[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުދާހޯދަން މަސައްކަތްކުރުމުގެ މަތިވެރިކަން.

އިސްލާމްދީން ވަނީ މުދާ ހޯދުމަށްޓަކައި ވަރަށްބޮޑަށް ބާރު އަޅުއްވާފައެވެ. އަދި މުދާ ހޯދާނެ ޙަލާލު މަގުތައް ދައްކަވާފައެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވުމުން ހިތަށްއެރި ކޮންމެ ގޮތަކަށް މުދާ ހޯދުމަކީ އަޅުގަނޑުމެންނަށް ހުއްދަ ވެގެންވާ ކަމެއްނޫނެވެ.
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ “އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ. (168)” އަދިވެސް އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ. هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ ۖ وَإِلَيْهِ النُّشُورُ ﴿١٥﴾ މާނައީ: “އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒްޤުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ. (15)”

މުދާ ހޯދުމަށް ބާރު އަޅުއްވައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((لأن يحتطب أحدكم حُزمة على ظهره، خير له من أن يسأل أحداً، فليعطيه أو يمنعهُ”)) متفق عليه. ” ތިޔަބައިމީހުންގެ ތެރެއިން މީހަކު ދަރުކޮށައިގެން އެދަރުބޮޑި އޭނާގެ ބުރަކަށިމަތީ އުފުލައިގެން އެއިން މަންފާހޯދުން މީހެއްގެ ކައިރިޔަށް  ގޮސް ސަލާންޖުމަށްވުރެ ހެޔޮކަންބޮޑުވެގެން ވެއެވެ. އެމީހާ އޭނައަށް ދިނަސް ނުވަތަ ނުދިންކަމުގައި ވިޔަސްމެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. (( لَأَنْ يَغْدُوَ أَحَدُكُمْ فَيَحْطِبَ عَلَى ظَهْرِهِ ، فَيَتَصَدَّقَ بِهِ وَيَسْتَغْنِيَ بِهِ مِنَ النَّاسِ ، خَيْرٌ لَهُ مِنْ أَنْ يَسْأَلَ رَجُلًا أَعْطَاهُ أَوْ مَنَعَهُ ذَلِكَ  ، فَإِنَّ الْيَدَ الْعُلْيَا أَفْضَلُ مِنَ الْيَدِ السُّفْلَى ، وَابْدَأْ بِمَنْ تَعُولُ )) ” ހެނދުނާ ގޮސް ދަރުކޮށައިގެން އެދަރު އެމީހާގެ ބުރަކަށި މަތީގައި އުފުލައިގެން އެ ވިއްކައިގެން ފުދުންތެރި ވުން، މީހެއްގެގަތާށް ގޮސް ސަލާން ޖެހުމުން އޭނާ ދިނަސް އަދި ނުދިނަސް،  ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ހަމަކަށަވަރުން ދޭމީހާގެ ހެޔޮކަން ހޯދާމީހާއަށްވުރެ ބޮޑުވެގެން ވެއެވެ. އެހެންކަމުން (ހޭދަކުރަން ފަށާއިރު) އެންމެ ގާތް މީހުންނަށް އިސްކަންދޭށެވެ.”

މި ދެޙަދީޘުން ސާފުކޮށް ބަޔާންކޮށްދެނީ މުދާހޯދަން އަމިއްލަޔަށް މަސައްކަތްކުރުމުގެ މަތިވެރި ކަމެވެ. އަދި ސަލާންޖެހުމުގައި ހުރި އިހާނެތިގޮތްވެސް ބަޔާންވެގެންދެއެވެ. އަދި ޞަދަގާތްދިނުން ސަލާންޖެހުމަށްވުރެ ހެޔޮކަންބޮޑު ވެގެންވާކަން އެނގިގެންދެއެވެ.