[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާން ކިޔަވާއިރު ދެ ސޫރަތުގެ ދެމެދުގައި ބިސްމި ކިޔުން

img_1374233691_297

ކީރިތި ޤުރުއާން ކިޔަވާއިރު ، އެއް ސޫރަތް ނިންމުމަށްފަހު، ދެން ފަށަން އޮތް ސޫރަތާ ދެމެދުގައި ބިސްމި 4 ގޮތަކަށް ކިޔެއެވެ.

1. ނިމޭ ސޫރަތުގެ ފަހު އާޔަތާއި، ބިސްމި އާއި ، ދެން ފަށަން އޮތް ސޫރަތުގެ ފުރަތަމަ އާޔަތް ވަކިވަކިން ( ނޭވާ ލަމުން ) ކިޔުން.
މިސާލު : وَلَمْ يَكُن لَّهُ كُفُوًا أَحَد / بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ / قُلْ أَعُوْذ ُبِرَبِّ الْفَلَقِ.

2. ނިމޭ ސޫރަތުގެ ފަހު އާޔަތާއި އަދި ބިސްމި އަށްފަހު، ދެން ފަށަން އޮތް ސޫރަތުގެ ފުރަތަމަ އާޔަތާއި ގުޅުވައިގެން އެއް ނޭވާއިން ކިޔުން.
މިސާލު : وَلَمْ يَكُن لَّهُ كُفُوًا أَحَد+ بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ+ قُلْ أَعُوْذ ُبِرَبِّ الْفَلَقِ.

3. ނިމޭ ސޫރަތުގެ ފަހު އާޔަތް ވަކިން ކިޔުމަށް ފަހު، ބިސްމި އާއި ދެން ފަށަން އޮތް ސޫރަތުގެ ފުރަތަމަ އާޔަތް ގުޅުވައިގެން އެއް ނޭވާއިން ކިޔުން.
މިސާލު : وَلَمْ يَكُن لَّهُ كُفُوًا أَحَد / بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ+ قُلْ أَعُوْذ ُبِرَبِّ الْفَلَقِ.

4. ނިމޭ ސޫރަތުގެ ފަހު އާޔަތާއި، ބިސްމި އާއި ގުޅުވައިގެން އެއް ނޭވާއިން ކިޔުމަށްފަހު، ދެން ފަށަން އޮތް ސޫރަތުގެ ފުރަތަމަ އާޔަތް ވަކިން ކިޔުން.
މި ގޮތަށް ކިޔުން ހުއްދަ ނުވާއެވެ.

މިސާލު : وَلَمْ يَكُن لَّهُ كُفُوًا أَحَد+ بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ / قُلْ أَعُوْذ ُبِرَبِّ الْفَلَقِ.

* އިސްވެ ބަޔާން ކުރެވުނު ގޮތްތަކުގެ ތެރެއިން 4 ވަނަ އަށް ބަޔާން ކުރެވުނު ގޮތަށް ކިޔެވުން ހުއްދަ ނުވާ ކަމުގެ ސަބަބަކީ   އެގޮތަށް ކިޔެވުމުން އަޑު އަހާ މީހާ އަށް ބިސްމި އަކީ ނިމުނު ސޫރަތުގެ އާޔަތެއް ކަމުގައި ހީވެދާނެ ކަމަށްޓަކައެވެ.