[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

فُصُولٌ فِي الْعَقِيْدَةِ – ޢަޤީދާގެ ބައިތަކެއް

ar_alrsalt_alshameetފުރަތަމަ ފަޞްލު

އިސްލާމްދީނަކީ ﷲ ތަޢާލާ ޤަބޫލުކުރައްވާ ހަމައެކަނި ދީނެވެ. އެއިލާހުގެ އަޅުތަކުންގެ ތެރެއިން އިންސިއެއްގެ ކިބައިން އަދި ޖިންނިއެއްގެ ކިބައިންވެސް އެނޫން ދީނެއް ޤަބޫލުނުކުރައްވަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَآل عمران: ٨٥މާނައީ: “އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ،އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދިއާޚިރަތުގައި އޭނާ ވާނީގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.” إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ -آل عمران:١٩މާނައީ: “ހަމަކަށަވަރުން،ﷲގެ ޙަޟްރަތުގައި،ދީނަކީއިސްލާމްއެވެ. (އިސްލާމްދީނެވެ.)”.

އިސްލާމްދީނަކީ ހުރިހާ ނަބިއްޔުންގެ ދީނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ الأنبياء:٢٥ މާނަ: “އަދި “ތިމަންއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެޔޭ އެހެންވެ ތިޔަބައިމީހުން ހަމައެކަނި ތިމަންއިލާހަށް އަޅުކަންކުރާށޭ” އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލުބޭކަލެއް ކަލޭގެފާނުގެ ކުރީގައިވެސް ރަސޫލުކަމައިގެން ތިމަން އިލާހު ނުފޮނުއްވަމެވެ.”

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ وَأَوْحَيْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَى وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ وَآَتَيْنَا دَاوُودَ زَبُورًا (163) وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِنْ قَبْلُ وَرُسُلًا لَمْ نَقْصُصْهُمْ عَلَيْكَ وَكَلَّمَ اللَّهُ مُوسَى تَكْلِيمًا (164) رُسُلًا مُبَشِّرِينَ وَمُنْذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللَّهُ عَزِيزًا حَكِيمًا (165)– النساء: ١٦٣ – ١٦٥  މާނަ: “ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ވަޙީ ބާވައިލެއްވީ ނޫޙު ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުގެ ފަހު ނަބީބޭކަލުންނަށްވެސް ވަޙީ ބާވާލެއްވިފަދައިންނެވެ. އަދި ތިމަންއިލާހު އިބްރާހީމް ޢަލައިހިއްސަލާމަށާއި އިސްމާޢީލް ޢަލައިހިއްސަލާމަށާއި އިސްޙާޤް ޢަލައިހިއްސަލާމަށާއި ޔަޢްޤޫބް ޢަލައިހިއްސަލާމަށާއި އަލްއަސްބާޠުންނަށާއި ޢީސާ ޢަލައިހިއްސަލާމަށާއި އައްޔޫބު ޢަލައިހިއްސަލާމަށާއި ޔޫނުސް ޢަލައިހިއްސަލާމަށާއި ހާރޫން ޢަލައިހިއްސަލާމަށާއި ސުލައިމާނު ޢަލައިހިއްސަލާމަށް މި އެންމެ ބޭކަލުންގެ މައްޗަށް ވަޙީ ބާވައިލެއްވީމެވެ. އަދި ދާއޫދު ޢަލައިހިއްސަލާމަށް ތިމަންއިލާހު ޒަބޫރުދެއްވީމެވެ. * އަދި އެހެން ރަސޫލުބޭކަލުންނަށްވެސް (ތިމަންއިލާހު ވަޙީ ބާވައިލެއްވީމެވެ.) އޭބަކަލުންގެ ވާހަކަތައް މީގެ ކުރިން ކަލޭގެފާނަށް ތިމަންއިލާހު އަންގަވައި ދެއްވާފައިވާ، އަދި އެބޭކަލުންގެ ވާހަކަތައް ކަލޭގެފާނަށް ތިމަންއިލާހު އަންގަވައިދެއްވާފައިނުވާ ރަސޫލުންނަށްވެސް (ވަޙީބާވައިލެއްވީމެވެ.) އަދި ކަނޑައެޅިންގެ ﷲ ތަޢާލާ، މޫސާ ޢަލައިހިއްސަލާމަށް (އެއްވެސް މެދުވެރިއެއްނެތި) ބަސްފުޅު ވަޙީކުރެއްވިއެވެ. * ތިމަންއިލާހު އެރަސޫލުބޭކަލުން ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުގަންނަވާ ބޭކަލުންގެ ގޮތުންނެވެ. އެއީ ރަސޫލުން ފޮނުއްވުމަށްފަހު ﷲތަޢާލާގެ މައްޗަށް މީސްތަކުން ދައްކާނޭ އެއްވެސް ޙުއްޖަތެއް ނުއޮތުމަށްޓަކައެވެ. އަދި ޢިއްޒަތްވަންތަ ޙިކްމަތްވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.”

 

ﷲ ތަޢާލާ، ނޫޙު ޢަލައިހިއްސަލާމާއި އިބްރާހީމް ޢަލައިހިއްސަލާމާއި އިސްޙާޤު ޢަލައިހިއްސަލާމާއި ޔަޢުޤޫބު ޢަލައިހިއްސަލާމާއި ދާއޫދު ޢަލައިހިއްސަލާމާއި ސުލައިމާނު ޢަލައިހިއްސަލާމާއި އައްޔޫބު ޢަލައިހިއްސަލާމާއި ޔޫސުފު ޢަލައިހިއްސަލާމާއި މޫސާ ޢަލައިހިއްސަލާމާއި ހާރޫނު ޢަލައިހިއްސަލާމާއި ޒަކަރިއްޔާ ޢަލައިހިއްސަލާމާއި ޔަޙްޔާ ޢަލައިހިއްސަލާމާއި ޢީސާ ޢަލައިހިއްސަލާމާއި އިލްޔާސް ޢަލައިހިއްސަލާމާއި އިސްމާޢީލް ޢަލައިހިއްސަލާމާއި އަލްޔަސަޢު ޢަލައިހިއްސަލާމާއި ޔޫނުސު ޢަލައިހިއްސަލާމާއި ލޫޠު ޢަލައިހިއްސަލާމުގެވާހަކަ ބަޔާންކުރެއްވުމަށްފަހު ވަޙީކުރެއްވިއެވެ. أُولَئِكَ الَّذِينَ هَدَى اللَّهُ فَبِهُدَاهُمُ اقْتَدِهِالأنعام: ٩٠މާނައީ: “އެބޭކަލުންނީ ﷲ ތަޢާލާ ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ އެބޭކަލުންގެ ތެދުމަގަށް ކަލޭގެފާނު އިޤްތިދާވެވަޑައިގަންނަވާށެވެ!( ތަބާވެވަޑައިގަންނަވާށެވެ.!)”

 

އުޞޫލީ ކަންކަމުގައި (ޢަޤީދާގެ ކަންކަމުގައި) ހުރިހާ ނަބިއްޔުންގެ ދީންވެސް އިއްތިފާޤުވެއެވެ. އަދި ބައެއް ފަރުޢީ (ފިޤްހީ) ކަންކަމުގައި ތަފާތުވެއެވެ. ހުރިހާ ކަންކަމުގައެއް ނޫނެވެ. ފަރުޢީ ކަންކަމަކީ ބަދަލުވާ ކަންކަމެވެ. އުޞޫލީ ކަންކަމަކީ ބަދަލުވާ ކަންތައްތަކެއް ނޫނެވެ. ﷲ ތަޢާލާ ބަނޫ އިސްރާއީލުގެ ގާތަށް މޫސާ ޢަލައިހިއްސަލާމާއި ޢީސާ ޢަލައިހިއްސަލާމު ފޮނުއްވިއެވެ. ޢީސާ ޢަލައިހިއްސަލާމަށް ބާވައިލެއްވުނު އިންޖީލު މެދުވެރިކޮށް، މޫސާ ޢަލައިހިއްސަލާމުގެ މައްޗަށް ބާވައިލެއްވުނު ތައުރާތުގެ ބައެއް މަންސޫޚުކުރެއްވިއެވެ. ޢީސާ ޢަލައިހިއްސަލާމު ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. وَمُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُمْ بَعْضَ الَّذِي حُرِّمَ عَلَيْكُمْ وَجِئْتُكُمْ بِآَيَةٍ مِنْ رَبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ-آل عمران: ٥٠މާނައީ: އަދި، (ތިމަންކަލޭގެފާނު މިވަޑައިގަތީ) ތިމަންކަލޭގެފާނުގެ ކުރިން ބާވައިލެއްވި ތައުރާތު ތެދުކުރާ ބޭކަލެއްގެ ގޮތުގައެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް (މީގެކުރިން) ޙަރާމްކުރައްވާފައިވާ ބައެއް ތަކެތި، ތިޔަބައިމީހުންނަށް ޙަލާލުކުރެއްވުމަށްޓަކައެވެ. އަދި، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މި ވަޑައިގަތީ ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ވާ އާޔަތަކައިގެން (ހެއްކަކައިގެން) ނެވެ. ފަހެ، ތިޔަބައިމީހުން، ﷲ އަށް ބިރުވެތިވާށެވެ.އަދި، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކިޔަމަންވާށެވެ!

 

މޫސާ ޢަލައިހިއްސަލާމާއި ޢީސާ ޢަލައިހިއްސަލާމަކީ އެއް އުންމަތަކަށް ފޮނުއްވުނު ދެ ނަބީ ބޭކަލުންނެވެ. އެހެނެއްކަމަކު ފަރުޢީ ކަންތައްތަކުގައި ދެބޭކަލުން ތަފާތެވެ. ދެން އެހެނިހެން ބޭކަލުންގެ މެދުގައި ފަރުޢުގައި ކިހާ ތަފާތުތަކެއް ހުންނާނެ ހެއްޔެވެ؟

 

އޭގެ ތެރެއަށް ތަޙްރީފު (ބަދަލުކުރުން) ވަދެފައިނުވާ ޝަރީޢަތެއް ނެތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَإِنَّ مِنْهُمْ لَفَرِيقًا يَلْوُونَ أَلْسِنَتَهُمْ بِالْكِتَابِ لِتَحْسَبُوهُ مِنَ الْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِنْدِ اللَّهِ وَمَا هُوَ مِنْ عِنْدِ اللَّهِ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ-آل عمران: ٧٨މާނައީ: “އެއީ، ފޮތުން ބައެއްކަމަށް ތިޔަބައިމީހުންނަށް ހީވާނޭގޮތަށް އެއުރެންގެ ދޫތަކުން އޮޅުވާލައި، ބަދަލުކޮށްލައިގެން ފޮތުން ކިޔައިދޭ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ. އެއީ، ފޮތުން ބައެއްކަމުގައިނުވާ ޙާލުގައެވެ. އަދި، އެއީ ﷲ ގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއްކަމުގައި އެއުރެން ބުނެތެވެ. އެއީ، ﷲގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއް ކަމުގައި ނުވާ ޙާލުގައެވެ. އަދި، އެއުރެން ދެނެތިބެ ﷲ އާމެދު ދޮގުބަސްތައް ބުނަނީއެވެ.

 

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ -النساء: ٤٦ މާނައީ: އެބައިމީހުން (ޔަހޫދީން) ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް، އޮޅުވާލިއެވެ.”

 

އޭގެ ސަބަބުން ޢާއްމު މީސްތަކުންނާއި ޙައްޤަށް ވާޞިލުވުމާދެމެދު ހުރަސްއެޅިގެން ދިޔައެވެ. އެއީ ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ. އެކަން އިޞްލާޙުކުރުމުގެ މަގަކީ އައު ނަބިއްޔަކު ފޮނުއްވުމެވެ. ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުމުގެ ސަބަބުން އެއިލާހުގެ ޙައްޤު ދީން އިޢާދަކުރެއްވިއެވެ. އެއިލާހުގެ ދީން ފިޔަވައި ޙައްޤު ދީނެއް އަދި އިސްލާމް ދީނެއްވެސް ނުވެއެވެ. وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَآل عمران: ٨٥މާނައީ: “އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ،އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދިއާޚިރަތުގައި އޭނާ ވާނީގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.”

 

އެކަލޭގެފާނުގެ ރިސާލަތަކީ ހުރިހާ އުއްމަތްތަކަކަށް، އެބަހީ އިންސިންނާއި ޖިންނީންނަށް އަދި ޢަރަބިންނާއި ޢަޖަމީންނަށް ވާ އެއްޗެއްކަމުގައި ﷲ ތަޢާލާ ލެއްވެވިއެވެ. وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ-سبأ: ٢٨ މާނައީ: “އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.”

 

 

عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ صَلَى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ يَهُودِيٌّ، وَلَا نَصْرَانِيٌّ، ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ، إِلَّا كَانَ مِنْ أَصْحَابِ النَّارِ”- رواه مسلم (153)

އައްޞަޙީހުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. “އެފަރާތެއްގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދީ ބުނަމެވެ. މި އުންމަތުގެ އެއްވެސް މީހަކު، އެއީ ޔަހޫދީއެއް ކަމުގައިވިޔަސް އަދި ނަޞާރާއެއް ކަމުގައިވިޔަސް، ތިމަންކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކަމުގައި ނުވެއޭ، ދެން އެއަށްފަހު އެއައިގެން ތިމަންކަލޭގެފާނު ފޮނުއްވުނު އެއްޗަށް (ޤުރުއާނަށް) އީމާންނުވެ މަރުވެއްޖިއްޔާ، އެއީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ވާ މީހަކު ކަމުގައި މެނުވީ ނުވާނެއެވެ.” މިއެވެ.

 

ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ އެންމެހާ އުނިއިތުރު ގެނައުމުންނާއި ބަދަލުކުރުންތަކުން ކީރިތި ޤުރުއާން ޙިމާޔަތްކުރައްވާ ރައްކާތެރި ކުރައްވާފައެވެ.

*************************

فُصُولٌ فِي الْعَقِيْدَةِ ) الرِّسَالَةُ الشَّامِيَةُ

عبد العزيز بن مرزوق الطريفي