[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާ ވިސްނެވުންހުއްޓެއެވެ!

الحمد لله والصّلاة والسّلام على نبيّنا محمّد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدّين

ލޮބްވެތި އަޚާ / އުޚްތާއަށް
ޢައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ
ޒަމާން ތައް ބަދަލުވަނީ އެވެ. ޢުމުރުގެ ދުވަސްތައް ގުނެމުންދެއެވެ. ކޮންމެ އުފަންދުވަހަކީ އަހަރުމެން އުފާކުރަނިވި ދުވަހެއްކަމުގައި ހަދަމުއެވެ.

25 އަހަރުގެ ޒުވާނަކު މަރުވުން

އޭނާގެ ޢުމުރަކީ 25 އަހަރެވެ. އޭނާ ގެ ކޮންމެ އުފަންދުވަހެއްވެސް ފާހަގަ ކޮށްފައިވަނީ އުފަލާއެކު ގައެވެ. އެއުފަލުގައި އެހެންމީހުންވެސް ބައިވެރިކޮށްގެން ނެވެ. އަޑުއަހާށެވެ. އޭނާގެ 25 ވަނަ އުފަންދުވަސް ފާހަކަ ކުރީ ވަރަށް ކުލަގަދަކޮށްވެ. ލޯބިވެރިންނާއި އެކުވެރިންނާއެކު ރެސްޓޯރަންޓްގައެވެ. ނަމަވެސް އޭނާ އެއުފަންދުވަސް ފާހަގަ ކޮށްނިމުމަށްފަހު ގެއަށްގެންދެވުނީ އޭނާގެ ފުރާނަ ނެތް ހަށިގަނޑެވެ. އިސާހިތަކު ބަޔަކު މީހުން އޭނާ ސަންދޯކުގެ ތެރެއަށްލުމަށްފަހު މާދުރު ހިސާބެއްގައި ސަހަރާގައި ވަޅެއްކޮނެފައި ފަސްލާ ވަޅުލިއެވެ.

މިޒުވާނާ ދުނިޔެމަތީގައި ކޮށްފައިވާ ކަމަށް ބެލެވޭ ބައެއްކަންތައްތައް

 ޢާންމުކޮށް ނަމާދެއް ނުކުރުން

މިކަމަކީ ކޮންމެ މުސްލިމަކަށް ﷲ ފަރުޟުކުރައްވާފައިވާ ފަރުޟެކެވެ. އަދި މިއީ އެއްވެސް މުސްލިމަކު މުސްލިމަކޭ ބުނާހާ ހިނދަކު ހިތައްއެރީމާ ކޮށްލާފައި ހިތަށް އެރީމަ ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫންނެވެ. ދަލީލު: بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ މާނައީ، “މީހާއާ، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ.”
އެހެން ވީމާ މީނާ ވަނީ ﷲ ގެ މިޙުކުމަށް އިންކާރު ކޮށްފައޭ ބުނެވިދާނެހެއްޔެވެ. އިންކާރު ކޮށްފައިވާނަމަ ޝައްކެތްނެތް ﷲ ގެ ޢަޒާބު އޭނާގެ މައްޗަށް ޙައްޤުވެއްޖެއެވެ.

 މަސްތުވާތަކެތި ބޭނުން ކުރުން
މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ދަލީލު: އަލްމާއިދާ ސޫރަތުގެ 90 ވަނަ އާޔަތް  يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ މާނައީ : އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.” سورة المائدة 90
އެހެން ވީމާ މީނާ ވަނީ ﷲ ގެ މިޙުކުމަށް އިންކާރު ކޮށްފައޭ ބުނެވިދާނެހެއްޔެވެ. އިންކާރު ކޮށްފައިވާނަމަ ޝައްކެތްނެތް ﷲ ގެ ޢަޒާބު އޭނާގެ މައްޗަށް ޙައްޤުވެއްޖެއެވެ.

 ހިލޭ އަންހެނުންނާއެކު އެކަހެރި ތަންތަނަށްގޮސް ބަދު އަޚްލާޤީ ޢަމަލު ހިންގުން / ޒިނޭކުރުން

މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ދަލީލު: ﷲ ވަޙީ ކުރައްވައެވެ.
إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لا تَعْلَمُونَ [النور : 19] މާނައީ : ހަމަކަށަވަރުން މުއުމިނުންގެ މެދުގައި ފާޙިޝުކަންތައް ފެތުރިގެން ދިޔުމަށް ލޯބިލުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. ކަންތައްތައް ދެނެވޮޑިގެންވަނީ ﷲ އެވެ. ތިޔަބައިމީހުންނަކަށް ނޭގެއެވެ.
އެހެން ވީމާ މީނާ ވަނީ ﷲ ގެ މިޙުކުމަށް އިންކާރު ކޮށްފައޭ ބުނެވިދާނެހެއްޔެވެ. އިންކާރު ކޮށްފައިވާނަމަ ޝައްކެތްނެތް ﷲ ގެ ޢަޒާބު އޭނާގެ މައްޗަށް ޙައްޤުވެއްޖެއެވެ.

 މިއުޒިކާއި ލަވައަށް ލޯބިކޮށް އެއީ ހިންހަމަ ޖެހުން ކަމުގައި ޤަބޫލު ކުރުން

މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ދަލީލު: ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ ” އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.”
އެހެން ވީމާ މީނާ ވަނީ ﷲ ގެ މިޙުކުމަށް އިންކާރު ކޮށްފައޭ ބުނެވިދާނެހެއްޔެވެ. އިންކާރު ކޮށްފައިވާނަމަ ޝައްކެތްނެތް ﷲ ގެ ޢަޒާބު އޭނާގެ މައްޗަށް ޙައްޤުވެއްޖެއެވެ.

 ދީނުގައި ވާގޮތަށް ހެދުން އަޅައިގެން ދީނުގައިވާ ފަދައިން ޢަމަލުތައް ބެހޭއްޓޭތޯ މަސައްކަތް ކުރާ ޒުވާން ފިރިހެނުންނާއި އަންހެނުނަށް މަލާމާތްކޮށް ފުރައްސާރަ ކުރުން

މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ދަލީލަކީ إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ މާނައީ:  ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمان ވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.
އެހެން ވީމާ މީނާ ވަނީ ﷲ ގެ މިޙުކުމަށް އިންކާރު ކޮށްފައޭ ބުނެވިދާނެހެއްޔެވެ. އިންކާރު ކޮށްފައިވާނަމަ ޝައްކެތްނެތް ﷲ ގެ ޢަޒާބު އޭނާގެ މައްޗަށް ޙައްޤުވެއްޖެއެވެ.

މިނޫން ވެސް މިބާވަތުގެ ވިޔާނުދާ ކަންތައްތައް ކުރުންމަތީ ދެމިހުރިހާލު ތައުބާ ވުމުގެ ފުރުޞަތެއްވެސް ނުލިބުނު ޙާލު މަރުވެއްޖެނަމަ އެމީހެއްގެ މަޤާމަކީ ނަރަކަކަމުގައި ނުވޭތޯ؟

ތިބާ ވިސްނެވުން ހުއްޓެވެ.

މަރުވުމަށްފަހު އަލުން ދިރޭނެކަން ޤަބޫލު ކުރަން ހެއްޔެވެ؟ އެހެންވީމަ މި ޒުވާނާއި މެދު ތިބާ ވިސްނާލާނަންހެއްޔެވެ؟ މިޒުވާނާ އަށް ތައުބާވުމުގެ ފުރުޞަތެއް ނުލިބި މަރުވެއްޖެނަމަ އޭނާގެ އެކުވެރިން އޭނާ ވަޅުލުމަށްވަހު އެނބުރި ދާއިރު އެމީހުންގެ ފައިވާނުގެ އަޑުވެސް އެމައްޔިތާއަށް އިވިގެންދާހިނދު އޭނާ ގެ ކައިރިއަށް މަލާއިކަތުން ވަޑައިގެން އޭނާގެ ދުނިޔެވީ ރެކޯރޑް ސާފުކުރުމަށްފަހު، އޭނާގެ ދުނިޔެވީ ރެކޯޑަކީ ކުށުގެ ރެކޯޑެއްކަމުގައި ވެއްޖެނަމަ ނަރަކައިގެ ހޫނުވަޔާއި ހާސްކަމާއި، ކައްވަޅުގެ ހަނިކަން ނުވަތަ ނުތަނަވަސްކަން ހަމަ ވަގުތުން އޭނައަށް ކުރިމަތިވާނެއެވެ. ސުބުހާނަﷲ