[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (ف 1 ، د 3 – ތައުޙީދުގެ ބައިތައް)

ތިންވަނަ ފިލާވަޅު: ތައުޙީދުގެ ބައިތައް

ތައުޙީދަކީ: އަޅުކަންކުރުމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ. އެއީ ﷲ ތަޢާލާ، އެއިލާހުގެ އަޅުތަކުންގެ ގާތަށް ރަސޫލުކަމާއިގެން ފޮނުއްވި ރަސޫލުބޭކަލުން ތަބާވެވަޑައިގަތް ގޮތެވެ.

އެއިލާހު ވަޙީކުރެއްވިއެވެ:

﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ…﴾ [سورة النحل ٣٦]

މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތުތަކުން ދުރުހެލިވުމަށް އެންގެވުމަށެވެ.[1]

ތައުޙީދުގެ ތިން ބައެއް ވެއެވެ:

١. توحيد الربوبية . (ޚަލްޤުކުރެއްވުމުގައާއި، ހުރިހާ އެއްޗެއް މިލްކިވޮޑިގެންވުމާއި، އެންމެހާ ކަމެއް ރާއްވަވާ ހިންގެވުމުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން)

٢. توحيد الألوهية. (އެންމެހާ އަޅުކަންތައް އަދާކުރުމުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުން).

٣. توحيد الأسماء والصفات. (ﷲ ތަޢާލާގެ އެންމެހާ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުން)

ފިލާވަޅުގެ އިރުޝާދުތައް

* އަޅުކަމުގެ އެންމެހާ ބާވަތްތައް ހަމައެކަނި ﷲ އަށް އަދާ ނުކުރާ ހިނދަކު އެއްވެސް އެމީހަކީ މުވައްޙިދަކަށް(ތައުޙީދުގެ އަހުލުވެރިއަކަށް) ނުވާނެއެވެ.

* މީސްތަކުންނަށް ހިދާޔަތުގެ މަގަށް ގޮވާލާ، އަދި ސީދާ މަގު ބަޔާންކޮށްދެއްވާނޭ ރަސޫލުބޭކަލުންތަކެއް ފޮނުއްވުމަކީ އަޅުތަކުންގެ މައްޗަށްވާ ﷲގެ ރަޙްމަތެކެވެ.

* އެންމެހާ ރަސޫލުބޭކަލުންވެސް ގޮވާލެއްވީ ތައުޙީދަށެވެ. އަދި ޝިރުކުކުރުން އެބޭކަލުން ނަހީކުރެއްވިއެވެ. ޝިރުކުކުރުމަކީ ﷲ އާއި އެހެން ފަރާތްތައް ބައިވެރިކުރުމެވެ.

ސުވާލުތައް

1 ތައުޙީދުގެ ތަޢާރަފަކީ ކޮބާ؟

2 ތައުޙީދުގެ ބައިތައް ބަޔާންކޮށްދޭށެވެ.

3 އިންސާނާ މުވައްޙިދަކަށްވާނީ ކިހިނެތް ހެއްޔެވެ؟

********************

____________________________________________

[1] ޠާޣޫތަކީ: އަޅާއަށް، ﷲ ކަނޑައަޅުއްވާދެއްވާފައިވާ ޙައްދު ފަހަނަ އަޅާ ދިޔުމަށް މެދުވެރިކުރާ ކޮންމެ ފަރާތެކެވެ. އެއީ އަޅުކަންކުރެވޭ ފަރާތެއް ނުވަތަ ތަބާވެވޭ ފަރާތެއް ނުވަތަ ކިޔަމަންގަނެވޭ ފަރާތެއްވިޔަސްމެއެވެ.

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ