[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް)1

މުތަރުޖިމުގެ ބަސް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިފޮތަކީ މަދީނާގެ ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚް ޢަބްދުލްމުޙްޟިން އަލްޢައްބާދު އަލްބަދްރު حفظه الله ތައްޔާރުކުރައްވާފައިވާ ފޮތެއްކަމުގައިވާ “فَضْلُ المَدِيْنَةِ وَآدَابُ سُكْنَاهَا وزِيَارَتِها” ، މިފޮތުގެ ތަރުޖަމާއެވެ. މިފޮތުގެ މައިގަނޑު މައުޟޫޢުއަކީ، މިފޮތުގެ ނަމުގައިވާ ފަދައިން މަދީނާގެ މާތްކަމާއި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތަކެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް އަދި އެނޫންވެސް އެހެން ސަބަބުތަކަށްޓަކައި މަދީނާގެ މާތްބިމަށް ދާއިރު، ކޮންމެ މުސްލިމަކަށްވެސް އެބިމުގައި ޢަމަލުކުރަންވީގޮތް އެނގެން ޖެހެއެވެ. އެހެންކަމުން މިފޮތަކީ މިކަމަށް ލިބޭ ބާރެއްކަމުގައިވުމަށް އުންމީދުކުރަމެވެ.

ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންގެ ޢަމަލުތައް ޤަބޫލުފުޅުކުރައްވާ، އަޅުގަނޑުމެންކުރާ ޢަމަލުތަކުގައި ބަރަކާތްލެއްވުމެވެ.

މުޤައްދިމާ

الحمد لله نحمده ونستعينه ونستغفره ، ونعوذ بالله من شرور أنفسنا و سيِّئات أعمالنا، من يهده لله فلا مضل له، ومن يضلل فلا هادي له. وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله، وخليله وخييرته من خلقه، أرسله الله بين يدي الساعة بشيراً ونذيراً وداعياً إلي الله بإذنه وسراجاً منيرا،  فدل أمته علي كل خير وحذرها من كل شرٍّ. اللهم صل وسلم وبارك عليه وعلي آله و أصحابه أجمعين.

أما بعد:

ފަހެ ހަމަކަށަވަރުން މާތް ރަސޫލާގެ صلى الله عليه وسلم ގެ މަދީނާއަކީ طَيْبَةَ الطَّيِّبَةَ އެވެ. އެއީ ވަޙީބާއްވާލެއްވުނު ބިމެވެ. ޖިބްރީލް އަމީން ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެންނެވި ބިމެވެ. އީމާންކަމުގެ ނޫރު ފައްކާވި ބިމެވެ. [އަންޞާރުންނާއި މުހާޖިރިއްޔަ ބޭކަލުން] އެބިމަކުން ބައްދަލުވެ އަޚްވަންތަކަން ބަދަހިވި ބިމެވެ. މުސްލިމުންގެ ފުރަތަމަ ވެރިކަމެއް ޤާއިމްވި ބިމެވެ. ﷲގެ މަގުގައި ޖިހާދުކުރުމުގެ ދިދަ އުފުލިގެން ދިޔަ ބިމެވެ.

މީސްތަކުން އަނދިރިކަމުންނެރެ އަލިކަމުގެ ތެރެއަށް ގެނެއުމަށްޓަކައި ޙައްޤުގެ ލަޝްކަރުތައް އެ ބިމަކުން ނުކުތްބިމެވެ. އިސްލާމީނޫރު ފަތުރަން ފެށި މާތް މަރުކަޒެވެ. އަދި މާތް ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް އެބިމަކަށް ހިޖުރަކުރެއްވި ބިމެވެ. އެކަލޭގެ ފާނުގެ ޙަޔާތުގެ ފަހުބައި ވޭތުކުރެއްވި ބިމެވެ. އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވުނު ބިންވެސް މެއެވެ. އެކަލޭގެފާނު މަޙްޝަރު ކުރެއްވޭނީ އެބިމުންނެވެ. އަދި ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ޤަބުރު ފުޅުން ނެރުއްވާނީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ޤަބުރުފުޅުފިޔަވާ އެހެން އެއްވެސް ނަބީބޭކަލެއްގެ ޤަބުރުފުޅުވީ ތަނެއް ކަނޑައެޅިގެން އެނގޭކަށްނެތެވެ.

އާދޭހެވެ. މީ މިހުރިހާ ކަމަކުން ﷲތަޢާލާ މާތްކުރެއްވި މަދީނާއެވެ. މައްކާ އަށް ފަހުގައި އެންމެ މާތްވެގެންވާ ބިމެވެ. މައްކާގެ މުޝްރިކުން ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާ އިން ނެރިލެއްވި ދުވަހު މަދީނާއަށް މިޞްރާބު ޖައްސަވަމުން މައްކާއާ މުޚާތަބުކުރައްވާ ޙަދީޘްކުރެއްވި ބަސްފުޅުން މައްކާގެ ބިން މަދީނާ އަށް ވުރެ މާތްވެގެން ވާކަމަށް ދަލީލު ލިބެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((وَاللَّهِ إِنَّكِ لَخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللَّهِ إِلَى الله، وَلَوْلَا أَنِّي أُخْرِجْتُ مِنْكِ مَا خَرَجْتُ.)) [رواه الترمذي، وإبن ماجه]

މާނައީ: ” ﷲ ގަންދީ ބުނަމެވެ. ތިޔައީ ﷲގެ ބިންތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވީ ބިމެވެ. އަދި ﷲގެ ބިންތަކުތެރެއިން އެއިލާހު އެންމެ ލޯބިވެ ވޮޑިގަންނަވާ ބިމެވެ. ތިޔަބިމުން ތިމަންކަލޭގެފާނު ނެރެނުލިނަމަ، ތިމަންކަލޭގެ ފާނު ތިޔަބިމަކުން ނުނިކުންނެވީމުހެވެ.” (މިޙަދީޘް ރިވާކުރެއްވީ ތިރްމިޛީ އަދި އިބްނު މާޖާއެވެ. އަދި މިއީ ސައްޙަ ޙަދީޘްއެކެވެ.)

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް