[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 16

 

އަދި އެހެން ކަމެކެވެ. އަޅުގަނޑުމެން މަދީނާގައި ކިޔަވަން އުޅުނު ދުވަސްވަރު އެތަނަށް ދާ ދިވެހި ޙައްޖާޖީންގެ ކިބައިން ހިންގާ ކަމެއްގެ ވާހަކައެވެ. ކަމުގެ ޙަޤީޤަތް ސާފުކޮށްލުމުން އަންތަރީސް ވާވަރުގެ ކަމެކެވެ. ދިވެހިންގެ ބައެއް މީހުން ޙައްޖުގެ އަޅުކަމަށް ދިއުމާ ހިސާބުން އެމީހުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާ ރޭކުރުން މުޅި އުމުރަށްވެސް ހުއްޓާލަނީއެވެ. އަދި އަނބުރާ ރަށަށް ގޮސް، ނިދާތަންމަތި ނުވަތަ އެނދު ވެސް ވަކިކުރަނީއެވެ. އޭގެ ފަހުން ދެމަފިރިން އެއްވެސް ޙާލެއްގައި ރޭ ކުރުމަކީ ވަރަށް ނުބައިކަމެއް ގޮތުގައި މިމީހުންގެ ދެކެއެވެ. އެއީ އެއްވެސް ގޮތަކުން ކޮށްގެންނުވާ ވަރުގެ ހަޑިމުޑުދާރު ކަމެއް ކަމުގައި އެމީހުން ޤަބޫލުކުރެއެވެ. سبحان الله އެވެ. ކޮންފަދަ ކުރައްކާތެރި އަދި ސުންޕާކަން ބޮޑު ކަމެއްތޯއެވެ. މިކަން އާއްމުކޮށް ހިނގަނީ މުސްކުޅިންގެ މެދުގައި ކަމަށް ވިޔަސް، ދެބައި އުމުރު ނުވަތަ އެއަށްވުރެވެސް ޅަ އުމުރު މީހުންގެ މެދުގައި މިކަން ކޮންމެވެސް ސިފައެއްގައި ހިނގާ ކަމުގައިވެއެވެ.

އަދި އޭގެ އިތުރުން ބައެއް މީހުން އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާގެ އައުރައަށް ބެލުމާއި އަތްލުމަކީ ޙަރާމް ކަމެއް ކަމަށް ނުވަތަ ނުބައިވެގެންވާ ކަމެއް ކަމުގައި ޤަބޫލުކުރެއެވެ. އަދި އެއްދާން ކުރާއިރު އަންނައުނާއި ފޭރާމާ އެކީގައި ޖިމާޢުވުމަކީވެސް ބައެއް ދިވެހިންގެ ތެރޭގައި ، ޚާޞަކޮށް އިހުގެ މުސްކުޅިންގެ ވަރަށް އާއްމު އާދައެކެވެ.

އެފަދައިން ކަންކަން އެހިނގަނީ ދީނީ ގޮތުން ކަން އޮންނަ ގޮތުގެ ޙަޤީޤަތް އެއްވެސް ވަރަކަށް އޮޅުން ފިލާފައި ނުވާތީއެވެ. އަދި ދެމަފިރިންގެ ދެމެދުގައި ހިންގޭ ގުޅުމަކީ ކިހާ މާތް އަދި އަޖުރާއި ޘަވާބު ލިބޭ ކަމެއްކަން އެއްވެސް ވަރަަށް ބުނެދެވިފައި ނުވާތީއެވެ. އެމީހުން އިޢުތިޤާދު ކުރާގޮތުގައި އެއީ ވަރަށްވެސް ނަޖިސް ނުވަތަ ދަށުދަރަޖައިގެ ކަމެކެވެ. އެހެނަސް، އެކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙަލާލު، ހުއްދަ، އަދި ރިވެތިވެގެންވާ، އަދި ދަރުމަ ހުރި ކަމެކެވެ.

 

 

ނުނިމޭ…

 

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 15