ޖަވާބު: އަހަރެންގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްކަމުގެ މާނައަކީ އެއްކައުވަންތަﷲ އަށް ބޯލަނބައި ކިޔަމަން ގަތުމާއި އެއިލާހުގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަމަލުތައް ބެހެއްޓުމެވެ. އަދި ޝިރުކާއި، އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަ ވުމެވެ. މިކަމުގެ ދަލީލަކީ މާތް ﷲ ގެ މިއާޔަތެވެ. “إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ” آل عمران: ١٩ މާނައީ: “ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި، ދީނަކީ އިސްލާމްއެވެ. (އިސްލާމްދީނެވެ.)”. އަދި އެހެން ދަލީލެއްގައިވެއެވެ. “وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ” آل عمران: ٨٥ މާނައީ: “އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާނީ ގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.” އަދިވެސް އެހެން ދަލީލެއްގައިވެއެވެ “الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا” المائدة: ٣ މާނައީ: “އަދި މިއަދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ނިޢުމަތް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން އެއީ ތިޔަބައިމީހުންގެ ދީންކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.”
6- މިދީން ބިނާވެފައިވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް؟
ޖަވާބު: މިދީން ބިނާވެފައިވަނީ ފަސްރުކުނުގެ މައްޗަށެވެ. ފުރަތަމައީ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އިލާހެއް ﷲ ނޫނީ ނުވާކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމެވެ. ދެންހުރި ރުކުންތަކަކީ ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ރަމަޟާންމަހުގެ ރޯދަހިފުމާއި ކުޅަދާނަކަން ލިބިގެންވާ ގެފުޅަށްގޮސް ޙައްޖުވުމެވެ.
ތިބާގެ ރައްބު – ދަލާއިލުއް ދައުޙީދި 1
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =