[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 44 –

ދެވަނައީ: އާޙާދު ޙަދީޘް ޤަބޫލުނުކުރުން

ފުރަތަމަ ތިން ޤަރުނުގައި އުޅުއްވި ސަލަފުންގެ ބޭކަލުންގެ މެދުގައި އާޙާދު ޙަދީޘާއި މުތަވާތިރު ޙަދީޘްއަށް ޢަމަލުކުރުން ވާޖިބުކަމާމެދު އެއްވެސް ޚިލާފެއް ނެތެވެ. އަދި އެބޭކަލުން ދީނީ ކަންކަން އުޞޫލުތަކާއި ފުރޫޢުތަކަށް ނުބައްސަވައެވެ. މި ހުރިހާ ބައިތަކަކީ އަލަށް އުފައްދާފައިވާ ބިދުޢަތަކެކެވެ. [1]  އަދި ކިއެއް ހެއްޔެވެ. ސަލަފުންގެ ފުރަތަމަ ޤަރުނުތަކުގައި ބިދުޢަވެރިންގެ ބޮޑުން ފާޅުވެ މުޅި ސުންނަތަށް އިންކާރުކުރަން ފެށުމުން ނުވަތަ ސުންނަތުން ބަޔަކަށް އިންކާރު ކުރަން ފެށުމުން އެބޭކަލުން އެކުއެކީ ވަނީ އެފަދަ މީހުންނާ ކުރިމަތިލައްވާފައެވެ. އަދި އެބައިމީހުންގެ ނުބައިކަމުން ރައްކާތެރިވުމަށް އިންޛާރުދެއްވާފައެވެ. މީގެ ކުރިން ބަޔާންކުރެވުނު ފަދައިން، އައްޔޫބު އައްސިޚްތިޔާނީ ވިދާޅުވިއެވެ. “މީހަކަށް ސުންނަތް ކިޔައިދެވުމުން، އެ ދޫކޮށްލާށޭ ބުނެ އަދި ޤުރުއާނުގައިވާ އެއްޗެއް ކިޔައިދޭށޭ ބުނެފިނަމަ ފަހެ، ދަންނައެވެ. އެއީ މަގުފުރެދިފައިވާ މަގުފުރައްދާ މީހެކެވެ.”

އިމާމުއް ޝާފިޢީ رحمه الله ވަނީ މިފަދަ ބިދުޢަވެރިންނަށް ރައްދުދެއްވުމުގެ ގޮތުން އެކަލޭގެފާނުގެ ދެފޮތެއްގައި ދެ ފަޞްލެއް ލިޔުއްވާފައެވެ. އެގޮތުން ފުރަތަމަ ފަޞްލުގައި ބަޔާންކުރައްވާފައިވަނީ މުޅި ސުންނަތް ރައްދުކުރާ މީހުންނަށް ހުރި ރައްދުތަކެވެ. އެއީ އެކަލޭގެފާނުގެ “الأم” އޭ ކިޔުނު ފޮތުގެ “جماع العلم” އޭ ކިޔުނު ކިތާބުގައެވެ. އަދި ދެވަނަ ފަޞްލުގައިވަނީ ޙަދީޘްގެ ތެރެއިން ވަކި ވައްތަރެއްކަމުގައިވާ އާޙާދު ޙަދީޘް އިންކާރުކުރާމީހުންނަށް ހުރި ރައްދެވެ. އެއީ އެކަލޭގެފާނުގެ “الرسالة” އޭ ކިޔުނު ފޮތުގައެވެ.

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  انظر: مختصر الصواعق المرسلة ۲ / ٤۱۳.