[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (19)

މިތަނުގައި މަޤްޞަދަކީ، ޖިންނީން އިންސާނަކަށް ހަމަލާދިނުމުން ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އެކަމާމެދު ބަޔާންކޮށްދެއްވާފައިވާ ޙުކުމް އެސޮރުމެންނަށް އަންގައިދޭންޖެހޭނެއެވެ. އަދި އެޙުއްޖަތް ޤާއިމުކުރަން ޖެހޭނެއެވެ. އަދި އިންސާނުންނެކޭ އެއްފަދައިން އެސޮރުމެންނަށްވެސް ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރަންޖެހޭނެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿…وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا﴾ [سورة الإسراء ١٥]

މާނައީ: “… އަދި ތިމަންއިލާހު ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ޢަޛާބުދެއްވުމަކަށް ތިމަންއިލާހު ކަނޑައެއް ނާޅުއްވަމެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿يَا مَعْشَرَ الْجِنِّ وَالْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا…﴾ [سورة الأنعام ١٣٠]

މާނައީ: “އޭ ޖިންނީންނާއި އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންއިލާހުގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވައި، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނެކަމުގެ އިންޛާރުކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާހެއްޔެވެ؟…”

އެހެންކަމުން ގޭތެރެއިން ފެންނަ ހަރުފަތައް ތިންފަހަރު އިންޛާރު ދިނުމަށްފަހު މެނުވީ މެރުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަހީ ކުރައްވާފައެވެ. އެއީ ޞަޙީޙު މުސްލިމްއާއި އެނޫންވެސް ފޮތްތަކުގައި އަބޫ ސަޢީދު އަލްޚުދްރީގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްގައިވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

إ((ِنَّ بِالْمَدِينَةِ نَفَرًا مِنَ الْجِنِّ قَدْ أَسْلَمُوا، فَمَنْ رَأَى شَيْئًا مِنْ هَذِهِ الْعَوَامِرِ فَلْيُؤْذِنْهُ ثَلَاثًا، فَإِنْ بَدَا لَهُ بَعْدُ فَلْيَقْتُلْهُ، فَإِنَّهُ شَيْطَانٌ)) [مسلم في السلام ٢٢٣٦/١٤١]

މާނައީ: “ހަމަކަށަވަރުން މަދީނާގައި އިސްލާމްވެފައިވާ ޖިންނީންތަކެއް އުޅެއެވެ. ފަހެ، މީހަކަށް ގޭތެރެއިން ހަރުފަފަދަ އެއްޗެއް ފެނުމުން އެއަށް ތިންފަހަރު އިންޛާރު ދޭށެވެ. އެއަށްފަހުވެސް އެއެއްޗެއް ފެންނަނަމަ، ފަހެ، އެ މަރާލާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޝައިޠާނެކެވެ.”

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް