[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 7

ޤުނޫތު(( وَلَا يَعِزُّ مَنْ عَادَيْتَ ))  . މާނަ: ” އަދި އިބައިލާހު އެމީހަކާ ޢަދާވާތްތެރިވެއްޖެމީހާއަށް ގަދަވެނުގަނެވޭ ހުއްޓެވެ.”

އެބަހީ ﷲ ތަޢާލާއަށް ޢަދާވާތްތެރިވާ މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެމީހާ ޢިއްޒަތްތެރި ނުވާހުއްޓެވެ. އެހެނެއްކަމަކު އެފަދަމީހުން ވާހުށީ ގެއްލި ހަލާކުވެފައިވާ އެންމެ ނިކަމެތި މީހުންގެ ތެރެއިންނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވެއެވެ.

(مَن كَانَ عَدُوًّا لِّلَّـهِ وَمَلَائِكَتِهِ وَرُ‌سُلِهِ وَجِبْرِ‌يلَ وَمِيكَالَ فَإِنَّ اللَّـهَ عَدُوٌّ لِّلْكَافِرِ‌ينَ ) [سورة البقرة ٩٨ ]

މާނައީ: “ﷲ ތަޢާލާއާއި އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ރަސޫލުންނާއި، ޖިބްރީލްގެފާނާއި، މީކާއީލްގެފާނަށް ޢަދާވާތްތެރިޔަކު ކަމުގައިވާ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، ﷲ ތަޢާލާއީ، (މުޙާއްމަދުގެފާނަށް ބާވައިލެއްވުނު ތަކެއްޗަށް) ކާފަރުވާ އަޅުންނަށް ޢަދާވާތް ތެރިވެވޮޑިގެންވާ ރަސްކަލާނގެއެވެ. ” 

ފަހެ ކޮންމެ ކާފިރަކުވެސް ހަޤީޤަތުގައި އެވަނީ އެންމެ ނިކަމެތިންގެ ގޮތުގައި ނިކަމެތިކަމުގައެވެ.

އިސްލާމްދީނުގެ ޢިއްޒަތާއި، ފުރިހަމަ އިސްލާމްކަމާއި ﷲ ތަޢާލާގެ ވިލާޔަތްތެރިކަމުގެ ޢިއްޒަތް މުސްލިމުންގެ ކިބައިގައި ވީނަމަ، މިއަދު އަޅުގަނޑުމެންނަށް މިފެންނަ ފަދައިން ކާފަރުންނަށް ނޫޅެވުނީހެވެ.

މިއަދު އަހަރެމެން މުސްލިމުން، އެ ކާފަރުންނާއި ދިމާއަށް ބަލަމުން މިދަނީ ނިކަމެތި ކަމުގެ ލޮލުންނެވެ. ފޮރުވިގެން ތިބެއެވެ. އަހަރެމެންގެ ނަޒަރުގައި އަހަރެމެންނަކީ ނިކަމެތިންނެވެ. ޢިއްޒަތުގައި ވަނީ އެމީހުންނެވެ.

އެހެންކަމުން، ފުން ހިތާމައާއިއެކު ދަންނަވަންޖެހެނީ މިއަދު މުސްލިމުން އެމީހުންގެ ދީނުން ޢިއްޒަތް ލިބިނުގަންނަކަމެވެ. އަދި އެދީނުގެ ތަޢުލީމާއި ތަރުބިއްޔަތުގައި ނުހިފާކަމެވެ. އެހެނެއްކަމަކު އެމީހުން ތިބީ މާއްދިއްޔަތާއި ދުނިޔޭގެ ޒީނަތްތެރިކަމުގެ ތެރެއަށް ޣަރަޤުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންނަށް މި ނިކަމެތިކަމުގެ މުޞީބާތް ޖެހުނީއެވެ. އަދި ކާފަރުންނަކީ މާ ޢިއްޒަތްލިބިގެންވާ ބައެއްގެ ގޮތުގައި އެމީހުންނަށް ދެކެވެންފެށީއެވެ.

އެހެންނަމަވެސް ހަޤީޤަތުގައި އަހަރެމެން އީމާންވަނީ ކާފަރުންނަކީ ﷲ ތަޢާލާއަށް ޢަދާވާތްތެރިވާ ބައެއްކަމުގަވެ. އަދި ﷲ ތަޢާލާވަނީ އެއިލާހަށް ޢަދަވާތްތެރިވާ ކޮންމެ މީހެއްގެ މައްޗަށް ނިކަމެތިކަން ލިޔުއްވާފައެވެ. އެއިލާހު ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(إِنَّ الَّذِينَ يُحَادُّونَ اللَّـهَ وَرَ‌سُولَهُ أُولَـٰئِكَ فِي الْأَذَلِّينَ ﴿٢٠﴾ كَتَبَ اللَّـهُ لَأَغْلِبَنَّ أَنَا وَرُ‌سُلِي ۚ إِنَّ اللَّـهَ قَوِيٌّ عَزِيزٌ ﴿٢١﴾ [سورة المجادلة ٢٠ – ٢١ ]

މާނަ: ” ހަމަކަށަވަރުން، ﷲ ތަޢާލާއާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުން ދަންނާށެވެ! އެއުރެންވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ.  ﷲ ތަޢާލާ ކަނޑައަޅުއްވައި ލިޔުއްވާފައިވެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއާއި، ތިމަންރަސްކަލާނގެ ރަސޫލުން އެއުރެންގެ މައްޗަށް ގަދަވެގަންނަ ހުށީމުއެވެ. ހަމަކަށަވަރުން، ﷲ ތަޢާލާއީ، ބާރުވެރިވަންތަ، ޢަޒީޒްވަންތަ ރަސްކަލާނގެއެވެ. “

ފަހެ، ހަމަކަށަވަރުން ނިކަމެތިވެގެންވާ މީހާއަކީ ﷲ ތަޢާލާއަށް ޢަދާވާތްތެރިވާ މީހާއެވެ. އެމީހަކީ ހަޤީޤީ ޢިއްޒަތް ލިބިގެންވާ މީހަކަށް ވުމަކީ ވާނޭކަމެއްނޫނެވެ. އެފަދަ މީހަކަށް ޢިއްޒަތް ލިބިގެންވާކަމަށް ދެކޭނީ، ކާފަރުން ދުނިޔެމަތީގައި އެ ހޯދާ ޢިއްޒަތް އެއީ ޢިއްޒަތްކަމުގައި ދެކޭމީހުންނެވެ. އެހެނެއްކަމަކު، ހަޤީޤީ ޢިއްޒަތަކީ ﷲ ތަޢާލާގެ ވިލާޔަތްތެރިކަމާއި، އެއިލާހުގެ ދީނުގެމަތީގައި ޤާއިމުވެ ޘާބިތުވެތިބޭ އަޅުންނަށް ނޫނީ ނުލިބޭނޭ ޢިއްޒަތްރިކަމެއްކަމަށް ދެކޭ، ހަޤީޤީ މުއުމިނުންގެ ގާތުގައި ﷲ ތަޢާލާގެ މަޚްލޫޤުންގެ ތެރެއިން އެންމެ ދެރަ ނިކަމެތިވެގެންވާ މީހުންނަކީ އެއިލާހަށް އީމާންނުވާ ކާފަރުންނެވެ.

=ނުނިމޭ=

މަޞްދަރު :  ”شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين

ކުރީގެ ބައިތައް