[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 19

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

އިބްރާހިމް ބުން އަދްހަމް رحمه الله އަރުހުގައި މީހަކު ސުވާލުދެންނެވިއެވެ.

“ﷲ ތަޢާލާ ވަޙީކުރައްވާފައި ވަނީ

(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ…) [سورة غافر 60]

 މާނައީ:”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ…”

ދެން އަހަރުމެން ދުޢާ ކުރާއިރު އިޖާބަ ނުކުރެއްވެނީ ކީތްވެގެން ތޯއެވެ؟.”

ދެން ޖަވާބުގައި ވިދާޅުވިއެވެ. “އެއީ ފަސް ކަމެއްގެ ސަބަބުންނެވެ.

“އޭނަ ބުންޏެވެ. “އެއީ ކޮން ފަސް ކަމެއް ހެއްޔެވެ؟”

އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުންނަށް ﷲ އަކީ ކޮން ފަރާތެއް ކަން އެނގެވެ. އެހެން ނަމަވެސް އެކަލާނގެއަށް އަދާކުރަންވީ ޙައްޤު އަދައެއް ނުކުރެއެވެ.

އަދި ތިޔަބައިމީހުން ޤުރުއާން ކިޔަވައެވެ. އެހެން ނަމަވެސް އެއަކަށް ޢަމަލެއް ނުކުރެއެވެ.

އަދި ތިޔަބައިމީހުން ރަސޫލު ﷲ صلى الله عليه وسلم އަށް ލޯބިކުރާކަމަށް ބުނެއެވެ. އެހެން ނަމަވެސް އެކަލޭގެފާނުގެ ސުންނަތް ދޫކޮށްލައެވެ.

އަދި ތިޔަބއިމީހުން އިބިލީހަށް ލަޢުނަތް ދެމޭ ބުނެއެވެ. އެހެން ނަމަވެސް އޭނަޔަށް ތަބާވެއެވެ. އަދި ތިޔަބައި މީހުންގެ ޢައިބުތައް ދޫކޮށްލާފައި އެހެން މީހުންގެ ޢައިބުތަކުގެ ވާހަކަތައް ތިޔަބައިމީހުން  ދައްކައި އުޅެއެވެ.”

އަދި ސުފްޔާނުއް ޘައުރީ رحمه الله ވިދާޅުވިއެވެ.

” ﷲ ތަޢާލާ އަބޫ ޙާޒިމަށް ރަޙްމަތް ލައްވާށިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިއަދު މީސްތަކުން ޢިލްމަށް ރުހިއްޖެއެވެ. އަދި އެޢިލްމަށް ޢަމަލުކުރުން ދޫކޮށްލައިފިއެވެ.”

އަދި މާލިކް ބުން ދީނާރު رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން އަޅާ ޢިލްމު އުނގެނެނީ އެއަށް ޢަމަލުކުރަން ކަމުގައި ވާނަމަ އެޢިލްމު އޭނާ ތަޤްވާވެރި އަދި ﷲއަށް ބިރުވެތިވާ މީހެއް ކަމުގައި ހަދާނެތެވެ. އަދި އެޢިލްމު އުނގެނުނީ އެހެން ބޭނުމެއްގައި ކަމުގައިވާނަމަ އޭގެ ސަބަބުން އޭނަގެ ނުބައި ކަމާއި ފަޙުރުވެރިކަން އިތުރުވެގެން ދާނެތެވެ.”

   =ނުނިމޭ=

   މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ