[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 16 (މިސިލްސިލާގެ ފަހު ލިޔުން)

qurange sooraii thakuge maaiikann

ސޫރަތުލްއިޚްލާޞް، ސޫރަތުލްފަލަޤް އަދި ސޫރަތުއްނާސް

 

މިސޫރަތްތަކުގެ މާތްކަމާ ބެހޭގޮތުން އައިސްފައިފާ ބައެއް ޟަޢީފް (ބަލިކަށި) ރިވާޔަތްތައް:

1. ((مَنْ “قَرَأَ قُلْ هُوَ اللهُ أَحَدٌ” فِي مَرَضِهِ الَّذِي يَمُوتُ فِيهِ لَمْ يُفْتَنْ فِي قَبْرِهِ وَأَمِنَ مِنْ ضَغْطَةِ الْقَبْرِ وَحَمَلَتْهُ الْمَلائِكَةُ يَوْمَ الْقِيَامَةِ بِأَكُفِّهَا حَتَّى تُجِيزَهُ مِنَ الصِّرَاطِ إِلَى الْجَنَّةِ)) [((موضوع)) سلسلة الأحاديث الضعيفة / 301]

މާނައީ: މީހަކު އޭނާގެ މަރުބަލީގައި ސޫރަތުލްއިޚްލާޞް ކިޔަވައިފިނަމަ ކަށްވަޅުގެ ފިތުނަތަކުން ސަލާމަތްވާނެއެވެ. އަދި ކަށްވަޅުގައި ފިއްތާލެވޭ ފިއްތާލުމުން އަމާންކަން ލިބިގެންވެއެވެ. އަދި މަލާއިކަތްބޭކަލުންގެ އަތްޕުޅުމަތީގައި އޭނާ އުފުލައިގެން ގެންގޮސް ޞިރާޠުމަގު ހުރުސްކުރުވާ، ސުވަރުގެއަށް ވައްދަވާނެތެވެ.”

2. ((مَنْ قَرَأَ “قُلْ هُوَ الله أَحَدٌ” عِشْرِينَ مَرَّةً بَنَى الله لَهُ قَصْراً في الجَنَّة)) [((منكر)) سلسلة الأحاديث الضعيفة / 1351]

މާނައީ: “ވިހިފަހަރު އިޚްލާޞް ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.”

3. ((مَنْ قَرَأَ “قُلْ هُوَ الله أَحَدٌ” مِائَتَيْ مَرَّةٍ غَفَرَ الله لَهُ ذُنُوبَ مِائَتَيْ سَنَة)) [((منكر)) سلسلة الأحاديث الضعيفة / 295]

މާނައީ: “ސަތޭކަފަހަރު އިޚްލާޞް ސޫރަތް ކިޔަވައިފި މީހާގެ ދުއިސައްތަ އަހަރުގެ ފާފަ، ﷲ ތަޢާލާ ފުއްސަވައިދެއްވަވައެވެ.”

4. ((مَنْ قَرَأَ في يَوْمٍ “قُلْ هُوَ الله أَحَدٌ” مِائَتَيْ مَرَّةٍ كَتَبَ الله لَهُ أَلْفاً وَخَمْسَمِائَةِ حَسَنَةٍ إِلاَّ أَنْ يَكُونَ عَلَيْهِ دَيْن)) [((موضوع)) سلسلة الأحاديث الضعيفة / 300]

މާނައީ: “ދުއިސައްތަ ފަހަރު އިޚްލާޞް ސޫރަތް ކިޔަވައިފި މީހާއަށް އެއްހާސް ފަސްސަތޭކަ ހެޔޮކަން ﷲ ތަޢާލާ ލިޔުއްވައިދެއްވަވައެވެ. އެއީ އޭނާގެ މައްޗަށް ދަރަންޏެއް ނުވާނަމައެވެ.”

5. ((مَنْ صَلَّى الصُّبْحَ ثُمَّ قَرَأَ “قُلْ هُوَ اللهُ أَحَدٌ” مِائَةَ مَرَّةٍ قَبْلَ أَنْ يَتَكَلَّمَ، فَكُلَّمَا قَرَأَ “قُلْ هُوَ اللهُ أَحَدٌ” غُفِرَ لَهُ ذَنْبُ سَنَة))  [((موضوع)) سلسلة الأحاديث الضعيفة / 405]

މާނައީ: “ފަތިސްނަމާދު ކުރުމަށްފަހު މީހަކާ ވާހަކަދެއްކުމުގެ ކުރިން ސަތޭކަފަހަރު އިޚްލާޞް ސޫރަތް ކިޔަވައިފި މީހާއަށް، އޭނާ އެސޫރަތް ކިޔެވި ކޮންމެ ފަހަރަކަށް އަހަރު ދުވަހުގެ ފާފަ ފުއްސެވެއެވެ.”

6. ((مَنْ مَرَّ بِالْمَقَابِرِ فَقَرَأَ “قُلْ هُوَ اللَّهُ أَحَدٌ” إِحْدَى عَشْرَةَ مَرَّةً ثُمَّ وَهَبَ أَجْرَهُ لِلأَمْوَاتِ أُعْطِيَ مِنْ الأَجْرِ بِعَدَدِ الأَمْوَات))  [((موضوع)) سلسلة الأحاديث الضعيفة / 1290]

މާނައީ: “މީހަކު ޤަބުރުސްތާނެއްގެ ކައިރިން ދަމުން އެގާރަފަހަރު އިޚްލާޞް ސޫރަތް ކިޔަވުމަށްފަހު އޭނާއަށް [އެކިޔެވުމުން ލިބޭނެ” ޘަވާބު އެމައްޔިތުންތަކަށް ހިބަކޮށްދީފި ކަމުގައި ވަނީނަމަ، އޭނާއަށް [އެޤަބުރުސްތާނުގައިވާ] މައްޔިތުންގެ ޢަދަދާ އެއްވަރަށް ޘަވާބު ލިބޭހުއްޓެވެ.”

7. ((مَنْ قَرَأَ بَعْدَ صَلاَةِ الجُمُعَةِ “قُلْ هُوَ الله أَحَدٌ”، وَ”قُلْ أَعُوذُ بِرَبِّ الْفَلَقِ”، وَ”قُلْ أَعُوذُ بِرَبِّ النَّاسِ” سَبْعَ مَرَّاتٍ أَجَارَهُ الله بِهَا مِنَ السُّوءِ إِلَى الجُمُعَةِ الأُخْرَى))  [((ضعيف)) سلسلة الأحاديث الضعيفة / 4129]

މާނައީ: “ހުކުރުނަމާދަށްފަހު ސޫރަތުލްއިޚްލާޞް، ސޫރަތުލްފަލަޤް އަދި ސޫރަތުއްނާސް، ހަތްފަހަރު ކިޔަވައިފިމީހަކު އެހެން ހުކުރަކާ ހަމައަށް، ﷲ ތަޢާލާ އޭނާ ނުބައިތަކުން ދުރުކުރައްވާނެތެވެ.”

8. ((مَنْ مَرَّ عَلَى الْمَقَابِرِ فَقَرَأَ فِيْهَا إِحْدَى عَشرَةَ مَرَةً “قُلْ هُوَ اللهُ أَحَدٌ” ثُمَّ وَهَبَ أجْرَهُ لِلأَمْوَاتِ أُعْطِيَ مِنَ الأَجْرِ بِعَدَدِ الأَمْوَات))  [((موضوع)) سلسلة الأحاديث الضعيفة / 3277]

މާނައީ: “މީހަކު ޤަބުރުސްތާނެއްގެ ތެރެއިން ދަމުން، އެތާނގެތެރޭ އެގާރަފަހަރު އިޚްލާޞް ސޫރަތް ކިޔަވުމަށްފަހު އޭނާއަށް [އެކިޔެވުމުން ލިބޭނެ] ޘަވާބު އެމައްޔިތުންތަކަށް ހިބަކޮށްދީފި ކަމުގައި ވަނީނަމަ، އޭނާއަށް [އެޤަބުރުސްތާނުގައިވާ] މައްޔިތުންގެ ޢަދަދާ އެއްވަރަށް ޘަވާބު ލިބޭނެތެވެ.”

=ނިމުނީ=

މި ލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ