މުޞްޙަފުގައި ބީހުން ޙަރާމްވެގެންވާ ކަމާމެދު ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. والله أعلم .

 

މިއާޔަތްތަކުން ލިބިގެންދިޔަ އިރުޝާދުތައް

  1. އަންހެނާ، ޙައިޟުގެ ލޭ ކެނޑި ޠާހިރުވެއްޖައުމަށް ދާނދެން އެކަބަލުންނާ ދުރުވެގަތުން ވާޖިބުކަން
  2. ޙައިޟުގެ ލޭ ކެނޑި ހިނައި ޠާހިރުވެއްޖެނަމަ ޖިމާޢުވުން ހުއްދަކަން
  3. އަންހެނާގެ ފުރަގަސްފަރާތަށް ވަޠިޔަކުރުން ޙަރާމްވެގެންވުން
  4. ޙައިޟުގެ ދުވަސްވަރުގަޔާއި ފުރަގަސްފަރާތަށް ވަޠިޔުނުވެ، އެނޫން ކޮންމެ ގޮތަކަށްވެސް އެކަނބަލުންނާ ގުޅުންހިންގިދާނެކަން
  5. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ އެކަލާނގެ ނަހީތަކަށް އަރައިގަންނަ މީހުންނަށް އިންޛާރުދެއްވާފައިވާކަން

 

=ނިމުނީ =

މިލިޔުމުގެ އެހެނިހެން ބައިތައް