[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ދަރަންޏެއް އޮތް މީހަކަށް ޙައްޖުކުރެވިދާނެ ހެއްޔެވެ؟

ޙައްޖު އަދާކުރުމަށްވުރެ ދަރަނި އަދާކުރުމުގެ މުހިންމުކަން ބޮޑެވެ. ޙައްޖުކުރުމަށް ހޭދަކޮށްލާ ރިޔާލަކޮޅުވެސް ދަރަނިއަދާކުރުމަށް ހޭދަކުރުން މާ ހެޔޮކަންބޮޑެވެ.

ނަމަވެސް މީހަކަށް ހިލޭ ޙައްޖު ދަތުރެއް ލިބިއްޖެނަމަ އޭނާއަށް ޙައްޖުކުރެވިދާނެއެވެ. އެއީ މިޘަލަކަށް ގްރޫޕެއްގެ އެހީތެރިއެއްގެ ގޮތުގައި ނުވަތަ އޭނާގެ އެކުވެރިއެއް އޭނާއަށް ހިލޭ ޙައްޖުދަތުރެއް ދިނުމެވެ. އެފަދަ ޙާލަތެއްގައި ދަރަނިއޮތް މީހަކު ޙައްޖުކުރުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެފަދައިން ޙައްޖުވުމުގެ ސަބަބަން އޭނާގެ ދަރަނި އަދާކުރުމަށް ބުރޫ ނާރާނެއެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

_____________________

ބައްލަވާ: މަޞްދަރު