މަސްޖިދުލް ޤުބާއަކީ މި މަދީނާ އަށް ލިބިގެންވާ އަނެއް މަތިވެރިކަމެވެ. އެއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތަޤްވާގެ މަތީގައި ބިނާކުރެވިފައިވާ މިސްކިތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޢަމަލުފުޅުންނާއި ޙަދީޘްފުޅުތަކުން ޤުބާ މިސްކިތުކެ މާތްކަމާއި މަތިވެރިކަން ޘާބިތުވެއެވެ.
އެކަލޭގެފާނުގެ ޢަމަލުފުޅުން : ޢަބްދުﷲ ބުން ޢުމަރު رضى الله عنهما ވވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ކޮންމެ ހޮނިހިރު ދުވަހެއްގައި ހިންގަވާފަ ނުވަތަ ސަވާރީގައި ޤުބާ މިސްކިތަށް ވަޑައިގަންނަވައެވެ. އަދި އެމިސްކިތުގައި ދެ ރަކުޢަތް ނަމާދެއް ކުރައްވައެވެ. رواه البخاري و مسلم
އެކަލޭގެފާނުގެ ޙަދީޘްފުޅުން: ސަހްލު ބުން ޙުނައިފް رضى الله عنه ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
((مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ أَتَى مَسْجِدَ قُبَاءَ، فَصَلَّى فِيهِ صَلَاةً كَانَ لَهُ كَأَجْرِ عُمْرَةٍ)) رواه ابن ماجه وغيره
މާނައީ : ” ގޭގައި ރަނގަޅަށް ޠާހިރުވެ ، އެއަށްފަހުގައި ޤުބާމިސްކިތަށް އައިސް ނަމާދެއް ކޮށްފިމީހާއަށް ޢުމުރާއެއްގެ އަޖުރުވެއެވެ.”
މިޙަދީޘްގައި އެވާ “فصلى فيه صلاة” މިބަސްފުޅުގައި ފަރުޟުނަމާދާއި ސުންނަތް ނަމާދު ހިމެނިގެންވެއެވެ.
މިދެމިސްކިތް ފިޔަވާ މަދީނާގައިވާ އެހެން މިސްކިތެއް މާތްވެގެންވާކަމަށް ޚާއްޞަވެގެން އައިސްފައެއް ނުވެއެވެ.
=ނުނިމޭ=