64- ((اللَّهُمَّ أكْثِرْ مَالِي، وَوَلَدِي، وَبَارِكْ لِي فِيمَا أعْطَيْتَنِي))([1])، (([وَأطِلْ حَيَاتِي عَلَى طَاعَتِكَ، وَأحْسِنْ عَمَلِي،] وَاغْفِرْ لِي))([2]).
އޭ الله! މިއަޅާގެ މުދަލާއި ދަރިން ގިނަަކޮށްދެއްވާ، އަދި އިބަ الله މިއަޅާއަށް ދެއްވި ތަކެތީގައި ބަރަކާތްލައްވާންދޭވެ. އަދި އިބަ الله އަށް އަޅުކަންކުރުން މަތީ މިއަޅާގެ ޙަޔާތް ދިގުކުރައްވަވާ މިއަޅާގެ ޢަމަލުތަށް ރިވެތި ކުރައްވަވާ މިއަޅާގެ ފާފަތަށް ފުއްސަވާންދޭވެ.
65- ((لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ، وَرَبُّ الْأَرْضِ، وَرَبُّ الْعَرْشِ الْكَرِيمِ))([3]).
މަތިވެރިވެ ކެތްތެރިވެވޮޑިގެންވާ الله މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. މަތިވެރި عرش ގެ ވެރި الله މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އުޑުތަކާއި ބިމާއި މާތް عرش ގެ ވެރި الله މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ.
66- ((اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ لَا إِلَهَ إِلَّا أَنْتَ))([4]).
އޭ الله! މިއަޅާ އުއްމީދުކުރަނީ ހަމައެކަނި އިބަ اللهގެ ރަޙްމަތަށެވެ. އެސްފިޔައެއްއެޖަހައިލާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފުސު ހަވާލުނުކުރައްވާންދޭވެ. އަދި މިއަޅާގެ ހުރިހާކަމެއް މިއަޅާއަށް އިޞްލާޙުކޮށްދެއްވާނދޭވެ. އިބަ الله މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ.
67- ((لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ))([5]).
އިބަ الله މެނުވީ އަޅުކަންވެވުން ޙައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އިބަﷲ ހުސްޡާހިރުވަންތައެވެ. ހަމަކަށަވަރުން މިއަޅާ އަނިޔާވެރިންގެ ތެރެއިން ވީމެވެ.
68- ((اللَّهُمَّ إِنِّي عَبْدُكَ ابْنُ عَبْدِكَ ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلَاءَ حُزْنِي، وَذَهَابَ هَمِّي))([6]).
އޭ الله! ހަމަކަށަވަރުން މިއަޅާއީ އިބަ اللهގެ އަޅަކީމެވެ. އިބަﷲގެ އަޅުފިރިހެނާގެ ދަރިޔަކީމެވެ. އިބަﷲގެ އަޅުއަންހެނާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަން ވަނީ އިބަﷲގެ އަތްޕުޅުގައެވެ. (އެބަހީ މިއަޅާގެ ފުރިހަމަ ކޮންޓްރޯލުވަނީ އިބަﷲގެ އަތްޕުޅުގައެވެ.) އިބަﷲގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޛުވެގެންވެއެވެ. އިބަﷲގެ ނިންމެވުން މިއަޅާއާމެދު ޢަދުލުވެރިވެގެންވެއެވެ. އިބަﷲގެ ޛާތުފުޅަށް އިބަﷲ ދެއްވާފައިވާ ނުވަތަ އިބަﷲގެ ފޮތުގައި އިބަﷲ ބާވައިލައްވާފައިވާ ނުވަތަ އިބަﷲގެ ޚަލްޤުތަކުގެ ތެރެއިން އެއްވެސް މީހަކަށް އިބަﷲ އުނގަންނަވައިދެއްވާފައިވާ ނުވަތަ އިބަﷲގެ ޙަޟުރަތުން ޣައިބުގެ ޢިލްމުގައި އިބަﷲ ޚާއްޞަކުރައްވާފައިވާ އިބަﷲގެ ޛާތުފުޅަށް ނިސްބަތްވެގެންވާ ހުރިހައި އިސްމުފުޅެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރު ކަމުގައްޔާއި، މިއަޅާގެ ހިތުގެ ނޫރު ކަމުގައްޔާއި، މިއަޅާގެ ހިތާމަ ފިލުވައިދޭ އަދި މިއަޅާގެ ކަންބޮޑުވުން ދުރުކޮށްދޭ އެއްޗެއް ކަމުގައި ޤުރުއާން ލައްވައިދެއްވުމަށް އެދި އިބަﷲގެ ޙަޟުރަތުން ދަންނަވަމެވެ.
69- ((اللَّهُمَّ مُصَرِّفَ القُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ))([7]).
ހިތްތަށް (ދިމަދިމާއަށް) އަނބުރައްވާ އަޅަމެންގެވެރި ރަސްކަލާކޮ! އިބަﷲގެ ކިޔަމަންތެރިކަމާ ދިމާއަށް އަޅަމެންގެ ހިތްތައް އަނބުރާލައްވާނދޭވެ!
70- ((يَا مُقَلِّبَ القُلُوبِ ثَبِّت قَلْبِي عَلَى دِينِكَ))([8]).
އޭ ހިތްތަށް ބަދަލުކުރައްވާ ރަސްކަލާކޮ! އިބަ الله ގެ ދީންމަތީ މިއަޅާގެ ހިތް ޘާބިތުކުރައްވާނދޭވެ.
71- ((اللَّهُمَّ إنِّي أسْألُكَ [الْيَقِينَ] و[الْعَفْوَ] والْعَافِيَةَ فِي الدُّنْيَا وَالآخِرَةِ))([9]).
އޭ الله! މިއަޅާއަށް (އީމާންކަމުގައި) ޔަޤީންކަން ދެއްވުމަށާއި، އަދި (ފާފަތަކަށް) ޢަފޫކުރެއްވުމަށާއި، ދުނިޔެއާއި އާޚިރަތުގެ މުޞީބާތްތަކުން ރައްކާތެރިކަންދެއްވުމަށް އެދި އިބަﷲގެ ޙަޟުރަތުން ދަންނަވަމެވެ.
72- ((اللهمّ أحْسِنْ عَاقِبَتَنَا فِي الأُمُورِ كُلِّهَا، وَأجِرْنَا مِنْ خِزْيِ الدُّنْيَا وَعَذَابِ الآخِرَةِ))([10]).
އޭ الله! އަޅަމެންގެ ކޮންމެ ކަމެއްގައިވެސް ނިމުން ރަނގަޅު ކުރައްވާނދޭވެ. އަދި ދުނިޔޭގެ ނިކަމެތިކަމުންނާއި އަދި އާޚިރަތުގެ ޢަޒާބުން އަމެން ރައްކާތެރިކުރައްވާނދޭވެ.
73- ((رَبِّ أَعِنِّي وَلَا تُعِنْ عَلَيَّ، وَانْصُرْنِي وَلَا تَنْصُرْ عَلَيَّ، وَامْكُرْ لِي وَلَا تَمْكُرْ عَلَيَّ، وَاهْدِنِي وَيَسِّرِ الهُدَى إِلَيَّ، وَانْصُرْنِي عَلَى مَنْ بَغَى عَلَيَّ، رَبِّ اجْعَلْنِي لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مِطْوَاعًا، إِلَيْكَ مُخْبِتًا أَوَّاهاً مُنِيبًا، رَبِّ تَقَبَّلْ تَوْبَتِي، وَاغْسِلْ حَوْبَتِي، وَأَجِبْ دَعْوَتِي، وَثَبِّتْ حُجَّتِي، وَاهْدِ قَلْبِي، وَسَدِّدْ لِسَانِي، وَاسْلُلْ سَخِيمَةَ قَلْبِي))([11]).
މިއަޅާގެ ވެރި ރަސްކަލާކޮ! މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާނދޭވެ! އަދި މިއަޅާއާ ޚިލާފަށް (އެހެން ބަޔަކަށް) އެހީތެރިވެ ވޮޑިނުގަންނަވާނދޭވެ! އަދި މިއަޅާއަށް ނަޞްރު ދެއްވާނދޭވެ. އަދި މިއަޅާއާ ޚިލާފަށް (ދުޝްމިނުންނަށް) ނަޞްރު ނުދެއްވާނދޭވެ! އަދި މިއަޅާއާ އެއްކޮޅަށް ރާއްވަވާނދޭވެ! އަދި މިއަޅާއާ އިދިކޮޅަށް ނުރާއްވަވާނދޭވެ! އަދި މިއަޅާއަށް ހިދާޔަތް ދައްކަވާނދޭވޭ! އަދި މިއަޅާއަށް ތެދުމަގު ފަސޭހަކޮށްދެއްވާނދޭވެ! އަދި މިއަޅާގެ މައްޗަށް އަނިޔާވެރިވާ މީހާގެ މައްޗަށް މިއަޅާއަށް ނަޞްރުދެއްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ގިނަގިނައިން އިބަﷲއަށް ޝުކުރުކުރާ، ގިނަގިނައިން އިބަﷲ މަތިން ހަނދުނމަކުރާ، ގިނަގިނައިން އިބަﷲއަށް ބިރުވެތިވާ، ގިނަގިނައިން އިބަﷲއަށް ކިޔަމަންތެރިވާ، ގިނަގިނައިން އިބަﷲއަށް ޚުޝޫޢަތްތެރިވާ، ގިނަގިނައިން އިބަﷲއަށް ދުޢާކޮށް ތައުބާވާ އަޅެއްކަމުގައި މިއަޅާ ލައްވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ތައުބާ ޤަބޫލުކުރައްވާނދޭޭވެ. އަދި މިއަޅާގެ ކުއްފާފަތަށް ފުއްސަވައި، މިއަޅާގެ ދުޢާ އިޖާބަކުރައްވައި، މިއަޅާގެ ޙުއްޖަތް (އެބަހީ: ދުނިޔޭގައި ޢަދުއްވުންގެ މައްޗަށް އަދި އާޚިރަތުގައި މަލާއިކަތްބޭކަލުން ސުވާލުކުރަށްވާ ހިނދު) ޘާބިތުކޮށްދެއްވާނދޭވެ. އަދި މިއަޅާއަށް ހިދާޔަތް ދައްކަވައި، މިއަޅާގެ ދޫ ސީދާކުރައްވަވައި އަދި މިއަޅާގެ ހިތުން ދެކޮޅުވެރިކަމާއި، ޙަސަދައާއި، ބޮޑާވެރިކަން އަދި މަކަރުވެރިކަންފަދަ ހުރިހާ ނުބައިކަމެއް ނެރެދެއްވާނދޭވެ.
74- ((اللَّهُمَّ إِنَّا نَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ مِنْهُ نَبِيُّكَ مُحَمَّد صلى الله عليه و سلم ، وَنَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ مِنْهُ نَبِيُّكَ مُحَمَّدٌ صلى الله عليه و سلم ، وَأَنْتَ الْمُسْتَعَانُ، وَعَلَيْكَ الْبَلَاغُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ))([12]).
އޭ الله! ހަމަކަށަވަރުން އަޅަމެން އިބަ ﷲގެ ހަޟުރަތުން، އިބަ ﷲގެ ރަސޫލާ محمد صلى الله عليه و سلم ދެންނެވި އެންމެހާ ރަނގަޅުކަންތައްތައް އަޅަމެންނަށްވެސް ދެއްވުމަށް އެދިދަންނަވަމުއެވެ. އަދި އަޅަމެން އިބަ ﷲގެ ހަޟުރަތުން، އިބަ ﷲގެ ރަސޫލާ محمد صلى الله عليه و سلم ރައްކާތެރިކަމަށްއެދި ދެންނެވި އެންމެހައި ނުބައިކަންތައްތަކަކުން އަޅަމެންވެސް ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމުއެވެ. ހަމައެކަނި ކަންކަމުގައި ވާތްގަށް އެދި ދެންނެވޭނެ ފަރާތަކީ އިބަ ﷲއެވެ. އަދި ޢިޖާބަކުރެއްވުންވެސްވަނީ އިބަ ﷲއަށެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސްބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ އެއްވެސްބަރެއް ﷲގެ ހަޟްރަތުންމެނުވީ ނުވެއެވެ.
75- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي، وَمِنْ شَرِّ بَصَرِي، وَمِنْ شَرِّ لِسَانِي، وَمِنْ شَرِّ قَلْبِي، وَمِنْ شَرِّ مَنِيِّي))([13]).
އޭ الله! އަޑުއެހުމުގެ ނުބައިކަމުންނާއި ބެލުންތެރިކަމުގެ ނުބައިކަމުންނާއި ދުލުގެ ނުބައިކަމުންނާއި ހިތުގެ ނުބައިކަމުންނާއި (އެބަހީ: ހަސަދައާއި ނިފާޤް، ދުނިޔޭގެ އެދުންތައް، މިގޮތަށްގޮސް އެންމެހާ ނުބައި ކަންކަމުން)، އަދި މިއަޅާގެ މަނިފޮދުގެ ނުބައިކަމުންނާއި (އެބަހީ: ނުބައި محل އެއްގައި ނުބައި ކަމަކަށް އަރާގަތުމަށް ބޭނުންކުރުމުން) ރައްކާތެރިކޮށްދެއްވުންއެދި އިބަ ﷲގެ ހަޟްރަތުން މިއަޅާ ދަންނަވަމެވެ.
76- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ))([14]).
އޭ الله! ބަރަޞްބަލިންނާއި، ބުއްދިފިލާދިއުމުންނާއި، ޖުޒާމްބަލިންނާއި، އަދި ގެއްލުންދެނިވި އެންމެހާ ބަލިތަކުން ރައްކާތެރިކޮށްދެއްވުންއެދި އިބަ ﷲގެ ހަޟްރަތުން މިއަޅާ ދަންނަވަމެވެ.
77- ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الْأَخْلَاقِ، وَالْأَعْمَالِ، وَالْأَهْوَاءِ))([15]).
އޭ الله! އަޚްލާޤްގައިވަނިވި ނަހީކުރަނިވި އެންމެހާ ސިފަތަކަކުންނާއި، ނަހީކުރަނިވި އެންމެހައި ޢަމަލުތަކުންނާއި، ނަހީކުރަނިވި ހަވާނަފްސުގެ އެންމެހާ އެދުންތަކުން ރައްކާތެރިކޮށްދެއްވުންއެދި އިބަ ﷲގެ ހަޟްރަތުން މިއަޅާ ދަންނަވަމެވެ.
78- ((اللَّهُمَّ إِنَّكَ عَفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي))([16]).
އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.
([1]) يدل عليه دعاء النبي r لأنس: ((اللهمّ أكثر ماله، وولده، وبارك له فيما أعطيته)) البخاري، برقم 1982، ومسلم، برقم 660.
([2]) البخاري في الأدب المفرد، برقم 653، وصححه الألباني في سلسلة الأحاديث الصحيحة، برقم 2241، وفي صحيح الأدب المفرد، ص 244، وما بين المعقوفين يدل عليه قوله r عندما سئل: من خير الناس؟ فقال: ((من طال عمره وحسن عمله))، الترمذي، برقم 2329، وأحمد، برقم 17716، وصححه الألباني في صحيح الترمذي، 2/271، وقد سألت سماحة شيخنا ابن باز رحمه الله عن الدعاء به وهل هو سنة؟ فقال : ((نعم)).
([3]) البخاري، برقم 6345، ومسلم، برقم 2730.
([4]) أبو داود، برقم 5090، وأحمد، 5/42، وحسنه الألباني في صحيح أبي داود، 3/ 250، وفي صحيح الأدب المفرد، 260، وقد حسن إسناده أيضاً العلامة ابن باز في تحفة الأخيار، ص 24.
([5]) الترمذي، برقم 3505، والحاكم، وصححه ووافقه الذهبي، 1/505، وصححه الألباني في صحيح الترمذي، 3/168، ولفظه: ((دعوة ذي النون إذْ دعاه وهو في بطن الحوت: ]أَنْ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ [، فإنه لم يدعُ بها رجل مسلم في شيء قط إلا استجاب الله له)).
([6]) أحمد، 1/391، 452، والحاكم، 1/509، وحسنه الحافظ في تخريج الأذكار، وصححه الألباني في تخريج الكلم الطيب، ص73.
([7]) مسلم، برقم 2654.
([8]) الترمذي، برقم 3522، وأحمد، 4/182، والحاكم، 1/525، و528، وصححه ووافقه الذهبي، وصححه الألباني في صحيح الجامع، 6/309، وصحيح الترمذي، 3/171. وقد قالت أم سلمة رضي الله عنها: ((كان أكثر دعائه r)).
([9]) الترمذي، برقم 3514، والبخاري في الأدب المفرد، برقم 726، ولفظه عند الترمذي: ((سلوا الله العافية في الدنيا والآخرة))، وفي لفظ: ((سلوا الله العفو والعافية فإن أحداً لم يعط بعد اليقين خيراً من العافية))، وقد صححه الألباني في صحيح ابن ماجه، 3/180، و3/185،
و3/170، وله شواهد، انظرها في: مسند الإمام أحمد بترتيب أحمد شاكر، 1/156-157.
([10]) أحمد، 4/181، والطبراني في الكبير، 2/33/ 1169، وفي الدعاء، برقم 1436، وابن حبان، برقم 2424، 2425 (موارد)، قال الحافظ الهيثمي في مجمع الزوائد، 10/178: ((رجال أحمد وأحد أسانيد الطبراني ثقات)).
([11]) البخاري في الأدب المفرد، برقم 664، و665، وأبو داود، برقم 1510، 1511، والترمذي، برقم 3551، وابن ماجه، برقم 3830، وأحمد 1/127، والحاكم وصححه ووافقه الذهبي، 1/519، وصححه الألباني في صحيح أبي داود، 1/414، وفي صحيح الترمذي، 3/178.
([12]) الترمذي، برقم 3521، وابن ماجه، برقم 3846، بمعناه، وقال الترمذي: ((هذا حديث حسن غريب))، وضعفه الألباني في ضعيف الترمذي، ص 387.
([13]) أبو داود، برقم 1551، والترمذي، برقم 3492، والنسائي، برقم 5470، وغيرهم. وصححه الألباني في صحيح الترمذي، 3/166، وصحيح النسائي، 3/1108.
([14]) أبو داود، برقم 1554، والنسائي، برقم 5493، وأحمد، 3/192 وصححه الألباني في صحيح النسائي، 3/1116، وصحيح الترمذي 3/184.
([15]) الترمذي، برقم 3591، وابن حبان، برقم 2422 (موارد)، والحاكم، 1/ 532، والطبراني في الكبير، 19/19/36. وصححه الألباني في صحيح الترمذي، 3/184.
([16]) الترمذي، برقم 3513، والنسائي في الكبرى، برقم 7712، وصححه الألباني في صحيح الترمذي، 3/170.