[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 38 –

ޢަދާވާތްތެރިން ސުންނަތާ ދެކޮޅަށްކުރި މަސައްކަތްތައް ބޮޑަށް އަމާޒުވެފައިވަނީ އަންނަނިވި ކަންކަމަށެވެ.

1- ހަމައެކަނި ބުއްދީގެ ޛަރީޢާއިން ވިސްނާފައި ސުންނަތް އިންކާރުކުރުން.

2- ހަވާނަފްސަށް ބަރޯސާވެ ޙަދީޘް ރިވާކުރައްވާ ބޭކަލުންނަށް ފާޑުކިޔުން.

3- ހަދަހަދައިގެން ވާހަކަތަކެއް ދައްކާފައި އެއީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްއެއްކަމަށް ބުނުން.

މިފަދަ ޙަދީޘްތަކަކީ ސުންނަތާ ތަޢާރުޟުވާ ޙަދީޘްތަކެކެވެ. ނުވަތަ ހަމަ ބުއްދިއާއި އެންމެންވެސް ރަނގަޅަށް ދަންނަ ކަންކަމާ ތަޢާރުޟުވާ ޙަދީޘްތަކެކެވެ. އޭގެ ބޭނުމަކީ ސުންނަތަށާއި އެރިވާކުރެއްވި ބޭކަލުންނަށް މީސްތަކުންގެ މަލާމާތް ރައްދުކުރުމެވެ. އެބޭކަލުންވަނީ އެފަދަ ކަންކަމުން ބަރީއަވެގެންނެވެ.

 

ހަމައެކަނި ބުއްދީގެ ޛަރީޢާއިން ވިސްނާފައި ސުންނަތް އިންކާރުކުރުން އެތައް ބަޔަކަށް ބެހިގެންވެއެވެ.

1- އެއްވެސް ވަރަކަށް ސުންނަތް ޤަބޫލުނުކުރުން.

2- އާޙާދު ޙަދީޘް ޤަބޫލުނުކުރުން.

3- އާޙާދު ޙަދީޘް ރައްދުކުރުމުގެ ތެރޭގައި ހިމެނޭ އިތުރުކަމެއް. އެއީ (ޤުރުއާނުގެ) ނައްޞެއްގައި ނުވާކަމެއް އާޙާދު ޙަދީޘެއްގައި ވާރިދުވުމުން އެކަން ޤަބޫލު ނުކުރުމެވެ.

 

ދެން އަންނަ ބައިގައި މިނުޤުތާތަކާމެދު ކުރުގޮތަކަށް އަލިއަޅުވާލާނަމެވެ.

 

= ނުނިމޭ =

______________________

 

އެހެނިހެން ބައިތައް